ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ހޯދައިދިނުމަށްޓަކައި ޕީޕީއެމާ ގުޅިވަޑައިގަތުމަށް ފަހު އޭނާ ބައިވެރިވެވަޑައިގެން ފުރަތަމަ ފަހަރަށް ރޭ ބޭއްވި ބޭއްވި ބައްދަލުވުމަށް ވަޑައިގަތުމުން އިހުސާސްވީ އަމިއްލަ އާއިލާ އިން ފުރުސަތެއް ލިބިވަަޑައިގަތުން ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ހޯދައިދިނުމަށްޓަކައި ޕީޕީއެމާ ގުޅިވަޑައިގަތުމަށް ފަހު އޭނާ ބައިވެރިވެވަޑައިގެން ފުރަތަމަ ފަހަރަށް ރޭ ބޭއްވި ބޭއްވި ބައްދަލުވުމަށް ވަޑައިގަތުމުން އިހުސާސްވީ އަމިއްލަ އާއިލާ އިން ފުރުސަތެއް ލިބިވަަޑައިގަތުން ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑަށް ފާހަގަވެގެން ދިޔަ އަޅުގަނޑުމެންގެ އާއިލާގެ ތެރެއަށް ވަދެވުނުކަން،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަމާއި އެހެން ބައެއް މިނިސްޓްރީތައް ވެސް ވަގުތީ ގޮތުން ބެލެހެއްޓެވި ނާޒިމް ވިދާޅުވި އެވެ.
ހުޅުމާލޭގައި ރޭ ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގެން ނާޒިމް ވިދާޅުވީ، އޭނާއަކީ އަބަދުވެސް "ޕީޕީއެމްގެ ލޯބި" ހިތުގައި އޮންނަ ބޭފުޅެއް ކަމަށެވެ. ސިޔާސީ ހަޔާތް ފުރަތަމަ ފެއްޓެވީ ވެސް އެ ޕާޓީންކަން ފާހަގަ ކުރައްވައި، ނާޒިމް ވިދާޅުވީ ދުރުގައި ހުންނެވުމަށް ފަހު އަނެއްކާވެސް ޕީޕީއެމް/ޕީއެންސީގެ "ލަޝްކަރާ" ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމުގެ ފުރުސަތު ފަހިވުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
"ހާއްސަކޮށް ދެވަނަ ބުރުގައި އަޅުގަނޑުމެންނާ ގުޅުމަށް ދައުވަތު ދެއްވި ކަމަށްޓަކައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށާއި އެ ޓީމަށް އަދިވެސް އެއްފަހަރު އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މަރުހަބާ ދަންނަވަން،" ނާޒިމް ވިދާޅުވި އެވެ.
ޑރ. މުއިއްޒަށް ވެރިކަން ހޯދައި ދިނުމަށް ޕީޕީއެމާ އެކު މިއަދު ކޯލިޝަން ހެދި އެމްއެންޕީގެ ރައީސް ނާޒިމާއި އެ ޕާޓީގެ ނައިބު ރައީސް އުޝާމް މިރޭގެ ބައްދަލުވުމުގައި.---ފޮޓޯ: ޕީޕީއެމް
އޭނާ ވިދާޅުވީ، ޕީޕީއެމް/ޕީއެންސީން އެމްއެންޕީ އަށް ކުރި އިތުބާރަކީ އެމްއެންޕީން ވަރަށް ބޮޑަށް އިހުތިރާމް ކުރާ ކަމެއް ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާނުން 1،907 ވޯޓު ލިބިވަޑައިގެންނެވި ނާޒިމް ވިދާޅުވީ، އޭނާގެ މެނިފެސްޓޯ އާއި މުއިއްޒުގެ މެނިފެސްޓޯގައި ހުރީ ދާދި އެއް ކަހަލަ ކަންތައްތައް ކަމަށެވެ. އެހެންވެ، ޕީޕީއެމް/ޕީއެންސީއާ އެކު މަސައްކަަތް ކުރަން އެމްއެންޕީ އަށް ވަރަށް ފަސޭހަ ކަމަށް ވިދާޅުވި އެވެ. ވިދާޅުވީ، އެމްއެންޕީން ވެސް ރިޔާސީ އިންތިހާބުގައި މަސައްކަތްކުރީ ގައުމު އިސްކޮށްގެން ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ވެސް ޝިއާރަކީ އެއީ ކަމަށެވެ.
