Roadha Mihaaru
ފަނޑިޔާރު ކަމަށް ކުރިމަތިލާއިރު އިމްތިހާނެއް ދެނީ

ފަނޑިޔާރު ކަމަށް ކުރިމަތިލާ ބޭފުޅުންނަށް ޖުޑީޝަލް އިމްތިހާނެއް ދެނީ

03 އޯގަސްޓް 2023

ފަނޑިޔާރު ކަމަށް ކުރިމަތިލާ ބޭފުޅުންނަށް ޖުޑީޝަލް އިމްތިހާނެއް ދޭން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފަނޑިޔާރު ކަމަށް ކުރިމަތިލާ ބޭފުޅުންނަށް ޖުޑީޝަލް އިމްތިހާނެއް ދޭން ނިންމައިފި އެވެ.

މިހާރު ފަނޑިޔާރުންގެ ގާނޫނު އޮންނަ ގޮތުން ފަނޑިޔާރު ކަމަށް ބޭނުންވާ ތައުލީމީ ޝަރުތު ފުރިހަމަވެ އަދި އިންޓަވިއުއަށް ފަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފެންނަ ގޮތެއްގެ މަތިން ފަނޑިޔާރު ކަމަށް އައްޔަން ކުރެވެ އެވެ.

ޖޭއެސްސީން މިއަދު ބުނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފަނޑިޔާރުން ކަމަށް ކުރިމަތިލާ ބޭފުޅުންނަށް ހާއްސަ ޖުޑީޝަލް އިމްތިހާނެއް ދޭން ނިންމާފައިވާ ކަމަށެވެ. އެ އިމްތިހާނުގައި ބަލާނީ ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާއި ކޯޓުތަކުގެ ނިންމުންތައް އެނގޭ މިންވަރު ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނިގޮތުގައި އެ ބަދަލަށް ފަހު، ފަނޑިޔާރު ކަމަށް ކުރިމަތިލާ ބޭފުޅުން ތައުލީމީ ސްޓެފިކެޓް ހާސިލް ކޮށްފައި ވިޔަސް މަގާމަށް ޝަރުތު ހަމަވި ކަމަށް ބަލާނީ އެ ކޮމިޝަނުން ދޭ ޖުޑީޝަލް އިމްތިހާނުން ފާސްވުމުންނެވެ.

ހައި ކޯޓާއި ދަށު ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގެ ބާރު އޮންނަނީ ޖޭއެސްސީއަށެވެ. ނަމަވެސް ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި އެ ކޮމިޝަނަށް އޮންނަނީ ހަމައެކަނި ލަފާ ދިނުމުގެ ދައުރެކެވެ.