Roadha Mihaaru
ބަންކަރިން ހިދުމަތް ފަށަން ގަތަރުގެ ބިޔަ ކުންފުންޏަކަށް

އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފަށަން ގަތަރުގެ ބިޔަ ކުންފުންޏަކާ ހަވާލުކޮށްފި

10 އޯގަސްޓް 2023

ރާއްޖޭގެ އެންމެ އުތުރު، އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ހިދުމަތް ދިނުމަށް އެސްޓީއޯ އިން ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) ކުންފުންޏާ ހަވާލުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ އެންމެ އުތުރު، އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ހިދުމަތް ދިނުމަށް އެސްޓީއޯ އިން ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) ކުންފުންޏާ ހަވާލުކޮށްފި އެވެ.

މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަބްދުﷲ ސައީދެވެ. އަދި ޔޫސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ މުހައްމަދު ސަބްރީ އެވެ.

ޔޫސީސީއަކީ މެދުއިރުމަތީގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުންޏެވެ.

އިންޓަނޭޝަނަލް ބަންކަރިން ޕްރޮޖެކްޓް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެސްޓީއޯ

އިންޓަނޭޝަނަލް ބަންކަރިން ޕްރޮޖެކްޓް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެސްޓީއޯ

މި ޕްރޮޖެކްޓްގެ ދަށުން އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ ޕޯޓް ސިޓީގައި ތެލުގެ ގައުމީ ސްޓްރެޓެޖިކް ރިޒާވެއް ހަދާނެ އެވެ. މި ޕްރޮޖެކްޓްގެ ދަށުން އެންމެ ފުރަތަަމަ ކުރިއަށްދާނީ ފީޒިބިލިޓީ ސްޓަޑީއެއް ހެދުމެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މި ޕްރޮޖެކްޓަކީ ބަންކަރިން ހިދުމަތަކީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތަށް ހެދޭނެ ފަދަ އިންޑަސްޓްރީއަށް ހެދޭނެ ކަމަށެވެ.

​ރާއްޖެ އޮންނަ ލޮކޭޝަންގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރެ އެވެ. އެ ސަރަހައްދުގައި އެ ބޯޓުފަހަރަށް ހިދުމަތްތައް ދެވޭނެ މާ ގިނަ ގޮތްތަކެއް ނޯވެ އެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯގެ ސީއީއޯ ސައީދު ވިދާޅުވީ، މި ޕްރޮޖެކްޓުގެ ފައިނޭންސިން ހަމަޖެހިފައިވާ ކަމަށެވެ. މި ޕްރޮޖެކްޓާ އެކު ރާއްޖޭގެ އިގްތިސާދު އިތުރަށް ކުރިއަރާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ބަންކަރިން ހިދުމަތާ އެކު ޝިޕިން އެޖެންސީ، ކްރޫ ޗޭންޖް، ޝިޕް ހޭންޑްލިން ނުވަތަ ބޯޓު ފަހަރު ސާވިސް ކުރުމާއި މަރާމާތު ކުރުމާއި ސްޕެއާ ޕާޓްސް ފޯރުކޮށްދޭނެ އެވެ.

މި ހިދުމަތް ފެށުމަށް ބޭނުންވާ ރެގިއުލޭޓަރީ ފްރޭމްވޯކް އެކުލަވާލުމަށްޓަކައި ބޭރުގެ ފަންނީ ކޮންސަލްޓަންސީ ހޯދައި ޑްރާފްޓް ރެގިއުލޭޝަންސްތައް ވަނީ ތައްޔާރު ކޮށްފަ އެވެ. އަދި މިޕްރޮޖެކްޓް ހިންގުމުގައި ރާއްޖޭގެ ތިމާވެށި ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާކޮށް، ހޯދަންޖެހޭ އާލާތްތައް، އެމްއެންޑީއެފްގެ ލަފާގެ މަތިން އަންނަނީ ހޯދަމުންނެވެ.