މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީއާ އެކު ކުރިއަށް ދާން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެމްއެންޕީން މިރޭ ނިންމައިފި އެވެ.
11 ސެޕްޓެމްބަރ 2023
މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީއާ އެކު ކުރިއަށް ދާން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެމްއެންޕީން މިރޭ ނިންމައިފި އެވެ.
އެ ގޮތަށް ފާސްކުރީ އެކަމާ މެދު ގޮތެއް ނިންމަން މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކައުންސިލުން ނިންމީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ލިބުނު ދައުވަތު ގަބޫލުކޮށް، އެ ޕާޓީއާ މަޝްވަރާ ކުރާށެވެ.
މި ކަމާ ބެހޭ ގޮތުން އެމްއެންޕީގެ ބަހެއް އަދި ނުލިބެ އެވެ.
އެމްއެންޕީއަކީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި 101،635 ވޯޓާ އެކު ދެވަނަ ބުރަށް ދަތުރުކުރެއްވި މުއިއްޒާ އެކު ކޯލިޝަން ހަދަން ރަސްމީކޮށް އެއްބަސްވި ފުރަތަމަ ޕާޓީ އެވެ. އެކަމަކު، މުއިއްޒުގެ ފަރާތުން މިހާރު ވެސް އަންނަނީ އެހެން ޕާޓީތަކާ މަޝްވަރާ ކުރަމުން ކަމަށް ވެ އެވެ. އަދި އޭނާ ވަނީ އެ ދައުވަތު ވެސް އެހެން ސިޔާސީ ޕާޓީތަކަށް ރޭ ދެއްވައިފަ އެވެ.
ރިޔާސީ އިންތިހާބުގައި ނާާޒިމަށް ހޯއްދެވުނީ 1،907 ވޯޓެވެ.
އިންތިހާބުގެ ދެވަނަ ބުރަށް 86،161 ވޯޓާ އެކު ދެން ދަތުރުކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ގެންދަވަނީ އެހެން ބައެއް ސިޔާސީ ޕާޓީތަކާ އެކު ކޯލިޝަން ހަދަން މަސައްކަތްޕުޅު ކުރައްވަމުންނެވެ. ރައީސް އެ މަޝްވަރާ ކުރެއްވި ބޭފުޅުންގެ ތެރޭގައި ނާޒިމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ، ކޯލިޝަން ހެދުމުގެ މަޝްވަރާތައް 2-3 ފަރާތަކާ އެކު ކުރައްވަމުން ގެންދަވާ ކަމަށެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ޑިމޮކްރެޓްސް ޕާޓީ ހިމެނެ އެވެ. އެކަމަކު، އަދި ގޮތެއް ނުނިންމަ އެވެ.
ހީވީ އާއިލާގެ ތެރެއަށް ވަދެވުނުހެން: ނާޒިމް
ފްރޭމްކުރި މައްސަލަ މާޒީކޮށް އިސްކުރީ މުސްތަގުބަލު
ޕީޕީއެމް-އެމްްއެންޕީން ކޯލިޝަން އެއްބަސްވުމަކަށް
ބޭނުންވަނީ ދުވެލި ހަލުވިކޮށް ނަތީޖާ ނެރެން: ރައީސް
އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ/އެމްއެންޕީ ވާދަކުރަނީ
ބައިއެޅުން ނެތަސް އެންމެންގެ ޝާމިލްވުން އޮންނާނެ
ކަންކަން ރީތިކޮށް ކުރުމުގެ ފުރުސަތަށް އެދެން: މުއިއްޒު
އެގްރީމަންޓެއް ނުފޮރުވާނެ ކަމަށް ޔަގީން ކުރަން:މުއިއްޒު
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"
ޒިންމާދާރުއިދިކޮޅުޕާޓީއަކަށް ވާން މުއިއްޒު ގޮވާލައްވައިފި