Roadha Mihaaru
މުއިއްޒު، ޔާމީނަށް ދެރަގޮތެއް ނުހައްދަވާނެ: އަދުރޭ

މުއިއްޒު، ޔާމީނަށް ދެރަގޮތެއް ނުހައްދަވާނެ: އަދުރޭ

16 އޯގަސްޓް 2023

ސިޔާސީ ބޭނުމަށް ބައެއް ލީޑަރުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ދެރަ ދިނުމުގެ ސަގާފަތެއް އޮތަސް، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެއްވެސް ދެރައެއް ނުދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ދ. ކުޑަހުވަދޫން އިފްރާޒް އަލީ

ސިޔާސީ ބޭނުމަށް ބައެއް ލީޑަރުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ދެރަ ދިނުމުގެ ސަގާފަތެއް އޮތަސް، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެއްވެސް ދެރައެއް ނުދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒުގެ ރިޔާސީ ކެމްޕެއިނަށް ދ. ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ މުއިއްޒުގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ، ރިޝްވަތާ މަނީލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން މިނިވަންކުރުން ކަމަށެވެ. މުއިއްޒުގެ ވެރިކަން ހިނގާނީ ވެސް ޔާމީންގެ އިރުޝާދާއި ލަފާގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވި ގޮތުގައި، މުއިއްޒާއި ޔާމީނާ ދެމެދު "ދޭތެރެ ޖެއްސުމަށް" އެ ބޭފުޅުންނާ އިދިކޮޅު ފަރާތްތަކުން ތަފާތު ވާހަކަތައް ދައްކަ އެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިނަށް ދ. ކުޑަހުވަދޫގައި ބޭޭއްވި ޖަލްސާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިނަށް ދ. ކުޑަހުވަދޫގައި ބޭޭއްވި ޖަލްސާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"އެއްވެސް ގޮތަކަށް ދޭތެރެ ޖައްސާކަށް އަންނި ބުނާނެ ކަމެއް ނެތް އިބޫ ތިމަންނައަށް ހެދި ގޮތް، މުއިއްޒު ޔާމީނަށް ހަދާނެއޭ،" އޭނާ ވިދާޅުވި އެވެ.

"ނަހައްދަވާނެ. އެ ޔަގީންކަން އެބައޮތް."

މުއިއްޒަކީ މާ އިހުލާސްތެރި ބޭފުޅެއް ކަން ސާބިތުކޮށްދެއްވާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މ، ފ، ދ އަދި ވ. އަތޮޅުގެ ރަށްތަކަށް މުއިއްޒު މިއަދު ފެއްޓެވި ދަތުރުގައި އެންމެ ފުރަތަމަ ވަޑައިގަތީ ދ. ކުޑަހުވަދު އަށެވެ. މުއިއްޒުގެ މި ދަތުރުގައި މާދަމާ ވަޑައިގަންނަވާނީ މި އަތޮޅު މާއެނބޫދު އާއި ހުޅުދެއްޔާއި މީދުއަށެވެ. އަދި ފ. ނިލަންދު އަށް ވެސް މާދަމާ ވަޑައިގަންނަވާނެ އެވެ.