01 ފެބުރުއަރީ 2017
އަންނަ މާޗް މަހުގެ ދޭއްގައި ރިލީޒް ކުރާ ފިލްމް "މަލިކާ" ގެ ޓިކެޓް މި މަހުގެ 5 އިން ފެށިގެން އޮލިމްޕަހުން ވިއްކާ ގޮތަށް ނިންމައިފި އެވެ.
އަންނަ މާޗް މަހުގެ ދޭއްގައި ރިލީޒް ކުރާ ފިލްމް "މަލިކާ" ގެ ޓިކެޓް މި މަހުގެ 5 އިން ފެށިގެން އޮލިމްޕަހުން ވިއްކާ ގޮތަށް ނިންމައިފި އެވެ.
އަހުމަދު ނާސިރު (މައްލާ) އާއި އިބްރާހީމް ރަޝީދު (އިއްބެ) ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ޓިކެޓް ވިއްކަން ފަށާ ގޮތަށް ކުރިން އޮތީ މިއަދުން ފެށިގެންނެވެ.
ނަމަވެސް އޮލިމްޕަހުގައި ކުރީގެ ދެ ފިލްމެއް އަލުން އަޅުވާތީ "މަލިކާ" ގެ ޓިކެޓް ވިއްކުން ފަސްކުރީ ކަމަށް އެ ފިލްމުގެ ޓީމުން ބުންޏެވެ.
ކްރިސްޓަލް އެންޓަޓައިންމަންޓުން މިދިޔަ އަހަރު ނެރުނު ބިރުވެރި ފިލްމް "4426" ގެ ދެ ޝޯ މި މަހުގެ 2 އާއި 3 ގައި އޮލިމްޕަހުގައި ދައްކަން ހަމަޖެހިފައިވާ އިރު، މީގެ 19 އަހަރު ކުރިން އެޓާނަލް ޕިކްޗާސް އިން ގެނެސް ދިން "އަމާނާތް" ގެ މި މަހުގެ 14 އިން ފެށިގެން ދައްކަން ނިންމައި، އެ ދެ ފިލްމްގެ ޓިކެޓް އޮލިމްޕަހުން މިހާރު އަންނަނީ ވިއްކަމުންނެވެ.
"މަކިލާ" ގެ މާކެޓިންއާ ހަވާލުވެ ހުރި ހުސައިން ނޫރައްދީން (ނޫރު) ބުނީ ފިލްމުގެ ޓިކެޓް 5 ގައި ވިއްކަން ފެށި ނަމަވެސް ހޮޓްލައިން ނަމްބަރު 7447555 އަށް ގުޅައިގެން ޓިކެޓް މިހާރު ވެސް ބުކްކުރެވޭނެ ކަމަށެވެ.
"މަލިކާ" ގެ ޓިކެޓް މިހާރު ބުކް ކުރެވޭނެ.
"މަލިކާ" އޮލިމްޕަހުގައި ޕްރިމިއާ ކުރުމުގެ ކުރިން މީޑިއާތަކަށް ހާއްސަ ސްކްރީންއެއް މާޗް ދޭއްގައި ބާއްވަން ވަނީ ނިންމައިފަ އެވެ. މި ފިލްމް ދައްކަން މި މަހުގެ 20 އާ ހަމައަށް އޮލިމްޕަސް ވަނީ ނަގައިފަ އެވެ.
މި ފިލްމަކީ ބިންމާ އިބްރާހީމް ވަހީދު ލިޔެފައިވާ އާއިލީ ލޯބީގެ ހާދިސާތަކެއް ކިޔައިދޭ ސްކްރީންޕްލޭއަކަށް، އަލީ މުސްތޮފާ (ސެމީ) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
"މަލިކާ" ގެ ޓައިޓްލް ރޯލް ފިލްމީ ދާއިރާ އަށް އަލަށް ތައާރަފުވާ ނުޒުހަތު ޝުއައިބް (ނުޒޫ) ކުޅެފައިވާ އިރު، މި ފިލްމުން ތަޖުރިބާރު އެކްޓަރުންނާއި ޒުވާން ތަރިންތަކެއް ފެނުގެން ދާނެ އެވެ.
އޭގެ ތެރޭގައި މަރިޔަމް ޝަކީލާ، އިސްމާއީލް ޒާހިރު، އަލީ ފާރޫގް، އަހުމަދު އާސިމް، ފާތުމަތު އާޒިފާ (އަޒޫ)، ޖުމައްޔިލް ނިމާލް (ޖުމަލް)، އަލީ އާޒިމް (ދޮން އައްޔަ)، ސުޖީތާ އަބްދުﷲ (ސުޖީ) އަދި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) ހިމެނެ އެވެ.
މޫމިންގެ އާ އަހަރުގެ ހަދިޔާ އަކީ "ފީހާލި"
"ގަމިނި" ގެ ޓްރެއިލާ ވަރަށް ޝައުގުވެރި
"ޕްލޭން ބީ" މި އަހަރު ސިނަމާ އަށް
މި އަހަރަށް ކިތައް ދިވެހި ފިލްމު؟
ހަ އަހަރު ފަހުން "4 ހަޅަ" ބައިސްކޯފަށް
ޑާކް ރެއިނުން އިތުރު އާ ދެ ފިލްމެއް އިއުލާންކޮށްފި
"ގޮށްރާޅު" ފެބްރުއަރީ 4 ގައި ސިނަމާ އަށް
"ގޮށްރާޅު" ރިލީޒް ކުރުން ފަސްކޮށްފި
"މާޔޫސް" އެންމެ ފަހު އެޑިޓިން އަށް
"ޕްލޭން ބީ" މި އަހަރު ރިލީޒް ކުރަނީ