11 އޯގަސްޓް 2023
ގޯތި ހަދަން ބޭނުންވާ ކޮންމެ މީހަކަށް ވެސް އޭނާގެ ސަރުކާރެއްގައި ސޮވެރިން ގެރެންޓީ ދީ، ލޯނު ހަމަޖައްސައި ދެއްވާނެެ ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
ގޯތި ހަދަން ބޭނުންވާ ކޮންމެ މީހަކަށް ވެސް އޭނާގެ ސަރުކާރެއްގައި ސޮވެރިން ގެރެންޓީ ދީ، ލޯނު ހަމަޖައްސައި ދެއްވާނެެ ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
"އުޖާލާ ޒަމާން"ގެ ނަމުގައި ހިންގަވާ ކެމްޕެއިންގައި ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ސޮވެރިން ގެރެންޓީ ދޭނީ އާންމު ރައްޔިތުންނަށް ކަމަށެވެ.
"ކީއްވެގެންތޯ އަޅުގަނޑުމެން ގެދޮރު ނެތް މީހުންނަށް ގެދޮރު ހެދުމަށް މި [ސޮވެރިން ގެރެންޓީ] ބޭންކަށް ދީފައި ނުބާއްވާންވީ؟، އަޅުގަނޑުގެ ވިސްނުމަކީ ގެދޮރު ހަދަން ބޭނުންވާ މީހުންނަށް ސަރުކާރުން ދޭނަމޭ ސޮވެރިން ގެރެންޓީ، އެ 30 ޕަސެންޓް ދައްކާކަށް ނުޖެހޭނެ. ގޯތި ހިފައިގެން ދިޔައީމަ އިސްލާމިކް އުސޫލުން ތިއިން ކޮންމެ ބޭފުޅަކަށް ވެސް ގޯތި ހެދުމަށް ލޯނު ދޭނަން،" ނާޒިމް ވިދާޅުވި އެވެ.
ރ. ފައިނުގައި އެއާޕޯޓެއް އަޅުއްވާނެ ކަމަށް ވެސް ނާޒިމް ވައުދުވެވަޑައިގެންނެވި އެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި އެއީ ދުވާފަރު ހިމެނޭ ސަރަަހައްދަށް މުހިންމު އެއާޕޯޓެކެވެ.
އެއީ ނާޒިމް މިނިސްޓަރުކަން ކުރެއްވި ކުރީގެ ސަރުކާރުގައި ވެސް އަޅަން ނިންމި އެއާޕޯޓެކެވެ. ޢެކަމަކު، އެ އެއާޕޯޓާ ދެކޮޅަށް އިހްތިޖާޖު ކުރުމާ ގުޅިގެން އެ ތަނުގެ މަސައްކަތް ފެށުން ހުއްޓާލީ އެވެ.
ދަގެނތީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވި ގޮތުގައި އޭނާ އިންތިހާބަށް ނުކުމެވަޑައިގަތީ ވަރަށް ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކު އެވެ،
އޭނާ ވިދާޅުވީ ބޭނުންވަނީ ރައްޔިތުން މުއްސަނދި ކުރުމުގެ އަމާޒު ކަމަށެވެ. އިގުތިސޯދީ އިންގިލާބެއް ގެންނަވާށެވެ.
"އަޅުގަނޑުގެ ވެރިކަމެއްގައި ނިކަމެތިންނާއި ފަގީރުން މުއްސަނދިންނާ ހަމައަށް އައުމަށް މަސައްކަތްކޮށް ދޭނަން. އަޅުގަނޑުމެން އަންހެނުން ބާރުވެރިކުރުވާނަން. އެ މީހުންގެ މަސައްކަތްތަކަށް ބޭނުންވާ ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނަން،" ނާޒިމް ވިދާޅުވި އެވެ.
"ހަމައެއާއެކު ރާއްޖޭގައި އިގްތިސޯދީ މަސައްކަތް ކުރާ ކޮންމެ މީހަކަށް ވެސް ބޭންކްތަކުގެ ތެރެއިން ފަހިކޮށްދޭނަން."
ރ. ދުވާފަރުގައި ނާޒިމް މީހަކާ ބައްދަލުކުރައްވަނީ: އެންމެންނަށް ގެދޮރު ހަދަން ލޯނު ދެއްވާނެ ކަމަށް ވިދާޅުވި
ނާޒިމް ވަނީ ދުވާފަރު ހިމެނޭ ސަރަހައްދަށް އިންވެސްޓްމެންޓް ބޭންކަށް ގެނެސްދޭނެ ކަމަށް ވެސް ވައުދުވެވަޑައިގެންފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ބޭންކް ވާނީ އެ ސަރަހައްދަށް އިންވެސްޓްކުރާ މީހުންނާއި މަސްވެރިންނަށް ހާއްސަ ބޭންކަކަށެވެ.
