Roadha Mihaaru
މެޕްސް ކޮލެޖުގެ މާސްޓާސް ކޯސްތަކަށް ހުޅުވާލައިފި

މެޕްސް ކޮލެޖުގެ މާސްޓާސް ކޯސްތަކަށް ހުޅުވާލައިފި

06 ފެބުރުއަރީ 2024

މެޕްސް ކޮލެޖުގައި ހިންގާ ޔުނިވާސިޓީ އޮފް ބެޑްފޮޑްޝަޔަގެ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މެޕްސް ކޮލެޖުގައި ހިންގާ ޔުނިވާސިޓީ އޮފް ބެޑްފޮޑްޝަޔަގެ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ތިން ދާއިރާއަކަށް ހާއްސަކޮށްފައިވާ މި ކޯހުން އެމްބީއޭ އަށް ކިޔެވުމުގެ ފުރުސަތު ލިބެ އެވެ. މި ކޯހުގެ ދާއިރާތަކަކީ އެމްބީއޭ ޖެނެރަލް، އެމްބީއޭ ފައިނޭންސް އަދި އެމްބީއޭ ހޮސްޕިޓަލް އެންޑް ހެލްތު ސާވިސަސް މެނޭޖްމަންޓެވެ.

މެޕްސް ކޮލެޖުން ބުނި ގޮތުގައި އެމްބީއޭ ފައިނޭންސް ކޯހަކީ، ފައިނޭންޝަލް މެނޭޖްމަންޓް ދާއިރާގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ދަރިވަރުންގެ ހުނަރު އިތުރަށް ތަރައްގީކޮށް އެ ކުދިންގެ ކުރިމަގު ބައްޓަން ކުރުމަށް އެހީވެދެނޭ ކޯހެކެވެ. އަދި އެމްބީއޭ ހޮސްޕިޓަލް އެންޑް ހެލްތު ސާވިސަސް މެނޭޖްމަންޓް ކޯހަކީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން މެނޭޖްމަންޓް ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކޯހެއްކަން އެ ކޮލެޖުން ފާހަގަ ކުރެ އެވެ.

މެޕްސް ކޮލެޖުގެ ޕޯސްޓެއް.

މި ކޯހުގައި ބައިވެރިވެވޭނީ އެމްކިއުއޭއިން ގަބޫލުކުރާ ފެންވަރުގެ ބެޗެލާސް ޑިގްރީ ނުވަތަ ލެވެލް 7ގެ ސަނަދު އޮތް ފަރާތްތަކަށެވެ. އަދި ބެޗެލާސް ޑިގްރީއެއް ނެތް ދަރިވަރުންގެ ތެރެއިން އެމްކިއުއޭއިން ގަބޫލުކުރާ ޑިޕްލޮމާ އަދި އެޑްވާންސްޑް ޑިޕްލޮމާ ލެވެލްގެ ސެޓްފިކެޓަކާ އެކު މަސައްކަތުގެ ތަޖުރިބާގެ އަލީގައި ވެސް މި ކޯހުގައި ބައިވެރިވެވޭނެ އެވެ.

މެޕްސް ކޮލެޖުގެ މާސްޓާސް ކޯސްތަކަކީ އެމްކިއުއޭއިން ގަބޫލުކުރާ، 12 މަސް ދުވަހުގެ ކޯސްތަކެކެވެ.

މެޕްސް ކޮލެޖުގެ މާސްޓާސް ކޯސްތަކަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޔުނިވަސިޓީ އޮފް ބެޑްފޮޑްޝަޔަގެ ކޯސްތަކަކީ މީގެ ހަ އަހަރު ކުރިން މެޕްސް ކޮލެޖަށް ތައާރަފް ކުރި، ދުނިޔޭގެ އެކި ގައުމުތަކުގައި މަގުބޫލު، ބައިނަލްއަގުވާމީ ފެންވަރުގެ ކޯސްތަކެކެވެ. މެޕްސް ކޮލެޖުން ބުނި ގޮތުގައި އެ ކޮލެޖުން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ތިބެގެން ދިވެހި ދަރިވަރުންނަށް ބައިނަލްއަގުވާމީ ފެންވަރުގެ ތައުލީމު ހޯދޭނެ މަގުފަހިކޮށްދީ، ފެންވަރު ރަނގަޅު ތައުލީމީ ބަޔަކު ބިނާކުރުން ކަމަށެވެ. މެޕްސް ކޮލެޖުން ރާއްޖޭގައި މަތީ ތައުލީމަށް ކިޔަވާ ދޭތާ 24 އަހަރު ވަނީ ފުރިފަ އެވެ.

MAPS College

MAPS College

Mapping Your Path to Success

MAPS College

މެޕްސް ކޮލެޖުގެ ވެބްސައިޓު.

މެޕްސް ކޮލެޖާ ގުޅޭ މައުލޫމާތު އެ ކޮލެޖުގެ ވެބްސައިޓާއި ކޮލެޖުގެ ނަމްބަރު 3314621އިން ލިބޭނެ އެވެ.