ގައުމުގެ މިނިވަންކަން ނަގައިލަން ބޭރުގެ ބަޔަކަށް ޖާގަ ދެއްވައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހުންނެވީ "މަވެތިކަން" އިސްކުރައްވައިގެން، ގައުމަށް ހަރާންކޯރުވެފައި ކަމަށް ވިދާޅުވެ، އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަރުގަދަ ބަހުގެ ހަމަލާތަކެއް ރޭ އަމާޒުކުރައްވައިފި އެވެ.
28 ޑިސެމްބަރ 2021
ގައުމުގެ މިނިވަންކަން ނަގައިލަން ބޭރުގެ ބަޔަކަށް ޖާގަ ދެއްވައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހުންނެވީ "މަވެތިކަން" އިސްކުރައްވައިގެން، ގައުމަށް ހަރާންކޯރުވެފައި ކަމަށް ވިދާޅުވެ، އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަރުގަދަ ބަހުގެ ހަމަލާތަކެއް ރޭ އަމާޒުކުރައްވައިފި އެވެ.
މައުމޫންގެ ނަންފުޅު ވިދާޅުނުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަދުރޭ ވިދާޅުވީ އެއްބައިވަންތަކަމަށް ގޮވާލައްވައި "މަވެތިކަން" އިސްނުކުރުމުގެ ބަސްތައް ރައްޔިތުންނަށް ހަދިޔާކުރެއްވި ލީޑަރުން މިއަދު ތިއްބެވީ ގައުމު ބައިބައިކުރާ ފަޅީގައި ކަމަށެވެ. ގައުމު އަޅުވެތިވިޔަސް ވަރިހަމަ ކުރެއްވީ ވެރިކަމުގެ ދަހިވެތިކަމަށް އިންޑިއާގެ ނުފޫޒުގައި ތާށިވެފައި ތިބުމުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"އަޅުގަނޑު މިއަދު އެ ބޭފުޅުންނަށް ގޮވާލަން ދިވެހި ގައުމު ދެކެ ލޯބިވަންޏާ، ރައްޔިތުން ދެކެ ލޯބިވަންޏާ ޕީޕީއެމާ އެކު މަސައްކަތްކުރަން ވަޑައިގަންނަވާށޭ. އަމިއްލަ އެދުން އެއްފަރާތްކުރައްވާށޭ،" އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ވަރަށް ވަރުގަދަ ވެރިކަމެއް ހިންގައި ރައްޔިތުންނަށް ތަނަވަސްކަމާއި ކުރިއެރުން ހޯދައި ދެމުން އަންނަނިކޮށް އިންޑިއާގެ އެހީގައި ވެރިކަން ބަދަލުކޮށްލީ އަމިއްލަ އެދުން އިސްކުރައްވައިގެންނެވެ. އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައި ޓުވީޓްތައް ކުރައްވައި ފަހުން ބަޔާންތައް ނެރުއްވައި މިހާރު އެ ގޮވާލައްވަނީ ކޮން އެއްބައިވަންތަ ކަމަކަށްތޯ އަދުރޭ ސުވާލު ކުރެއްވި އެވެ.
"އެ ދުވަހަކު އާއިލީ ގުޅުމެއް ވެސް ނެތް، އެއްބައިވަންތަކަމެއް ވެސް ނެތް، މިނިވަންކަމެއް ވެސް ނެތް. ރާއްޖޭގެ ފުދުންތެރިކަމެއް ވެސް ނެތް. އިސްކުރެއްވީ މަވެތިކަން، އެންމެ ކަމެއް ބޭނުންވީ. ރައްޔިތުންގެ ވެރިކަން ބޭނުންވީ. ރައްޔިތުންނަށްޓަކައި ވެރިކަން ކުރަމުން އައި ރައީސަކު މަގާމުން ދުރުކުރަން ބޭނުންވީ. އަމިއްލަ ލެއަށް ހަރާންކޯރުވީ،" މައުމޫންގެ ނަންފުޅު ވިދާޅުނުވެ އަދުރޭ ފާޑުވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައުމޫން ވެސް ހިމެނިވަޑައިގަންނަވާ ގޮތުން ސިޔާސީ މަގްސަދެއް ހާސިލްކުރަން އަވަށްޓެރި ގައުމުތަކާ އޮންނަ ގުޅުމަށް ބުރޫނާރުވަން ގޮވާލެއްވުމުގެ ބަދަލުގައި އެ ބޭފުޅުން ކުރައްވަން ޖެހިވަޑައިގެންފައި އޮތް ކަމަކީ އަމިއްލަ އެދުން ހާސިލްކުރަން އަމިއްލަ ގައުމު ވިއްކާނުލެއްވުން ކަމަށެވެ.
"ސިޔާސީ ސަބަބަށްޓަކައި ދޭދޭ ގައުމުގެ ގުޅުމަށް ބުރޫއެރުމަށް ވުރެން އަޅުގަނޑުމެންނަށް މާ މުހިއްމޭ އަމިއްލަ އެދުމަށްޓަކައި އަޅުގަނޑުމެންގެ ގައުމު ވިއްކާނުލައި އެކަމާ ދެކޮޅަށް ތެދުވެވަޑައިގަތުން،" އޭނާ ވިދާޅުވި އެވެ.
