Roadha Mihaaru
ރެޑްބުލް ދަޅެއް ވަގަށް ނެގުމުން 15 ދުވަހަށް ބަންދު

"ބަނޑުހައިވެގެން" ރެޑްބުލް ދަޅެއް ވަގަށް ނެގުމުން ހައްޔަރުކޮށް 15 ދުވަހަށް ބަންދު

08 އޯގަސްޓް 2023

ރެޑްބުލް ދަޅެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، ބަންދު ޖަހައިފި އެވެ.

ރެޑްބުލް ދަޅެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، ބަންދު ޖަހައިފި އެވެ.

މި ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި 26 އަހަރުގެ މީހާ ކޯޓުގައި ބުނީ އޭނާ ވައްކަންކުރީ "ބަނޑުހައިވެގެން" ކަމަށެވެ.

މި މީހާ ކުރީ ކުޑަ ވައްކަމެއް ނަމަވެސް ބަންދަށް 15 ދުވަސް ދިނީ އޭނާ އަކީ ކުށުގެ ރެކޯޑް ގިނަ މީހަކަށް ވާތީ އެކަމަށް ބަލައިފަ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން އެ މީހާ ބަންދުކުރުމަށް ނިންމީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަކަށްޓަކަ އެވެ.

އާދައިގެ ކުދި ވައްކަންތަކުގައި ހައްޔަރުކުރާ ގިނަ މީހުންނަކީ މަސްތުވާތަކެއްޗަށް ދެވި ހިފާފައި ތިބޭ މީހުންނެވެ.