13 ސެޕްޓެމްބަރ 2023
މެޕްސް ކޮލެޖުގައި ހިންގާ ޔުނިވާސިޓީ އޮފް ބެޑްފޮޑްޝަޔަގެ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހުގެ ނޮވެމްބަރު މަހުގެ އިންޓޭކަށް ފުރުސަތު ހުޅުވާލައިފި އެވެ.
މެޕްސް ކޮލެޖުގައި ހިންގާ ޔުނިވާސިޓީ އޮފް ބެޑްފޮޑްޝަޔަގެ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހުގެ ނޮވެމްބަރު މަހުގެ އިންޓޭކަށް ފުރުސަތު ހުޅުވާލައިފި އެވެ.
މި ކޯހަކީ ތިން ދާއިރާއަކަށް ހާއްސަކޮށް ތިން ދާއިރާއަކުން އެމްބީއޭ އަށް ކިޔެވުމުގެ ފުރުސަތު ދޭ ކޯހެކެވެ. މި ކޯހުގެ ދާއިރާތަކަކީ ީއެމްބީއޭ ޖެނެރަލް، އެމްބީއޭ ފައިނޭންސް އަދި އެމްބީއޭ ހޮސްޕިޓަލް އެންޑް ހެލްތު ސާވިސަސް މެނޭޖްމަންޓެވެ.
މެޕްސް ކޮލެޖުން ބުނި ގޮތުގައި އެމްބީއޭ ފައިނޭންސް ކޯހަކީ، ފައިނޭންޝަލް މެނޭޖްމަންޓް ދާއިރާގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ދަރިވަރުންގެ ހުނަރު އިތުރަށް ތަރައްގީކޮށް އެ ކުދިންގެ ކުރިމަގު ބައްޓަން ކުރުމަށް އެހީވެދެނޭ ކޯހެކެވެ. އަދި އެމްބީއޭ ހޮސްޕިޓަލް އެންޑް ހެލްތު ސާވިސަސް މެނޭޖްމަންޓް ކޯހަކީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން މެނޭޖްމަންޓް ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކޯހެއްކަން އެ ކޮލެޖުން ފާހަގަ ކުރެ އެވެ.
މެޕްސް ކޮލެޖުން ބުނީ މި ކޯހުގައި ކިޔަވައިދެއްވާ ލެކްޗަރުންނަކީ ކަމުގެ ތަޖުރިބާހުރި ކޮލިޓީ ލެކްޗަރާއިން ކަމަށެވެ.
މި ކޯހުގައި ބައިވެރިވެވޭނީ އެމްކިއުއޭއިން ގަބޫލުކުރާ ފެންވަރުގެ ބެޗެލާސް ޑިގްރީ ނުވަތަ ލެވެލް 7ގެ ސަނަދު އޮތް ފަރާތްތަކަށެވެ. އަދި ލެވެލް 5 ނުވަތަ ލެވެލް 6ގެ ސަނަދު އޮތް ފަރާތްތަކަށް ވެސް ވަކި މުއްދަތެއްގެ މަސައްކަތުގެ ތަޖުރިބާ ހުރި ނަމަ މެޕްސް ކޮލެޖުގެ ޕްރީ މާސްޓާސް ޕްރޮގްރާމް ފުރިހަމަކުރުމަށް ފަހު މި ކޯހުގައި ބައިވެރިވެވޭނެ އެވެ.
މި ކޯހަކީ އެއް އަހަރު ދުވަހުގެ ކޯހެކެވެ. ކޯސް ކުރިއަށް ދާނީ މެޕްސް ކޮލެޖުގަ އެވެ. މި ކޯހުގެ ކްލާސްތައް އާއްމުކޮށް އޮންނާނީ ހޮނިހިރު ދުވަހު ހެނދުނު 9 އިން އިރުއޮއްސި 6 އަށް އަދި އާދީއްތަ ދުވަހު ހަވީރު 5:30 އިން ރޭގަނޑު 10އަށެވެ.
މި ކޯހަކީ 78،000ރ. ގެ ކޯހެކެވެ. މި ކޯހުގެ ފީ އިންސްޓޯލްމަންޓު އުސޫލުން 15 މަހަށް ބަހާލައިގެން ކޮންމެ މަހަކު 5،200ރ. ދެއްކޭނެ އެވެ.
މި ކޯހުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ. މި ކޯހަށް އެޕްލައިކުރެވޭނީ އަންނަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
މެޕްސް ކޮލެޖުގެ މާސްޓާސް ކޯސްތަކަށް ހުޅުވާލައިފި
އައިޓީ ކޯހުގެ އެޑްވާންސް ސެޓްފިކެޓް މެޕްސްގައި
މެޕްސް ކޮލެޖުގެ ބެޗްލާސް ޑިގްރީ ކޯސްތަކަށް ހުޅުވާލައިފި
މެޕްސް ކޮލެޖުން ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
މެޕްސްއިން ކެރިއާ ގައިޑެންސް ދެނީ
މެޕްސްގެ އައިޓީ ކޯހުގެ މުއްދަތު ހަމަވަނީ
މެޕްސް ކޮލެޖުގައި ޕްރޮކިއުމަންޓް ޑިގްރީ ޕްރޮގްރާމެއް
އެކައުންޓިން ޑިގްރީގެ ފުރުސަތު މެޕްސް ކޮލެޖުގައި
މެޕްސްގެ އޮންލައިން އިންޓޭކަށް ބައިވެރިވުމުގެ ފުރުސަތު
މާޗު 2: މެޕްސް ކޮލެޖުގެ އެމްބީއޭގެ ފަހު ފުރުސަތު