14 ނޮވެމްބަރ 2024
އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ފެށި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތުން މިހާތަނަށް 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ފެށި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތުން މިހާތަނަށް 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެ ހިދުމަތް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ގަ އެވެ.
ޕީއެސްއެމް އިން ރޭ ގެނެސްދިން "ހަފްތާ 52" ޕްރޮގްރާމުގައި ސައީދު ވިދާޅުވީ ރާއްޖޭގައި ކުރިން ހަދާފައިވާ ބަޖެޓުތަކުގައި ޓޫރިޒަމް ނޫން ދާއިރާއަކުން އާމްދަނީ ލިބޭނެ ކަމަށް ހިމަނާފައިނުވާ ކަމަށެވެ.
އެކަމަކު މި ސަރުކާރުގެ ބަޖެޓުގައި ޓޫރިޒަމް ނޫން ދާއިރާތަކުން އާމްދަނީ ލިބޭނެ ކަމަށް ހިމަނާފައިވާ ކަމަށާއި އޭގެ ތެރޭގައި ބަންކަރިން ހިދުމަތް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދު ދަތި ހާލަތެއްގައި އޮއްވާ ދެ މަސް ދުވަހުގެ ތެރޭގައި ބަންކަރިންގެ ހިދުމަތުން 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް އެސްޓީއޯ އިން ހޯދާފައިވެ އެވެ.
"މި ހާލަތަށް އައިއިރު މިއޮތް ދަތީގައި ވެސް އޮފް ޝޯ ބަންކަރިން ހިދުމަތުން ގާތްގަނޑަކަށް 1.5 އެމެރިކާ ޑޮލަރުގެ އާމްދަނީއެއް މިހާރު ވެސް އެސްޓީއޯ ހޯދައިފި،" ސައީދު ވިދާޅުވި އެވެ.
އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ދޭނީ އެމްޕީއެލްއާ ގުޅިގެންނެވެ. ބަންކަރިން ހިދުމަތުގެ ދަށުން ބޯޓްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ ސީދާ އެސްޓީއޯއިންނެވެ.
އޮފްޝޯ ބަންކަރިން ހިދުމަތް ދެނީ ދެ ބޯޓާ އެކުގަ އެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ. އެ ދެ ބޯޓު ބަނދެފައިވަނީ ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަގުވާމީ މިންގަޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށް ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
މިއީ އެސްޓީއޯ އާއި ވިޓޯލްއާ ގުޅިގެން ބަންކަރިންގެ ހިދުމަތަށް އެސްޓީއޯގެ ފުރިހަމަ ރައިޓްސްއާ އެކު، ބެއާ ބޯޓް ޗާޓާ ކޮންސެޕްޓަށް ދެ އަހަރުގެ ތެރޭގައި އެއްކޮށް މިލްކުވާ ގޮތަށް ހޯދާފައިވާ ދެ ބޯޓެވެ.
އެސްޓީއޯ އިން މި ވަގުތަށް ފޯރުކޮށްދޭނީ ޑީސަލާއި ލޯ ސަލްފާ ފިއުލް އެވެ. އޭގެ ތެރެއިން ޑީސަލް ފޯރުކޮށްދޭނީ ޔޮޓްތަކައި ލަގްޒަރީ ބޯޓުތަކަށެވެ. ކާގޯ ބޯޓުތަކާއި އެ ނޫން ކޮންޓެއިނަރު ބޯޓުތަކަށް ލޯ ސަލްފާ ފިއުލް ފޯރުކޮށްދޭނެ އެވެ.
މިހާރު ވޯޓަ ބަންކަރިންގެ ހިދުމަތް ވެސް ދެމުން އަންނައިރު އެތަނަށް މިހާރު ލިބިފައިވާ އޯޑަރުތަކުން އެ ވިޔަފާރިން ވެސް މަހަކު 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އެމްޕީއެލްއިން ވެސް ބުނެފައިވެ އެވެ.
އެ ޕްރޮގްރާމްގައި ސައީދު ވިދާޅުވީ އިތުރު މަސައްކަތްތަކެއް ކޮށްގެން ރާއްޖެއަށް އާމްދަނީ ލިބޭނެ މަގު ތަނަވަސް ކުރަންޖެހޭ ކަމަށެވެ.
ރާއްޖޭގައި މިވަގުތު ދުވާލަކަށް ލިބޭ އާމްދަނީ ހުރީ ގާތްގަނޑަކަށް 65 މިލިއަން ރުފިޔާގައި ކަމަށާއި ނަމަވެސް ދުވާލަކު 96 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދުވާލަކު ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ އިން ރާއްޖެ ދަރަނިވެރިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދުވާލަކު، މިހާރު އެއް އަހަރު ނަގައިފި ކަމަށްވާ ނަމަ، 65 މިލިއަން ރުފިޔާ ރެވެނިއު ރާއްޖެއަށް މި ވަންނަނީ. ހަރަދު އެބަ ހިނގާ، ރިކަރެންޓް އެކްޕެންޑިޗާ 96 މިލިއަން، ދުވާލަކަށް ދަރަނިވެރިވޭ ނުވަތަ ޑެފިސިޓަށް 40 މިލިއަން. އޭގެ މާނައަކީ ދުވާލަކަށް ދެ މިލިއަން ޑޮލަރު ކޮންމެ ދުވަހަކު ރާއްޖެ މިދަނީ ޑެފިސިޓަށް ދަރަމުން،"
އެހެންވެ، އެ ހާލަތުން އަރައިގަތުމަށްޓަކައި އާމްދަނީ ލިބޭނެ އާ ގޮތްތަކެއް ރައީސް ހޯއްދަވަމުން އަންނަ ކަމަށް ސައީދު ވިދާޅުވި އެވެ.
"ބަންކަރިންއަށް 20 މިލިއަން ޑޮލަރު އިންވެސްޓްކުރި"
ބަންކަރިންއަށް ބޭނުންވާ ދެވަނަ ބޯޓު ވެސް ގެނެސްފި
ޕެނަމާގެ ބޯޓު އިހަވަންދިއްޕޮޅުގައި ބަނދަރުކޮށްފި
އުތުރު ގޭޓްވޭގެ މައި އޮފީސް ހުޅުވައިފި
ފުރަތަމަ ހިދުމަތް ދެނީ "ވައިސީ ބެރިއާ" އަށް
ބަންކަރިން ފަށަން 20 ވަނަ ދުވަހު ތެޔޮ ވިއްކަނީ
އުތުރުގެ ބަންކަރިން ހިދުމަތް މި މަހު 12 ގައި ފަށަނީ
ބަންކަރިން ހިދުމަތް އަންނަ މަހު ފަށަނީ
އުތުރުގެ ބަންކަރިން ފަށަން އުޅަނދުތައް ގެނެސްފި
މަހެއް ތެރޭގައި ބަންކަރިންގެ ހިދުމަތް ފަށާނެ: ސައީދު