Roadha Mihaaru
މެޕްސްއިން ކެރިއާ ގައިޑެންސް ދެނީ

އޯލެވެލް ނިންމި ދަރިވަރުންނަށް މެޕްސްއިން ކެރިއާ ގައިޑެންސް ދެނީ

15 އޯގަސްޓް 2023

މި އަހަރު އޯ ލެވެލް ނިންމި ދަރިވަރުންނަށް މެޕްސް ކޮލެޖުން ކެރިއާ ގައިޑެންސް ސެޝަންތަކެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މި އަހަރު އޯ ލެވެލް ނިންމި ދަރިވަރުންނަށް މެޕްސް ކޮލެޖުން ކެރިއާ ގައިޑެންސް ސެޝަންތަކެއް ފަށައިފި އެވެ.

މި ސެޝަންތަކަކީ ވަން އޮން ވަން ސެޝަންތަކެއް ކަމަށް އެ ކޮލެޖުން ބުންޏެވެ. މި އަހަރު އޯލެވެލް ނިންމި ދަރިވަރުންގެ ނަތީޖާ މާދަމާ ނުކުންނަ އިރު، ނަތީޖާއަށް ބަލައި ކުރިއަށް ދާންވީ މަގު ހިޔާރުކުރުމުގައި މި ސެޝަންތައް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.

މި ސެޝަންތަކުގައި އެ ކޮލެޖުގައި ހުރި ފުރުސަތުތަކާއި، މަތީ ތައުލީމީ ހަޔާތް ބިނާ ކުރަންވީ ގޮތާއި ވަކި ދާއިރާއަކުން ކުރިއަށް ދިއުމަށް ކިޔަވަންވީ ކޯސްތަކުގެ މައުލޫމާތު ވެސް އެ ސެޝަންތަކުގައި ދޭނެ އެވެ.

މެޕްސް ކޮލެޖުން ބުނީ އޯލެވެލްގެ ނަތީޖާ ލިބޭ ދަރިވަރުންނަށް އެ ކޮލެޖުން މިހާރު ފުރުސަތު ހުޅުވާލާފައިވާ އެޑްވާންސްޑް ސެޓްފިކެޓް ކޯސްތަކަކީ މަތީ ތައުލީމުން ކުރިއަށް ދިއުމަށް އެޅޭނެ ރަނގަޅު ބިންގަލެއް ކަމަށެވެ. އެޑްވާންސްޑް ސެޓްފިކެޓުގެ އެކި ދާއިރާތަކާއި ގުޅޭ ކޯސްތައް މެޕްސް ކޮލެޖުން ކިޔެވޭނެ އެވެ. މި ކޯހަކީ 12 މަސް ދުވަހުގެ ކޯހެކެވެ.

މެޕްސް ކޮލެޖުން ބުނީ އެ ކޮލެޖުގެ އެޑްވާންސްޑް ސެޓްފިކެޓު ނިންމުމަށް ފަހު ޑިގްރީ ޕްރޮގުރާމު ފެށޭނެ ކަމަށެވެ. އަދި އެ ކޮލެޖުގެ ޑިގްރީ ޕްރޮގުރާމަކީ ވެސް ސަރުކާރުގެ "ބެޗްލާ ޑިގްރީ ގްރާންޓު" ސްކީމުގެ ދަށުން ކިޔެވޭނެ ޕްރޮގުރާމުތަކެއްކަން ފާހަގަކުރެ އެވެ.

މެޕްސް ކޮލެޖުން ކެރިއާ ގައިޑެންސް ސެޝަން ނެގުމަށް ބޭނުންވާ ދަރިވަރުންނަށް އެ ކޮލެޖުގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.