ސަބްސިޑީ އަށް ކަނޑައެޅި ބަޖެޓު ހުސްވެ، އިތުރަށް 367 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
06 އޯގަސްޓް 2023
ސަބްސިޑީ އަށް ކަނޑައެޅި ބަޖެޓު ހުސްވެ، އިތުރަށް 367 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުން، ދައުލަތުން ހިލޭ ބޭސްފަރުވާ ކުރުމުގެ ނިޒާމު، އާސަންދަ އަށް ކަނޑައެޅި ބަޖެޓަށް ވުރެ އިތުރަށް 280 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެ އެވެ. އެހެން ސަބްސިޑީތަކަށް 88 މިލިއަން ރުފިޔާ ހޭދަކުރި އެވެ.
ސަބްސިޑީ އާއި ކައުންސިލްތަކަށް ދޭ ގްރާންޓާ އެކު ދައުލަތުން މި އަހަރުގެ މިހާތަނަށް 5.6 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވެ އެވެ. ބަޖެޓުގައި ކައުންސިލްތަކަށް ދޭ ގްރާންޓްގެ ގޮތުގައި 1.8 ބިލިއަން ކަނޑައަޅާފައިވާ އިރު މި އަހަރުގެ މިހާތަނަށް 1.1 ބިލިއަން ހޭދަކޮށްފައި ވެ އެވެ.
މިދިޔަ އަހަރު ވެސް ވަނީ ބަޖެޓުގައި ކަނޑައެޅި އަދަދަށް ވުރެ އިތުރަށް ސަބްސިޑީގެ ހަރަދު އިތުރުވެފަ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ތެލަށް ކުރި ހޭދަ ބޮޑުވުމެވެ. މިދިޔަ އަހަރު 8.4 ބިލިއަން ސަބްސިޑީ އަށް ހޭދަކުރި އިރު އޭގެ ތެރެއިން ތެލުގެ ހަރަދަށް 2.3 ބިލިއަން ރުފިޔާ ހަރަދުކުރި އެވެ.
ދައުލަތުގެ އާމްދަނީ އިތުރުވި ނަމަވެސް ހަރަދުތައް ބޮޑުވުމަކީ ބަޖެޓަށް އަބަދުވެސް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ. އެންމެ ބޮޑު އެއް ސަބަބަކީ ސަބްސިޑީގެ ގޮތުގައި އެކި ކަންކަމަށް ކުރަން ޖެހޭ ހަރަދު އަހަރުން އަހަރަށް އިތުރުވުމެވެ. ސަބްސިޑީ އަށް ކުރާ ހޭދަ ކުރުމަށް މާލީ އިދާރާތައް ކަމުގައިވާ ވޯލްޑް ބޭންކާއި އައިއެމްއެފުން ވަނީ ސަރުކާރަށް ލަފާދީފަ އެވެ.
ސަބްސިޑީތައް މުރާޖައާކޮށް، މިހާރަށް ވުރެ އިސްރާފު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަން މިދިޔަ ދެ އަހަރު ވެސް ސަރުކާރުން ކަނޑައެޅިިޔަސް މިހާތަނަށް ސަބްސިޑީ ދޭ ނިޒާމު އިސްލާހު ކުރަން އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ.
ފިޔަވަޅުތަކުން އާސަންދަ/ސަބްސިޑީ ހޭދަ ކުޑަވާން ފަށައިފި
އިސްރާފު ކުޑަކުރަން މޭ މަހުން ފެށިގެން ފިޔަވަޅު އަޅަނީ
ސަރުކާރުން ހުރިހާ ހަރަދެއް ކުރަން ވައުދުވާ މޫސުމެއް!
ސަބްސިޑީއަށް ކުރާ ހޭދަ 56 ޕަސެންޓް އިތުރުވެއްޖެ
އާމްދަނީ ދަށަސް، ހަރަދު ކުޑަކޮށްގެން 1.4 ބިލިއަނުން ސާޕްލަސްގައި
އަހަރު ފެށުނުއިރު އާސަންދައަށް ކުރި ހޭދަ ކުޑައެއް ނުވި
އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރަން ވަގުތު ކުޑަތަންވަނީ
9.4 ބިލިއަނަށް ޑެފިސިޓު ތިރިކުރަން އަމާޒު ހިފައިފި
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަމަހައްޓައިފި