Roadha Mihaaru
މުލަކުގެ ޕީޕީއެމް ސަޕޯޓަރުންނަށް މިފަހަރުވެސް ޔަގީންކަން

މުލަކުގެ ޕީޕީއެމް ސަޕޯޓަރުންނަށް މިފަހަރުވެސް ޔަގީންކަން

18 އޯގަސްޓް 2023

މ. މުލަކުގެ ބަނދަރު ސަރަހައްދުން އެއް އަޑަކަށް އިވުނީ "ޑރ. މުއިއްޒު އެއްބުރުން" ކިޔާ އަޑެވެ. އެއީ، އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބީ ހޯއްދަވާނެ ކަމުގެ ޔަގީންކަން މި ރަށުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް އޮތުމުންނެވެ.

އިފްރާޒް އަލީ މ. މުލަކުން އިފްރާޒް އަލީ

މ. މުލަކުގެ ބަނދަރު ސަރަހައްދުން އެއް އަޑަކަށް އިވުނީ "ޑރ. މުއިއްޒު އެއްބުރުން" ކިޔާ އަޑެވެ. އެއީ، އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބީ ހޯއްދަވާނެ ކަމުގެ ޔަގީންކަން މި ރަށުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް އޮތުމުންނެވެ.

ރަށުގެ ޖެޓީ ކައިރިން ފެށިގެން ކޮޅާއިކޮޅު ނުފެންނަ ހިސާބަށް، މުއިއްޒުގެ ސަޕޯޓަރުން އޭނާ އަށް މަރުހަބާ ކިޔުމަށް ދިގު ސަފަކަށް އެތުރިލައިގެން ތިއްބެވެ. ރަށުގެ ކުޑަކުދިންނާއި ޒުވާނުން އަދި ދޮށީ އުމުރުގެ ގިނަ ބަޔަކު ވެސް ތިއްބެވެ.

އެ ސަފުގައި ހުރި މީހަކު ބުނި ގޮތުގައި، މި ރަށުން މިތަނަށް މިއަދު ނުނިކުންނަ އެކަކު ވެސް ނެތެވެ. ރަށު އެންމެ މި ތިބީ މުއިއްޒަށް މަރުހަބާ ކިޔަން ސަފަށް އަރަ އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ކިޔުމަށް މ. މުލަކުގެ ބަނދަރު މަތީގައި ތިބި އޭނާގެ ސަޕޯޓަރުންތަކަކާ އެކު ސެލްފީއެއް ނަންގަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ކިޔުމަށް މ. މުލަކުގެ ބަނދަރު މަތީގައި ތިބި އޭނާގެ ސަޕޯޓަރުންތަކަކާ އެކު ސެލްފީއެއް ނަންގަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މުއިއްޒުގެ މި ކެމްޕެއިން ދަތުރުގައި ފ. ނިލަންދު އަށް ފަހު، އޭނާ އަށް އެންމެ ހޫނު މަރުހަބާއެއް ކީ ރަށަކަށް ވެސް ވާނީ މުލަކެވެ. ޕީޕީއެމްގެ ބޮޑު ތާއީދެއް އޮންނަ ނިލަންދު އަށް ވުރެ ވެސް މުލަކުން ނުކުތް މީހުން މާ ގިނަހެން ހީވި އެވެ. މި ރަށުގައި މާ ފޯރި ވެސް ގަދަ އެވެ.

މުއިއްޒު އާންމުންނާ ސަލާންކުރައްވަމުން ގެންދެވިއިރު، އެ ތަނުގައި ތިބި އޭނާގެ ސަޕޯޓަރުން ދިޔައީ އެ މީހުންގެ ހިތުގައި މުއިއްޒަށް އޮތް ލޯތްބާއި އިތުބާރުގެ ޝުއޫރުތައް ވެސް ފާޅުކުރަމުންނެވެ.

"ރާއްޖެ ބޭނުންވާ ތަރައްގީ 'ސުލޯ ނުވެ' ހަލުވި ސްޕީޑުގައި ގެންނާނީ މުއިއްޒު،" އެކަކު ބުންޏެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ކިޔުމަށް މ. މުލަކުގައި ތިބި އޭނާގެ ސަޕޯޓަރުން ބަނދަރު ސަރަހައްދުގައި ސަފަކަށް އެތުރިލައިގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ކިޔުމަށް މ. މުލަކުގައި ތިބި އޭނާގެ ސަޕޯޓަރުން ބަނދަރު ސަރަހައްދުގައި ސަފަކަށް އެތުރިލައިގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މުލަކަކީ އަބަދުވެސް ޕީޕީއެމަށް ތާއިދު ބޮޑު ރަށެކެވެ. މުލަކު ދާއިރާގެ މަޖިލިސް މެމްބަރުކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވީރުއްސުރެ އެއީ އެ މަނިކުފާނަށް "ވަފާތެރި ސަޕޯޓަރުން" ތިބޭ ރަށެކެވެ. އިންތިހާބުތަކުން ވެސް އެ ނަތީޖާ ދައްކަ އެވެ. އެ ނަތީޖާ ދެން ވެސް ބަދަލު ނުވާނެ ކަމުގެ ޔަގީންކަން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑާޝިޕަށް އެބައޮތެވެ.

މ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުގައި މިއަދު މެންދުރުފަހު މަޑުއްވަރީގައި ބޭއްވި ޖަގަހަ ޖަލްސާގައި، އެ ކޯލިޝަންގެ ހިންގުންތެރިޔާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ދެއްވީ އެ ޔަގީންކަމެވެ.

"ހުރިހާ އަތޮޅަކުން ވެސް މި ފަހަރު އަޅުގަނޑުމެންނަށް މެޖޯރިޓީ ލިބޭއިރު މ. އަތޮޅު އޮންނަން ވާނީ އެންމެ ކުރީ ސަފުގައި. އެއީ ފެށުނީއްސުރެ މިއަދާ ހަމައަށް، އަޅުގަނޑު ސިޔާސީ މަސައްކަތުގައި އުޅެން ފެށިއްސުރެ މިހާތަނަށް މ. އަތޮޅުގެ މެޖޯރިޓީ އަޅުގަނޑުމެންނަށް ނުގެއްލޭ. ރައީސް މައުމޫން އިރުއްސުރެ ފެށިގެން އައިސް، މިއަދާ ހަމައަށް އައިރު،" އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ކިޔުމަށް މ. މުލަކުގެ ބަނދަރުމަތީގައި ތިބި ޒުވާނުންނާ އެކު އޭނާ ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ކިޔުމަށް މ. މުލަކުގެ ބަނދަރުމަތީގައި ތިބި ޒުވާނުންނާ އެކު އޭނާ ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް މުލަކާއި މ. އަތޮޅުން ވެސް އަޣުލަބިއްޔަތު ވޯޓު ލިބުނީ ޕީޕީއެމަށެވެ. އެ އިންތިހާބުގައި ޕީޕީއެމަށް މެޖޯރިޓީ ލިބުނީ ވެސް އެންމެ ދެ އަތޮޅުންނެވެ. އެއީ މ. އަތޮޅާއި ފ. އަތޮޅުންނެވެ.

މުއިއްޒު މުލަކަށް ކުރައްވާ މި ދަތުރުގައި މިރޭ މުލަކުގައި ބޮޑު ޖަލްސާއެއް ބާއްވަން ވަނީ ނިންމައިފަ އެވެ. އެ ޖަލްސާގައި މ. އަތޮޅުގެ އެހެން ރަށްތަކުގައި ތިބި އޭނާގެ ސަޕޯޓަރުން ވެސް ބައިވެރިވާނެ އެވެ.