15 އޯގަސްޓް 2023
ގަލޮޅު ދަނޑުގެ ސިޑިބަރީގައި ގިނަ ބައެއްގެ މެދުގައި، އިބްރާހިމް ރަޝީދު މިއަދު އިނީ ވަރަށް ހަމަޖެހިގެންނެވެ. ދަތި ދިރިއުޅުމުގެ ހާސްކަމުން އޭނާ އާއި އާއިލާއަށް އަރައިގަނެވޭނެ ކަމުގެ އުފާވެރި އިހްސާސުގަ އެވެ. އޭނާގެ ހަޔާތުގައި މިއަދަކީ ހަނދާނުން ފޮހެލަން ދަތި ދުވަހެކެވެ. މާޔޫސްކަން އުއްމީދަށް ބަދަލުވީ އެވެ.
ގަލޮޅު ދަނޑުގެ ސިޑިބަރީގައި ގިނަ ބައެއްގެ މެދުގައި، އިބްރާހިމް ރަޝީދު މިއަދު އިނީ ވަރަށް ހަމަޖެހިގެންނެވެ. ދަތި ދިރިއުޅުމުގެ ހާސްކަމުން އޭނާ އާއި އާއިލާއަށް އަރައިގަނެވޭނެ ކަމުގެ އުފާވެރި އިހްސާސުގަ އެވެ. އޭނާގެ ހަޔާތުގައި މިއަދަކީ ހަނދާނުން ފޮހެލަން ދަތި ދުވަހެކެވެ. މާޔޫސްކަން އުއްމީދަށް ބަދަލުވީ އެވެ.
"މިއީ ހަމަ އެންމެ އުފާވެރި އެއް ދުވަސް،" އިބްރާހިމް ރަޝީދު ބުންޏެވެ.
ވޭތުވެދިޔަ 45 އަހަރުން ފެށިގެން އޭނާގެ އާއިލާ ދިރިއުޅެމުން އައި ދަތިކަމަށް ނިމުން އަންނާނެ ކަމުގެ އުއްމީދު އާވީ އެވެ. މާލޭގެ ރައްޔިތެއް ވިޔަސް ދިރިއުޅޭނެ ތަންކޮޅެއް ނެތި ކުއްޔަށް އުޅެމުން އަންނަތާ އުމުރުން ވީހާ ދުވަހެކެވެ. މިއަދު އޭނާއަށް އޮތީ ބިންވެރިއަކަށް ވުމުގެ ހިތްހަމަޖެހުމެވެ.
ބައްޕަގެ ގޯތި 10 ކުދިންނަށް ބަހައިލީމަ މީހަކަށް ލިބެނީ 44 އަކަ ފޫޓު. އެހެންވެ ދިރިއުޅެމުން މި އަންނަނީ ކުދިކުދި ތަންތަން ކޮޅުގައި. ވަރަށް އިންތިޒާރު ކޮށްފިން މި ދުވަހަށް.
މި ސަރުކާރުން ހުޅުވާލި ބިންވެރިޔާ ސްކީމުގެ ތެރެއިން އޭނާއަށް ބިމެއް ލިބޭނެކަން ޔަގީންވީ އެވެ.
"ބައްޕަގެ ގޯތި 10 ކުދިންނަށް ބަހައިލީމަ މީހަކަށް ލިބެނީ 44 އަކަފޫޓު. އެހެންވެ ދިރިއުޅެމުން މި އަންނަނީ ކުދިކުދި ތަންތަން ކޮޅުގައި... ވަރަށް އިންތިޒާރު ކޮށްފިން މި ދުވަހަށް،" އިބްރާހިމް ބުންޏެވެ.
