Roadha Mihaaru
ޓްރާންސިޝަނަލް ކޮމިޓީއަށް އަބްދުއްރަހީމް އައްޔަންކޮށްފި

ޓްރާންސިޝަނަލް ކޮމިޓީގެ އިސްބޭފުޅަކަށް އަބްދުއްރަހީމް އައްޔަންކޮށްފި

05 އޮކްޓޯބަރ 2023

ކުރިއަށް އޮތް ފަސް އަހަރުގެ އާ ރައީސަކަށް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކުރުމާ ގުޅިގެން ވެރިކަމުގެ ބާރުތައް ބަދަލުކުރުމާ ގުޅޭ ކަންކަން ކުރުމަށް ގާނޫނީ ގޮތުން އުފެއްދި ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އައްުޔަންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންތިހާބީ ރައީސް މުއިއްޒުގެ ފަރާތްޕުޅުން ހުށަހެޅުއްވި އަބްދުއްރަހީމް އެ މަގާމަށް އައްޔަން ކުރުމަށް ސީއެސްސީގެ އިދާރާގައި މިއަދު ހެނދުނު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން ޑިރެކްޓަ އޮފް ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސަން ޖެހެނީ އިންތިހާބުވާ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތުގެ މަތިން ސިއެސްސީ އިންނެވެ.

ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އައްޔަންކުރުމަށް ސީއެސްސީގައި ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ސީއެސްސީ

ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އައްޔަންކުރުމަށް ސީއެސްސީގައި ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ސީއެސްސީ

އަބްދުއްރަހީމަކީ ޕީޕީއެމް/ޕީއެންސީ ހިންގުމާ ވެސް ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅާ އެވެ.

ގާނޫނުގައިވާ ގޮތުގެ މަތިން ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަނަލް އަށް ބައެއް ކަންކަން ހަމަޖައްސައިދޭން ޖެހެ އެވެ. އޭގެ ތެރޭގައި އިންތިހާބީ ރައީސްގެ އޮފީހަކާއި އެތަނަށް ބޭނުންވާ ތަކެއްޗާއި މުވައްޒަފުންނާއި އެ މީހުންގެ މުސާރަ އާއި އިނާޔަތްތައް ހިމެނެ އެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި އެކިއެކި ފަންނީ މާހިރުންނާއި އެ މީހުންގެ މުސާރަ އާއި އިނާޔަތްތައް ވެސް ހަމަޖައްސަން ގާނޫނުން ލާޒިމްކުރެ އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން އެންމެ ގިނަ ވެގެން ހަރަދު ކުރެވޭނީ އެއް މިލިއަން ރުފިޔާ އެވެ.

މުއިއްޒުގެ ގެކޮޅު މ. ދިމްޔާތުގައި މިހާރު ވަނީ އިންތިހާބީ ރައީސްގެ އޮފީހެއް ހުޅުވައިފަ އެވެ.

ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އައްޔަންކުރުމަށް ސީއެސްސީގައި ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ސީއެސްސީ

ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އައްޔަންކުރުމަށް ސީއެސްސީގައި ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ސީއެސްސީ

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެ މަނިކުފާނުގެ ފަރާތްޕުޅުން ކޮމިޓީއެއް އުފައްދަވައިފަ އެވެ .އެ ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކްރެޓަރީ ހުސައިން އާމިރު ކަމަށް އެ އޮފީހުން ބުންޏެވެ. ކަންކަން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ޓްރާންސިޝަނަލް ކޮމިޓީގެ މަސައްކަތަށް ވަގުދު ދެއްވުމަށް މުއިއްޒު ވަނީ މާލޭގެ މޭޔަރުގެ ޒިންމާތަކުން ވެސް އިއްޔެ އެއްފަރާތްވެވަޑައިގެންފަ އެވެ.