Roadha Mihaaru

ޔާމީންގެ މަންމާފުޅު އަވަހާރަވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަންމާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދޮންމަންމާފުޅު ފާތިމަތު ހަސަން ސްރީ ލަންކާގައި ދެންމެ އަވަހާރަވެއްޖެ އެވެ.

ޔާމީންގެ މަންމާފުޅު އަވަހާރަވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަންމާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދޮންމަންމާފުޅު ފާތިމަތު ހަސަން ސްރީ ލަންކާގައި ދެންމެ އަވަހާރަވެއްޖެ އެވެ.

އުމުރުފުޅުން 86 އަހަރުފުޅުގައި ފާތިމަތު ހަސަން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުންނެވެ.

ޔާމީންގެ މަންމާފުޅު އަވަހާރަވިއިރު ޔާމީންގެ އިތުރުން ފަސް ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ.

ޔާމީން މިހާރު ހުރީ 11 އަހަރުގެ ޖަލު ހުކުމެއްގައި މާފުށީ ޖަލުގައި ބަންދުކޮށްފަ އެވެ.