ގޯތި ލިބޭ ތަން ކަނޑައެޅުމުގެ ގުރުއަތު ނަގަން ގަލޮޅު ދަނޑުގައި ގިނަ ބަޔަކު މަޑުކޮށްލައިގެން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މެންދުރުގެ އެންމެ ހޫނު ވަގުތު ގަލޮޅު ދަނޑު ފުރާލާފައި މިއަދު ތިބި އެންމެންގެ މޫނުމަތިން ވެސް ފެނިގެން ދިޔައީ ރަނގަޅު ދިރިއުޅުމަކަށް ކުރާ އުއްމީދު އާވެފައި ތިބި މަންޒަރެވެ. ކެތްތެރިކަމާއެކު އެންމެން ވެސް އިންތިޒާރުގައި ނަސީބު ހުރި ގޮތެއް ބެލުމަށެވެ. ގޯތި ދޫކުރަން ނިންމީ ހުޅުމާލެ އާއި ގުޅީފަޅު އަދި ގިރާވަރުފަޅު ކަމަށް ވާއިރު އެންމެ ބޭނުންވާ ތަނުން ނެގޭތޯ ދުއާކޮށްލަކޮށްލަ އެވެ.
މާލެ ސަރަހައްދުން ދޫ ކުރާ ގޯތީގެ ގުރުގައި ބައިވެރިވި މީހުން ގަލޮޅު ދަނޑަށް ވަންނަނީ.-- ފޮޓޯތައް: ފަޔާޒް މޫސާ /މިހާރު
ގުރުއަތު ނަގަން މިއަދު ޖަމާވެފައި ތިބީ، މާލޭގެ ރައްޔިތަކަށް ވެ ހުރެ ބިންކޮޅެއް ނުލިބޭތާ އެތައް އަހަރެއްވީ މީހުންނެވެ. ދަރިންގެ ދަރިން ވެސް ބަހަން ޖެހިފައި އޮތީ ބައި ގަރުނު ކުރިން މާލެއިން ދޫކުރި ގޯތިތަކެކެވެ.
ގޯތި ލިބޭނީ ހުޅުމާލެ އިން ކަން ޔަގީންވި ބައެއް މީހުން އެތަނުގައި އުފަލުން ފޮޅުނު މަންޒަރު ފެނުނެވެ. ތިންބެއިން ހަތަރު ބެއިން ނުވަތަ އެއަށް ވުރެން ގިނަ މީހުންނަށް އެކުގައި ގޯތި ލިބޭތަން ކަށަވަރުވުމުން، އެތަނުގެ ތެރޭގައި ވެސް ބޭއިހްތިޔާރުގައި އިހްސާސްތައް ބަންޑުންކޮށްލެވެނީ އެވެ.
"ފްލެޓަކީ އަސްލު ހައްގު ވަރެއް ނޫން. ދަރިންގެ ދަރިންނަށް އެޅޭ ބޮޑު ދަރަންޏެއް. ގޯތި ލިބުނީމަ ތަން ހެދި ކުދިންނަށް ވެސް ތަނަވަސް ކަން ލިބި މަންފާ ކުރާނެ އަންނަން އޮތް ޖީލުތަކަށް،" އިބްރާހިމް ރަޝީދު ބުންޏެވެ.
ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށް ދަނޑުގައި ކުރިޔަށް ދިޔަ ގުރުލުމުގައި ބައިވެރިވި ބައެއް މީހުން ބުނި ގޮތުގައި އެ މީހުންނަށް ކޮންމެ ތަނަކުން ގޯތި ލިބުނަސް އެންމެ ރަނގަޅެވެ.
މާލެ ސަރަހައްދުން ދޫ ކުރާ ގޯތީގެ ގުރުގައި ބައިވެރިވި މީހަކު ޕޮލްޓް ނަންބަރު ޖަހާފައިވާ ކަރުދާސްކޮޅު ބަކެޓުން ނަގަނީ.-- ފޮޓޯތައް: ފަޔާޒް މޫސާ | މިހާރު
ބޭނުން ވަނީ ދިރިއުޅުން އަމިއްލަ އަށް ބިނާ ކުރާނެ ތަންކޮޅެއް ކަމަށާއި މިހާރު އޮތް ހާލަތަށް ވުރެ ރަނގަޅު ކޮށްލެވޭނެ ކަމުގެ އުންމީދެއް ކަމަށް އެ މީހުން ބުންޏެވެ.
