Roadha Mihaaru
ޔާމީންގެ މައްސަލައިގެ ހުކުމް މާދަމާ ހެނދުނު 10 ގައި

ޔާމީންގެ ކެންޑިޑެސީގެ މައްސަލައިގެ ހުކުމް މާދަމާ ހެނދުނު 10 ގައި

05 އޯގަސްޓް 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލާގައި ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ހުކުމް މާދަމާގެ ހެނދުނު 10 ޖަހާއިރަށް ތާވަލްކޮށްފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލާގައި ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ހުކުމް މާދަމާގެ ހެނދުނު 10 ޖަހާއިރަށް ތާވަލްކޮށްފި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމަށް އެ ޕާޓީން ކަނޑައަޅާފައިވާ ޔާމީންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތީ އެ މަނިކުފާނު 11 އަހަރަށް ޖަލަށް ލާން މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން ގާނޫނީ ޝަރުތެއް އުނިވެފައިވާ ކަމަށް ނިންމުމުންނެވެ. އެހެންވެ، އެ މައްސަލާގައި ގޮތެއް ކަނޑައަޅައި ދިނުމަށް ޔާމީނާއި ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެވެ.

އިއްޔެ ހަވީރު 4 އިން ފެށިގެން ރޭގެ 11:30 ވަންދެން ބޭއްވި ޝަރީއަތުގެ އަޑުއެހުންތަކުގައި ވަނީ އިލެކްޝަންސް ކޮމިޝަނާއި ބަންޑާރަ ނައިބުގެ އޮފީހާއި ޕީޕީއެމް އަދި ޔާމީނާއި އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ވާހަކަތައް ހުށަހެޅުންތައް ހުށަހަޅައިފަ އެވެ.

އަޑުއެހުން ނިންމާލައްވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ރޭ ވިދާޅުވީ އެ މައްސަލާގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.

ހޫނު ބަހުސްތަކަކާ އެކު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ޔާމީންގެ ފަރާތްޕުޅުން މައިގަނޑު ގޮތެއްގައި ފާހަގަކުރީ އެ މަނިކުފާނުގެ ޖަލު ހުކުމް އިސްތިއުނާފް މަރުހަލާގައި އޮތުމުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބެންޖެހޭނެ ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނީ އިސްތިއުނާފް ނުނިމި އޮތަސް ހުކުމް ދެމި އޮތްހާ ހިނދަކު ވާދަ ނުކުރެވޭނެ ކަމަށެވެ.

އެ މައްސަލާގެ ތެރެއަށް ތަދައްހުލްވި އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް ބުނީ އެގޮތަށެވެ. އެކަމަކު އަނެއްކޮޅުން މައްސަލައަށް ތަދައްހުލްވި ޕީޕީއެމްއިން އެދުނީ ޔާމީންގެ ކެންޑިޑެސީ ބަލައިގަނެވޭނެ ކަމަށް ނިންމުމަށެވެ.

އެ މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.