ވޮލްވާހެމްޓަން (އޯގަސްޓް 9) - އިނގިރޭސި ޕްރިމިއާ ލީގު ފަށަން އެއް ދުވަހަށް ވެފައިވަނިކޮށް، ވޯލްވާހެމްޓަން ވޮންޑާސް (ވުލްވުސް) ގެ ކޯޗު ހުލެން ލޮޕެޓެގީ މަގާމުން އިސްތިއުފާ ދީފި އެވެ.
09 އޯގަސްޓް 2023
ވޮލްވާހެމްޓަން (އޯގަސްޓް 9) - އިނގިރޭސި ޕްރިމިއާ ލީގު ފަށަން އެއް ދުވަހަށް ވެފައިވަނިކޮށް، ވޯލްވާހެމްޓަން ވޮންޑާސް (ވުލްވުސް) ގެ ކޯޗު ހުލެން ލޮޕެޓެގީ މަގާމުން އިސްތިއުފާ ދީފި އެވެ.
އޭނާ މަގާމުން އިސްތިއުފާ ދިނީ، ކްލަބާ އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިންނެވެ. ވުލްވްސްއިން އާ ކުޅުންތެރިންނަށް އިންވެސްޓްކުރަން ބޭނުން ނުވާތީ ލޮޕެޓެގީ އާއި ކްލަބްގެ މެނޭޖުމެންޓާ އޮތީ މައްސަލަ ޖެހިފަ އެވެ.
ވުލްވްސްއާ މެދު ލޮޕެޓެގީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އެ ކްލަބް ދޫކޮށް މުހިންމު ކުޅުންތެރިންތަކެއް ދިޔައިރު ވެސް އެ ކުޅުންތެރިން ކުޅުނު މަގާމުތައް ފޫބައްދަން ކުޅުންތެރިން ގެނެސްފައި ނުވުމެވެ.
އެ ކްލަބް ދޫކޮށް ދިޔަ ކުޅުންތެރިންގެ ތެރޭގައި ސައޫދީ ޕްރޯ ލީގުގެ އަލް ހިލާލް އަށް ބަދަލުވި ވުލްވްސްގެ ކުރީގެ ކެޕްޓަން ރުބެން ނޭވްސް، ބްރެންޓްފޯޑަށް ދިޔަ ނަތަން ކޮލިންސް، ލެސްޓާ ސިޓީ އަށް ކޯނޯ ކޯޑީ، ފުލަމް އަށް ރައުލް ހިމެނޭޒް އަދި ލޫޓަން ޓައުން އަށް ރަޔާން ޖައިލްސް ފަދަ މުހިއްމު ކުޅުންތެރިން ވަނީ ވުލްވްސް ދޫކޮށް ގޮސްފަ އެވެ.
ރެއާލް މެޑްރިޑާއި ސެވިއްޔާގެ ކުރީގެ ކޯޗު ވުލްވްސް އާ މިދިޔަ އަހަރު ނޮވެމްބަރު މަހު ހަވާލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުންނެވެ. އޭނާ ޓީމާ ހަވާލުވި އިރު ވުލްވްސް އޮތީ ރެލިގޭޓް ވެދާނެކަމުގެ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. ސެވިއްޔާ އަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށް ދިން ލެޕޮޓެގީ ވަނީ ފަހުން ރެލިގޭޝަނުން ސަލާމަތްކޮށްދީ 20 ޓީމު ވާދަކުރާ ލީގުގެ 13 ވަނަ އަށް ވުލްވްސް ގެންގޮސްދީފަ އެވެ.
އާ ސީޒަންގެ ޕްރިމިއާ ލީގު ފަށާނީ ހުކުރު ދުވަހު އެވެ. ވުލްވްސްގެ ފުރަތަމަ މެޗުގައި ހޯމަ ދުވަހު ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. ލެޕޮޓެގީގެ ބަދަލުގައި ވަގުތީ ކޯޗެއްގެ ގޮތުގައި ވުލްވްސް އަށް އެ މެޗުގައި އިރުޝާދު ދޭނީ ސްޓީވް ޑޭވިސް އެވެ.
ފުރަތަމަ މޮޅާއެކު ނިސްޓެލްރޫއީއަށް ހޫނު މަރުހަބާއެއް
ލޮޕެޓެގީގެ ވަޒީފާ މި ވަގުތަށް ސަލާމަތް ވެއްޖެ
ހެޓްރިކް ހީރޯ މަޑުއޭކޭ މަޖުބޫރުވުމުން މައާފަށް އެދިއްޖެ
ޔުނައިޓެޑް މޮޅުކޮށް ދިނީ ޑިފެންޑަރު ވަރާން
ލިވަޕޫލަށް ވާ ގޮތް ކްލޮޕް އަށް ވެސް ބުނެދޭން ނޭނގޭ
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
ލިވަޕޫލުގެ ފޭނުން ކިޔާ ލަވަ ސްލޮޓަށް ގަބޫލެއް ނުކުރެވޭ
ލީގު ހޯދާވަރުގެ ފެންވަރެއް އާސެނަލްގައި ނެތް: އާޓެޓާ
ޔުނައިޓެޑްގެ ވަޒީފާ ގެއްލިދާނެތީ އަމޯރިމް ކަންބޮޑެއްނުވޭ
މި ސީޒަނުގައި ސިޓީގެ އެންމެ މޮޅު 45 މިނެޓު