ޖަލްސާއެއްގައި މައުމޫން ވާހަކަފުޅު ދައްކަވަނީ: ގައުމު ދެކެ ލޯބިވާ ނަމަ މައުމޫން ހުންނަވަންވީ ޕީޕީއެމްގެ ފަޅީގައި ކަމަށް އަދުރޭ ވިދާޅުވި. -- ފޮޓޯ/ މިހާރު
އަދުރޭ ވިދާޅުވި ގޮޮތުގައި ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ސިޔާސީ ޕާޓީތަކުން އެންމެން އެއްބައިވާންވެއްޖެ ކަމަށް ބަޔާން ނެރުނު އިރު ލަދުހަޔާތްވީ ކޮންތާކުތޯ ސުވާލު އުފެދުނެވެ. ރާއްޖެއަށް މި ހާލަތަށް ވުރެން އެއްބައިވަންތަ ވާން ޖެހޭ ދުވަސްވަރެއް ނާންނަ ކަަމަށް އޭނާ ވިދާޅުވި އެވެ.
"އެއްބައިވާންވީ އިންތިހާބެއް ވަގަށް ނަގައިދިން މީހުންނަކާއެއް ނޫން. އެއްބައިވާންވީ ދިވެހި ރައްޔިތުންނަށްޓަކައި،" އަދުރޭ ވިދާޅުވި އެވެ.
އެނާ ގޮވާލެއްވީ މައުމޫން ވެސް ރައްޔިތުން ދެކެ ލޯބިވާނަމަ މޭމަތި ފުރެންދެން "އިންޑިއާ އައުޓް" ޖައްސަވައި އެ ކެމްޕޭނާ ގުޅިވަޑައިގަތުމަށެވެ. ރައްޔިތުންނަށްވުރެން އިންޑިއާ މުހިއްމުވާން ޖެހޭ ސަބަބެއް ނެތް ކަަމަށް ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ އިންޑިއާއާ އެއްކޮޅަށް ސިޔާސީ ޕާޓީތަކުން ބަޔާން ނެރެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިގެން ކަމަށެވެ.
"ރައީސް ޔާމީން މޭމަތީގައި ބޭސްގަނޑެއްހެން އިންޑިއާ އައުޓް ޖަހައިގެން ނުކުތީމާ އަޅުގަނޑުމެން ފަހުރުވެރިއޭ ވަނީ،" އަދުރޭ ވިދާޅުވި އެވެ.
"ހަސަން ލަތީފަށް ދަންނަވާލަން ބޭނުން ވަނީ ލަދެއް ނޫނޭ ގަންނަނީ، ފަހުރުވެރިއޭ ވަނީ. މުހައްމަދު ނަޝީދަށް ދަންނަވާލަން ބޭނުން ވަނީ މަނިކުފާނު ތިއުޅޭ ގޮތުންނޭ ދިވެހި ރައްޔިތުން ލަދުގަންނަނީ. ރައީސް މައުމޫން ޖައްސަވާ ސަކަރާތުންނޭ ދިވެހި ރައްޔިތުން ލަދުގަންނަނީ. ގާސިމް އިބްރާހިމް ދައްކާ ވާހަކައިންނޭ ރައްޔިތުން ބިރުގަންނަނީ. އިމްރާން އުޅުއްވާ ހުތުރު ގޮތްތަކުންނޭ ދިވެހިރާއްޖެ އަށް ނުރައްކާ އޮތީ. އިބްރާހިމް މުހައްމަދު ސޯލިހް ކުޅޭކުޅިގަނޑުންނޭ ދިވެހި ރައްޔިތުންނަށް ހިތްދަތިކަން އޮތީ."
އަދުރޭ ވިދާޅުވި ގޮތުގައި އިންޑިއާ އައުޓް ހަރަކާތް ހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ. އެކަން ނިންމާލާނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ދިވެހި ފަސްގަނޑުން ބާލާފައި ކަމަށް ވެސް ވިދާޅުވި އެވެ.
ބެނާއެއް ހަޖަމް ނުވުމަކީ ނުރައްކާ އޮތް ވަރު: އަދުރޭ
ރާއްޖެއިން އިންޓެލް ހޯދަނީ އިންޑިއާއިން އެކަނި: ޔާމީން
އިންޑިއާ ރުއްސަން ގާނޫނު ހެދުމަކީ އަނިޔާވެރިވުން:ސައީދު
"ވަޒީރުކަމުގައި ނާޒިމް އުޅުނީ ރިޔާސީ ޓިކެޓް ހޯދަން"
އިންޑިއާއާ ގުޅިގެން ކުރިއެރުމެއް ނެތް: އަބްދުއްރަހީމް
އިންޑިއާގެ މަޝްރޫއުތަކާއެކު މިނިވަންކަން ގެއްލޭނެ:އަދުރޭ
ޕީޕީއެމާއި ޕީއެންސީން އިންޑިއާ ސަފީރާ ބައްދަލުކޮށްފި
ރާއްޖޭގައި ދެން ގޮތް ނިންމާނެ ޕާޓީއަކީ ޕީއެންސީ:އަދުރޭ
ކޮންފަރެންސް ސަރުކާރަށް ހަޖަމެއް ނުވި: އަދުރޭ
އަދުރޭ ވިދާޅުވީ އެއީ ހަރާމް ހުކުމެއް ކަމަށް