ވޮޝިންޓަން (ޖުލައި 24) - މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް، ހެރީ މެގްއާ އަތުން ނެގުމުން ވެސް، އޭނާ ދެއްކި މިސާލަށް ތައުރީފް ކުރަން ޖެހޭ ކަމަށް، އެ ޓީމުގެ އާ ކެޕްޓަން ބްރުނޯ ފެނާންޑޭޒް ބުނެފި އެވެ.
ވޮޝިންޓަން (ޖުލައި 24) - މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް، ހެރީ މެގްއާ އަތުން ނެގުމުން ވެސް، އޭނާ ދެއްކި މިސާލަށް ތައުރީފް ކުރަން ޖެހޭ ކަމަށް، އެ ޓީމުގެ އާ ކެޕްޓަން ބްރުނޯ ފެނާންޑޭޒް ބުނެފި އެވެ.
ޕްރީ ސީޒަން ޓްެއާގައި އެމެރިކާ އަށް ފުރުމުގެ ކުރިން، ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް ވަނީ، ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް މެގުއާ އަތުން ނަގައިފަ އެވެ.
މިދިޔަ ސީޒަންގައި މެގްއާ ނުކުޅޭ ގިނަ މެޗުތަކުގައި ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އެޅި ފެނާންޑޭޒް ބުނީ މެގްއާ އަތުން ކެޕްޓަން ބޭންޑް ނެގިކަން ކުޅުންތެރިންނަށް އެނގޭ ކަމަށެވެ. ނަމަވެސް ކެޕްޓަން ބޭންޑް ދޭނީ ކޮން ކުޅުންތެރިޔެއްކަން އެއްވެސް މީހަކަށް އޭރު ނޭނގޭ ކަމަށެވެ.
ބްރުނޯ ފެނާންޑޭޒް: އޭނާ އަކީ ޔުނައިޓެޑްގެ އާ ކެޕްޓަން
"އެޗް [ހެރީ] މެގުއާ ބޭނުންވީ އެންމެންގެ ތެރޭގައި އެ ވާހަކަ ދައްކަން،" ފެނާންޑޭޒް ބުންޏެވެ.
"އެޗް [ހެރީ މެގުއާ] ގެ ހާލަތު [ކެޕްޓަން ބޭންޑް ނެގިކަން] އެންމެންނަށް ކުރިން ވެސް އެނގުނު ނަމަވެސް ދެން ކެޕްޓަނަކަށް ވާނީ ކާކުކަން އެކަކަށް ވެސް ނޭނގޭތީ އޭނާ އެކަން ކުރީ އެންމެން އެކުގައި ބޭއްވި ޓީމް މީޓިންއެއްގައި، އެއީ ގިނަ ފަހަރަށް ކުރަން ޖެހޭ ކަމެއް، އެތެރޭގައި ހުރި ކަންކަން ހިފަހައްޓައި، އެތެރޭގައި ހުރި ތައުރީފުތައް އަހަރެމެންނަށް ރައްދު ކުރުން."
ފެނާންޑޭޒް ބުނީ ޔުނައިޓެޑްގެ ކެޕްޓަނަކަށް އޭނާ ހަމަޖެއްސުމަކީ އޭނާގެ އާއިލާ އަށް ލިބުނު އުފަލެއް ކަމަށެވެ.
""ޔަގީނުން ވެސް އެއީ ވަރަށް ބޮޑު ޝަރަފެއް، ހުވަފެނެއްގައި ވެސް ނުފެނުނު ކަމެއް. އެއީ ހުވަފެންތަކަށް ވުރެ މައްޗަށް ދިޔަ ކަމެއް. ނަމަވެސް އެއީ އަހަންނާއި އަހަރެންގެ އާއިލާ އަށް ވެސް ވަރަށް ބޮޑު އުފަލެއް ލިބުނު ކަމެއް. މިހުރިހާ ކަމެއްގައި އަހަންނާ އެކު ތިބީ އެ މީހުން. އެއީ އެންމެންނަށް ވެސް ލިބޭ ފަހުރެއް،" ފެނާންޑޭޒް ބުންޏެވެ.
މެގުއާ އާއި އޮނާނާ މަލާމާތުގެ އަނގަތައް ބަންދުކޮށްފި
100 މިލިއަނުގެ މެގުއާ 38 މިލިއަނަށް ވިއްކާލަނީ
ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް މެގުއާ އަތުން ނަގައިފި
މެގުއާ އަމިއްލަ އަށް ގޮތް ނިންމަން ދޫކޮށްލައިފި
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
ޔުނައިޓެޑްގެ ވަޒީފާ ގެއްލިދާނެތީ އަމޯރިމް ކަންބޮޑެއްނުވޭ
ޔުނައިޓެޑުން އިތުރު 200 މުވައްޒަފުން ވަކި ކުރަނީ
ޔުނައިޓެޑްގެ ވެރިންނާ ދެކޮޅަށް ނިއުޒިލެންޑުން ކޯޓަށް
ރަޝްފޯޑަށްވުރެ 63 އަހަރުގެ ކޯޗު ވެސް ރަނގަޅު
މާޓިނޭޒްގެ ނަސީބު ގޯލުން ޔުނައިޓެޑަށް ހިނިތުންވުން