Roadha Mihaaru
ސަރުކާރުގެ އަނިޔާވެރިކަން ނޫން އެއްޗެއް ނުފެނޭ: ޝިޔާމް

މި ސަރުކާރުގެ ފަރާތުން އަނިޔާވެރިކަން ނޫން އެއްޗެއް ނުފެނޭ: ޝިޔާމް

19 އޯގަސްޓް 2023

މި އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން ސަރުކާރު ނުވަތަ އެމްޑީޕީން ހިންގާ ކެމްޕެއިނުގައި "އުފާވެރި އަމާން ރާއްޖެ" ސްލޮގަން ބޭނުންކުރަމުން ދިޔަޔަސް މި ސަރުކާރުގެ ފަރާތުން އަނިޔާވެރިކަން ނޫން އެއްޗެއް ނުފެންނަ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މި އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން ސަރުކާރު ނުވަތަ އެމްޑީޕީން ހިންގާ ކެމްޕެއިނުގައި "އުފާވެރި އަމާން ރާއްޖެ" ސްލޮގަން ބޭނުންކުރަމުން ދިޔަޔަސް މި ސަރުކާރުގެ ފަރާތުން އަނިޔާވެރިކަން ނޫން އެއްޗެއް ނުފެންނަ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.

ކ. ގުރައިދޫގައި ބޭއްވި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ޝިޔާމް ތުހުމަތު ކުރެއްވި ގޮތުގައި މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވުމުން އިއްވާފައިވަނީ "ހަރާމް" ހުކުމެކެވެ. ޝިޔާމް ވިދާޅުވީ، އެއީ ސަރުކާރުގެ ނުފޫޒު ކޯޓުތަކަށް ފޯރުވައިގެން އެ މަނިކުފާނުގެ މައްޗަށް އިއްވި ހުކުމެއް ކަމަށެވެ.

އެ ހުކުމް ޔާމީނުގެ ފަރާތުން އިސްތިއުނާފުކުރިތާ ހަ މަސް ފާއިތުވި ނަމަވެސް އަޑުއެހުންތައް ކުރިއަށް ނުގެންދާތީ ނުވަތަ އަޑުއެހުން މަޑުޖެހިފައި ވާތީ ޝިޔާމް މިރޭ ވެސް ސަރުކާރަށް ފާޑުވިދާޅުވި އެވެ.

"އިންސާފުގެ ވާހަކަ ދައްކާ މީހުން، އިންސާނިއްޔަތު ކަމުގެ ވާހަކަ ދައްކާ މީހުން، އޯގާތެރިކަމުގެ ވާހަކަ ދައްކާ މީހުން، މި ސަރުކާރުގައި ލަދުގަންނަން ޖެހޭ. ހަ މަސް ދުވަސްވީ އިސްތިއުފާނު ކޯޓުގައި، ހަތަރު ފަސް އަޑުއެހުމެއް އޮންނާނީ. އެ ހަތަރު އަޑުއެހުން ނުބާއްވާ ކޮން އިންސާނިއްޔަތު ކަމުގެ ވާހަކައެއްތޯ ދައްކާނީ،" މި ސަރުކާރަށް އިސްލާހު ކުރެވުނީ ކޮން ކަމެއްތޯ ސުވާލު އުފައްދަވައި ޝިޔާމް ވިދާޅުވި އެވެ.

ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވި އަދި މިހާރު ވެސް ފޯރުވާ ކަމަށް ޝިޔާމާއި އިދިކޮޅުގެ އެހެން އިސްބޭފުޅުން ވިދާޅުވަމުން ގެންދެވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަން ދޮގުކުރައްވަ އެވެ. މި ރިޔާސީ ކެމްޕެއިންގެ ތެރޭގައި ވެސް އެ މަނިކުފާނު ވިދާޅުވީ، ޝަރީއަތުގައި ހިނގާ ކަމަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށާއި ކޯޓުން އެ ކަމެއް ނިމުމުން އެ ދާން ޖެހޭ ގޮތަކަށް ދާން ދޫކޮށްލައްވާ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިނަށް ކ. ގުރައިދޫގަައި ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައި-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިނަށް ކ. ގުރައިދޫގަައި ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައި-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޝިޔާމް މިރޭ ވިދާޅުވީ، ދިވެހިންނަށް ފަހުގެ ތާރީހެއްގައި ލިބުނު އެންމެ ބޮޑު ބަދުނަސީބަކީ މި ވެރިކަމުގެ މި ދުވަސްތައް ބަލަން ޖެހުން ކަމަށެވެ.

އަނިޔާވެރިކަން ނޫން އެއްޗެއް އަޅުގަނޑުމެންނަކަށް ނުފެނޭ. ކޮންކަހަލަ ލަދުވެތި ސްލޯގެންއެއްތޯ ކެމްޕެއިނަށް ނެރުއްވައިގެން މި އުޅުއްވަނީ، ކުރައްވާ ކަމަކާއި ވިިދާޅުވާ އެއްޗެއް ދިމާއެއް ނުވޭ،"--- ޝިޔާމް

އޭނާ ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވި ހިސާބުން ފެށިގެން ޔާމީން ހުރީ ހައްޔަރު ކޮށްފައި ކަމަށާއި އެކަމަކު ޔާމީނަކީ ދައުވާތަކަށް ފިއްލަވާނެ ބޭފުޅެއް ނޫންކަން އެ މަނިކުފާނު ސާބިތުކޮށްދެއްވައިފި ކަމަށެވެ.

"ޖަހާ ހުކުމް ހަރާމަސް މި ނިޒާމަށް އެ މަނިކުފާނު އިހުތިރާމު ކުރައްވާތީ ހުކުމްތަކަށް ފިއްލަވާ ބޭފުޅެއް ނޫން އެއީ،" ޝިޔާމް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ވައްކަމަކީ ބޮޑު ޖޯކެއް ކަމަށް ވިދާޅުވެ، ޝިޔާމް ވަނީ އެ ޖަރީމާ ހިންގި މީހުން މި ސަރުކާރުގައި ތިބީ "ފިނި ކޮޓަރީގައި" ކަމަށް ވެސް ވިދާޅުވެފަ އެވެ. އެކަމަކު ޔާމީން ކުށްވެރިއަކަށް ހެދީ އެ މަނިކުފާނާ ރައްޔިތުން ރިޔާސީ ޓިކެޓް ހަވާލުކޮށްފައި އޮތުމުން ކަމަށް ޝިޔާމް ވިދާޅުވެ އެވެ.

ޔާމީނަށް ސަރުކާރުން އަނިޔާދިން ނަމަވެސް ގައުމީ މަސްލަހަތު އިސްކުރައްވައި ޔާމީން ވަނީ، އެ މަނިކުފާނުގެ ފަރާތްޕުޅުން ގައުމަށް ކަންކަން ކޮށްދެއްވާނެ ބޭފުޅަކީ މުއިއްޒު ކަމަށް ވިދާޅުވެފައި ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ރައްޔިތުންނޭ ޑރ. މުއިއްޒުގެ ފަހަތްޕުޅަށް އަރާ ރުކުރުވާލާށޭ. މި ގައުމު މި އޮތް އަނދިރި ހާލަތުން ދެން ސަލާމަތް ކޮށްދެއްވާނެ ބޭފުޅަކީ މުއިއްޒޭ، އެ މަނިކުފާނު ވިދާޅުވި،"

އެހެންވެ އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް މުއިއްޒު ހޮވުމުގެ މަސައްކަތް ކުރާނެ ހިތްވަރު އެ ޕާޓީގެ އެބަހުރި ކަމަށް ޝިޔާމް ވިދާޅުވި އެވެ.