Roadha Mihaaru
ބެޑްމިންޓަންގެ މައްސަލަ ބައިނަލްއަގުވާމީ ކުޅިވަރު ކޯޓަށް

ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލަ ބައިނަލްއަގުވާމީ ކުޅިވަރު ކޯޓަށް

27 ޖުލައި 2023

ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލަ، ބައިނަލްއަގްވާމީ ކުޅިވަރު އާބިޓްރޭޝަން ކޯޓް (ކާސް) އަށް ހުށަހަޅަން ރާއްޖޭގެ ލޯ ފާމްއަކުން ތައްޔާރުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލަ، ބައިނަލްއަގްވާމީ ކުޅިވަރު އާބިޓްރޭޝަން ކޯޓް (ކާސް) އަށް ހުށަހަޅަން ރާއްޖޭގެ ލޯ ފާމްއަކުން ތައްޔާރުވެއްޖެ އެވެ.

ބެޑްމިންޓަން ލެޖެންޑް، ނީލާ އަހްމަދު ނަޖީބު، ސަބަބެއް ނެތި ގައުމީ ޓީމުން އެކަހެރި ކުރި މައްސަލައިގައި އޭނާ އަށް ފުރުސަތު ގެއްލުނު ސަބަބު ހޯދަން ނީލާ ކުރަމުންދާ މަސައްކަތުގައި އެހީވުމަށް ރާއްޖޭގެ "އެސް އެންޑް އޭ ލޯޔާސް" އިން ނިންމައިފައި ވަނީ އެ މައްސަލަ ސްވިޒަލޭންޑް ލޯޒާންގައި ހުންނަ ކުޅިވަރު އާބިޓްރޭޝަން ކޯޓަށް ހުށަހެޅުމަށެވެ.

އެސް އެންޑް އޭ ލޯޔާސްގެ ސީނިއާ ލޯޔަރެއް ކަމަށްވާ ޒައިން ޝަހީދު ވިދާޅުވީ ކާސް އަށް އެ މައްސަލަ ގެންދިއުމަށް ގާނޫނީގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ކުޅިވަރު އާބިޓްރޭޝަން ކޯޓަށް މައްސަލަ ގެންދިއުމާއި މައްސަލައިގައި ވަކާލާތު ކުރުމުގެ ގާބިލުކަން އެސް އެންޑް އޭ ގައި އެބަހުރި ކަމަށެވެ.

ނީލާ އަހުމަދު ނަޖީބު: ގައުމީ ޓީމުން އެކަހެރި ކުރި މައްސަލަ އޭނާ އަށް ސާފުކޮށްދީފައެއް ނުވޭ --- ފޮޓޯ: ނިޝާން އަލީ

ނީލާ އަހުމަދު ނަޖީބު: ގައުމީ ޓީމުން އެކަހެރި ކުރި މައްސަލަ އޭނާ އަށް ސާފުކޮށްދީފައެއް ނުވޭ --- ފޮޓޯ: ނިޝާން އަލީ

ގައުމީ ޓީމުން ނީލާ އެކަހެރިކޮށްފައިވާތާ މިހާރު ގާތްގަނޑަކަށް ތިން މަސް ވެއްޖެ އެވެ. ގައުމީ ޓީމުން އެކަހެރި ކުރި ސަބަބު ހޯދަން ނީލާ ވަނީ ބެޑްމިންޓަން އެސޯސިއޭޝަނަށް ލިޔުމުން ވެސް ސިޓީ ހުށަހަޅައިފަ އެވެ. ނަމަވެސް އޭނާ ފޮނުވި އެއް ވެސް ސިޓީ އަކަށް ޖަވާބެއް ނުދެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނަނީ ނީލާ ގައުމީ ޓީމުން އެކަހެރި ކުރީ ޑިސިޕްލިނަރީ މައްސަލައެއްގައި ކަމަށެވެ.

އެކަމަކު ނީލާ ބުނީ އޭނާގެ މައްސަލައެއް ބެޑްމިންޓަން އެސޯސިއޭޝަންގެ އެއްވެސް ކޮމިޓީއަކުން ވެސް ބެލިކަމެއް ވެސް ނޭނގޭ ކަމަށެވެ. އަދި އެކަހަލަ އެއްވެސް ކަމަކާ ގުޅޭގޮތުން ސުވާލެއް ވެސް ކޮށްފައިނުވާ ކަމަށާއި އެކަހަލަ އެއްވެސް އެންގުމެއް ވެސް އަންގާފައި ނެތް ކަމަށެވެ.