Roadha Mihaaru
އޯލެވެލްގެ ނަތީޖާ ދޫކުރަން ފަށައިފި

އޯލެވެލްގެ ނަތީޖާ ދޫކުރަން ފަށައިފި

16 އޯގަސްޓް 2023

މިދިޔަ މެއި/ޖޫން މަހު ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން މިއަދު ދޫކުރަން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިދިޔަ މެއި/ޖޫން މަހު ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން މިއަދު ދޫކުރަން ފަށައިފި އެވެ.

އެ ޑިޕާޓްމަންޓުން ބުނީ އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ހެނދުނު 9:00 ގައި އަދި އައިޖީސީއެސްއީ އިމްތިހާނުގެ ނަތީޖާ 10:00 ގައި ސެންޓަރުތަކަށް ފޮނުވާނެ ކަމަށެވެ.

ސްކޫލުތަކުން އިމްތިހާނު ހެދި ދަރިވަރުންނަށް މިހާރު ނަތީޖާ ދޫކުރަމުންދާނެ ކަމަށާއި އަމިއްލަ ގޮތުން އިމްތިހާނު ހެދި ދަރިވަރުންނަށް މެންދުރު 12:00 އިން ފެށިގެން ނަތީޖާ ދޫކުރަމުން ދާނެ ކަމަށް ވެސް ބުންޏެވެ.

އިމްތިހާނުގެ ނަތީޖާ ރީޗެކްކުރަން ބޭނުންވާ ދަރިވަރުންނަށް މާދަމާ އިން ފެށިގެން މި މަހުގެ ނިޔަލަށް އެ އިމްތިހާނު ހެދި ސެންޓަރަށް ހުށަހަޅައިގެން އެކަން ހަމަޖައްސަން ޑީޕީއީއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އޯލެވެލް އިމްތިހާނުގައި މި އަހަރު 6،106 ދަރިވަރުން ބައިވެރިވި އެވެ.