"އެ ބޭންކުން އިރާދަކުރެވިއްޔާ ދޯނިފަހަރު ބަނުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔާފަރި ކުރުމަށާއި މި ރަށު މީހުން ބޭނުންވާ ޒަރޫރީ ކަންކަމަށް ލޯނު އެ ބޭންކް މެދުވެރިކޮަށް ހަމަޖެހިގެންދާނެ،" ނާޒިމް ވިދާޅުވި އެވެ.
ދުވާފަރުގައި ކޮލެޖަކާއި ދަނޑުވެރިކަން ކުރުމަށް ފަޅު ރަށެއް ހަމަޖައްސާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި ގައުމު ބަދަލުކޮށްލަން ޖެހޭ ދުވަސް އެއީ. މި ގައުމުގަ މިފަދަ ނިކަމެތި ހާލަތެއްގައި އަޅުގަނޑުމެން ތިބޭނީތޯ ނޫނީ އަޅުގަނޑުމެން އެހެން އުޖާލާ ޒަމާނެއްގެ އުފާވެރިކަމުގައި ތިބޭނީތޯ؟ އުޖާލާ ޒަމާނެއް ބޭނުން ކަމަށްވާ ނަމަ ނަންބަރު 8 އަށް ރަނގަޅު ފާހަގަލައްވާ،"--- ނާޒިމް
ނާޒިމް ވަނީ އޭނާގެ ވެރިކަމެއްގައި ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔެވޭނެ ކަމާއި އަދި ލޯނު ނަގައިގެން ބޭރަށް ކިޔަވަންދާ ކުދިންގެ އެ ލޯނުތައް ވެސް މާފުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި ވަޒީފާ ނެތް ކޮންމެ މީހުންނަށް ވެސް ރޯދަ އެލަވަންސްގެ ގޮތުގައި 3،000ރ. ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑާ ވަރަށް ގިނަ މީހުން އެބަ ސުވާލު ކުރޭ، ކީއްވެހޭ ތި ހިލޭ ވާހަކަ އަބަދު ދައްކަނީ. އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ މިއީ ރައްޔިތުންގެ ލާރިއޭ. އަޅުގަނޑުގެ ޖީބުގައި ގެންގުޅޭ ލާރިއެއް ނޫން، ނާޒިމް ވިދާޅުވި އެވެ.
"މިއީ ދިވެހި ރައްޔިތުންގެ ލާރި. އެ ލާރި ރައްޔިތުންނަށް ދޭން ކަންބޮޑުވާން ޖެހޭ ކަމެއް ނެތް."
ނާޒިމް ވިދާޅުވީ އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ވަރަށް މުހިންމު ކަމަށެވެ. އެ އިންތިހާބަށް އެމްއެންޕީން ނުކުތީ ރާއްޖެ ބަދަލުކުރުމަށް ކަމަށް ނާޒިމް ވިދާޅުވި އެވެ. އެހެންކަމުން، އެ ބަދަލު ރާއްޖެއަށް ގެނައުމަށް ރައްޔިތުން އެއްބާރުލުންދިނުމަށް އޭނާ އެދިވަޑައިގަތެވެ.
"މި ގައުމު ބަދަލުކޮށްލަން ޖެހޭ ދުވަސް އެއީ. މި ގައުމުގަ މިފަދަ ނިކަމެތި ހާލަތެއްގައި އަޅުގަނޑުމެން ތިބޭނީތޯ ނޫނީ އަޅުގަނޑުމެން އެހެން އުޖާލާ ޒަމާނެއްގެ އުފާވެރިކަމުގައި ތިބޭނީތޯ؟ އުޖާލާ ޒަމާނެއް ބޭނުން ކަމަށްވާ ނަމަ ނަންބަރު 8 އަށް ރަނގަޅު ފާހަގަލައްވާ،" ނާޒިމް ވިދާޅުވި އެވެ.
ފުރަތަމަ އެންމެ ނިކަމެތި މީހުން ހޯދުން، ދެން ހައްލު!
ނާޒިމްގެ ވެރިކަމެއްގައި ގެދޮރު ހަދާނީ ސަރުކާރުގެ ސޮވެރިން ގެރެންޓީއާ އެކު!
މާލެއަށް ނާޒިމްގެ އިންގިލާބީ ތަސައްވަރެއް
ގޯތިތައް އަތުނުލާނަން، ކޮށްދޭނީ އާބާދު: ނާޒިމް
ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދާނަން: ނާޒިމް
ހީވީ އާއިލާގެ ތެރެއަށް ވަދެވުނުހެން: ނާޒިމް
ފްރޭމްކުރި މައްސަލަ މާޒީކޮށް އިސްކުރީ މުސްތަގުބަލު
ޕީޕީއެމާ އެކު ކުރިއަށް ދާން އެމްއެންޕީން ނިންމައިފި
ގައުމު ކުރިއެރުވުމުގެ މަސައްކަތް ނުހުއްޓޭނެ: ނާޒިމް
ގާސިމާއި ނާޒިމަށް ލަދުވެތި ނަތީޖާއެއް!