"ދަރިފުޅު އުފަންވީ މާލޭގައި މިހާރު 40 އަހަރު. މިހާ ހިސާބަށް އައިމާ ގޯތި ލިބޭނެ ކަމަށް އުންމީދު ކުރަން. ވަރަށް އުފާވެއްޖެ،" ދަރިފުޅަށް ލިބުނު ގޯތީގެ ގުރު ނަގަން އައި ވަހީދާ ޔޫސުފް ބުންޏެވެ.
އިރާދަކުރެއްވިއްޔާ މި ނިމުނީ. އަޅުގަނޑު 100 ޕަސެންޓު ގަބޫލު ކުރަން މިފަހަރު ގޯތި ލިބޭނެ ކަމަށް. -- ޒުލާލް
އެންމެ ފުރަތަމަ ގުރުނަގަން ފުރުސަތު ލިބުނު އިސްމާއިލް ޒުލާލް ވެސް ބުނި ގޮތުގައި އޭނާ މި ދުވަހުގެ އިންތިޒާރުގައި ހުންނަތާ އަހަރުތަކެއް ވެއްޖެ އެވެ. މިހާތަނަށް ކޮންމެ ސަރުކާރެއް އަޔަސް އުންމީދު ކުރެވެނީ ގޯތި ދިނުމަށް ކަމަށް އޭނާ ބުންޏެވެ.
މާލެ ސަރަހައްދުން ދޫ ކުރާ ގޯތީގެ ގުރުގައި ބައިވެރިވި މީހަކު ގަލޮޅުދަނޑުގައި.-- ފޮޓޯތައް: ފަޔާޒް މޫސާ /މިހާރު
"އިރާދަކުރެއްވިއްޔާ މި ނިމުނީ. އަޅުގަނޑު 100 ޕަސެންޓު ގަބޫލު ކުރަން މިފަހަރު ގޯތި ލިބޭނެ ކަމަށް." ޒުލާލް ވިދާޅުވި އެވެ.
ގުރުއަތު ނަގާ ނިމުމަށް ފަހު ދަނޑުގައި ހަދާފައި ހުރި ޓެންޓުން ނުކުމެގެންދާ ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކަމެވެ. އެއް ބަޔަކު އުފަލުން ރޮވެ އެވެ. ދިގު އިންތިޒާރެއްގެ ނިމުމާ އެކު އާއިލާގެ އެކަކު އަނެކަކާ ބައްދާލާ މަންޒަރެވެ. އެއްބަޔަކަށް ބުނެދޭން ނޭނގޭހާ ހިތްހަމަޖެހުމެވެ.
އިބްރާހިމް ރަޝީދަކީ ވެސް އެ އެންމެންގެ ތެރެއިން އެކަކެވެ.
ހުޅުމާލެ 2 ގެ ހުރިހާ ގޯއްޗެއް ހަވާލުކޮށްފި
ގޯތި ދޫކުރަން ގުރު ނެގުން އޮންނާނީ ގަލޮޅު ދަނޑުގައި
ގޯތި ލިސްޓަށް 800 އެއްހާ ޝަކުވާ ހުށަހެޅި: އަކްރަމް
ހުޅުމާލޭގައި ހަދާ ބައެއް ފްލެޓްތައް މެއި މަހަށް ނިމޭނެ
ގެދޮރުގެމައްސަލަ ހައްލުނުވަނީ އަތޮޅުތެރެ ތަރައްގީ ނުވާތީ
މާލޭ މީހުންނަށް ހިލޭ ގޯތި ދޭ މައްސަލަ މަޖިލީހަށް
މާލޭ ރަށްވެހިން ކަމަށް ބަލާ މިންގަނޑާ ގުޅިގެން ކޯޓަށް
ހިޔާ މަޝްރޫއުން މާލޭ ރައްޔިތުންނަށް ފްލެޓް އިތުރުކޮށްފި
ގޯތި ލިބުނު ފަހުން މަރުވި މީހުންގެ ބިން ވާރިސުންނަށް
ހުޅުމާލެ 2 އިން 538 ގޯތި ހަވާލުކޮށްފި