"އަޅުގަނޑަށް ވަރަށް ފަސޭހަ ތިޔަބޭފުޅުންނާ އެކީގައި މަސައްކަތް ކުރަން. އަޅުގަނޑު މި އައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކުރަން. އަޅުގަނޑުމެންނަށް ބަލިކުރެވޭނެ. މި ތަނުގެ މި ލަޝްކަރަށް ބަލާލީމާ އަޅުގަނޑުގެ ހިތުގައި ޝައްކެއް ނުއުފެދޭ،" ނާޒިމް ވިދާޅުވި އެވެ.
ހުޅުމާލޭގައި މިރޭ ބޭއްވި ޑރ. މުއިއްޒުގެ ކެމްޕެއިން ބައްދަލުވުމަށް ދިޔަ ބައެއް މީހުން.---ފޮޓޯ: ޕީޕީއެމް
އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމާ އެކު ކޯލިޝަން ހަދައިގެން މަސައްކަތް ފެއްޓެވީ ގައުމަށްޓަކަ އެވެ. ދިވެހިންނަށް ގެއްލިފައިވާ ކަންކަން ހާސިލް ކޮށްދިނުމަށް ކަމަށް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ، މިއަދު ދިވެހިންގެ ހާލަތަކީ އަމިއްލަ އަށް ކަންކަމާ ބަސް ބުނުމުގެ ފުރުސަތު ގެއްލި އަޅުވެތިވެފައި ކަމަށެވެ. އިގްތިސާދީ ގޮތުން ބަލައިފި ނަމަ ދިވެހިން ތިބީ ބަޔަކަށް ބަރޯސާ ވެފައި ކަމަށް ވިދާޅުވި އެވެ. ސިއްހީ އެހީތެރިކަމަށް ބަލާއިރު ވެސް އޭނާ ވިދާޅުވި ގޮތުގައި ދިވެހިން ތިބީ އެހެން ބައެއްގެ އެހީތެރިކަމާ ނުލައި ނޫޅެވޭ ހިސާބުގަ އެވެ.
"އަޅުގަނޑުމެންގެ ބޯހިޔާވަހިކަމެއް ނެތް. އަޅުގަނޑުމެންގެ ޒުވާނުން ތިބީ މަގުމަތިވެފައި. [ޑރ. މުއިއްޒުގެ] މެނިފެސްޓޯ އަށް ބަލާލީމާ ގިނަ ކަންކަން ހާސިލް ކުރެވޭ،" ނާޒިމް ވިދާޅުވި އެވެ.
ޕީޕީއެމަށް ތައުރީފު ކުރައްވައި ނާޒިމް ވިދާޅުވީ، އެ ޕާޓީގެ ފަސް އަހަރުގެ ސަރުކާރުގައި ރާއްޖެ އަށް ތަރައްގީ ގެނައި ކަމަށެވެ. ވިދާޅުވީ މުއިއްޒުގެ ސަރުކާރެއްގައި ހުޅުމާލެ 1 އާއި 2 ވެސް އިތުރަށް ތަރައްގީ ކުރާނެ ކަމަށެވެ.
ޕީޕީއެމާ އެކު ކުރިއަށް ދާން އެމްއެންޕީން ނިންމައިފި
ބޭނުންވަނީ ދުވެލި ހަލުވިކޮށް ނަތީޖާ ނެރެން: ރައީސް
އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ/އެމްއެންޕީ ވާދަކުރަނީ
ފްރޭމްކުރި މައްސަލަ މާޒީކޮށް އިސްކުރީ މުސްތަގުބަލު
ޕީޕީއެމް-އެމްްއެންޕީން ކޯލިޝަން އެއްބަސްވުމަކަށް
ޕާޓީތަކުން ކެމްޕެއިން ވަރުގަދަކުރަނީ
ޔާމީން ބޭނުންވީ ރިވިއު އަށް ފުރުސަތު ހޯދަން
މުއިއްޒަށް ފުރުސަތު ލިބުނީ ޔާމީން ދެއްވައިގެން ނޫން
ޕީޕީއެމް/ޕީއެންސީ ޕްރައިމަރީއަށް އެމްޑީއޭއާއި އެމްއެންޕީ
ބައިއެޅުން ނެތަސް އެންމެންގެ ޝާމިލްވުން އޮންނާނެ