Roadha Mihaaru
ޖޫހީ އުޅޭ ފިލްމެއް އަންނަ މަހު ނެޓްފްލިކްސް އަށް

ޖޫހީ އުޅޭ ފިލްމެއް އަންނަ މަހު ނެޓްފްލިކްސް އަށް

06 އޯގަސްޓް 2023

ބޮލީވުޑްގެ ތަރި ޖޫހީ ޗާވްލާގެ އާ ފިލްމު "ފްރައިޑޭ ނައިޓް ޕްލޭން" އަންނަ މަހު އެކެއްގައި ނެޓްފްލިކްސް އިން ގެނެސްދޭން ނިންމައިފި އެވެ.

ބޮލީވުޑްގެ ތަރި ޖޫހީ ޗާވްލާގެ އާ ފިލްމު "ފްރައިޑޭ ނައިޓް ޕްލޭން" އަންނަ މަހު އެކެއްގައި ނެޓްފްލިކްސް އިން ގެނެސްދޭން ނިންމައިފި އެވެ.

އެ ފިލްމުގެ ޓީޒާއެއް މިދިޔަ ހުކުރު ދުވަހު ވަނީ ނެރެފަ އެވެ.

ޖޫހީއާ އެކު މި ފިލްމުގައި ބޮލީވުޑްގެ ކުރީގެ އެކްޓަރު އިރުފާން ހާންގެ ދަރިފުޅު ބާބިލް ހާން ވެސް ފެންނާނެ އެވެ. މިއީ ބާބިލްގެ ދެވަނަ ފިލްމެވެ. އޭނާގެ ފުރަތަމަ ފިލްމު، މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން "ގަލާ"ގައި ކުޅުނު ރޯލަށް ވަރަށް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ޕްރައިމް ވީޑިއޯގެ "މިރުޒާ ޕޫރު" އާއި ޝާހްރުކް ހާންގެ "ރައީސް" ކަހަލަ ފިލްމުތަކުގެ ކްރިއެޓިވް ޓީމުގައި މަސައްކަތްކޮށްފައިވާ ވަސްތަލް ނީލާކަންތަން އެވެ. މިއީ އޭނާ ޑައިރެކްޓުކުރާ ފުރަތަމަ ފިލްމެވެ.

ފަރުހާން އަކްތަރުގެ އެކްސެލް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރާ މި ފިލްމަކީ ހައި ސްކޫލް ކުދިންތަކެއް ދިރިއުޅުމާ ގުޅޭ ކަންތައްތަކެއް ދައްކާނެ ފިލްމެކެވެ. ލޯތްބާއި ރަހުމަތްތެރިކަމާއި އާއިލީ އަދި އެއްބަނޑުއެއްބަފާ ކަމުގެ ގުޅުމާ ބެހޭ ވާހަކައަކަށް ގެނެސްދޭ ފިލްމެކެވެ.