އެންޓަނަނަރިވޯ، މަޑަގަސްކަރަ (ޖޫން 10) - ގެއްލިފައިވާ އެމްއެޗް370 ގެ ބައެއް ކަމަށް ބެލެވޭ މަތިންދާ ބޯޓުގެ ބައިތަކެއް މަޑަގަސްކަރަ އިން ފެނިއްޖެ އެވެ.
10 ޖޫން 2016
އެންޓަނަނަރިވޯ، މަޑަގަސްކަރަ (ޖޫން 10) - ގެއްލިފައިވާ އެމްއެޗް370 ގެ ބައެއް ކަމަށް ބެލެވޭ މަތިންދާ ބޯޓުގެ ބައިތަކެއް މަޑަގަސްކަރަ އިން ފެނިއްޖެ އެވެ.
މަޑަގަސްކަރައިގެ އިރުމަތީގެ ހިސާބަކުން މި ބައިތައް ފެނިފައި ވަނީ އެމްއެޗް370 ގެ ބައިތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ބްލައިން ގިބްސަން ނަމަކަށް ކިޔާ މީހަކަށެވެ. މޮޒަމްބީކުން ވެސް އޭނާ ވަނީ މަތިންދާ ބޯޓުގެ ބައިތަކެއް ހޯދައިފަ އެވެ. އެންމެ ފަހުން ފެނުނު ބައިތަކުގެ ފޮޓޯ ގިބްސަން ވަނީ ތަހުލީލު ކުރާ މީހުންނަށް ފޮނުވައިފަ އެވެ.
ކުއާލަ ލަމްޕޫރުން ފުރައިގެން 239 މީހުންނާ އެކު ބެއިޖިން އަށް ދަތުރު ކުރަނިކޮށް އެމްއެޗް370 ގެއްލުނީ މާޗް، 2014 ގަ އެވެ. ލަފާ ކުރެވެނީ މެލޭޝިއާ އެއާލައިންސްގެ މި ބޯޓު އިންޑިއާ ދަނޑުގެ ދެކުނުގެ ހިސާބަކަށް ވެއްޓިފައިވާނެ ކަމަށެވެ.
މިހާތަނަށް ފެނުނު އެމްއެޗް370 ގެ ބައިތައް ކަމަށް ބެލެވޭ ބައެއް ތަކެތި.
މަޑަގަސްކަރައާ ކައިރި ހިސާބުތަކުގެ ގައުމުތަކުން ވެސް މީގެ ކުރިން ވަނީ އެމްއެޗް370 ގެ ބައިތައް ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނިފަ އެވެ. މިހާތަނަށް ވަނީ މަތިންދާ ބޯޓުގެ ބައިތައް ކަމަށް ބެލެވޭ ހަ އެއްޗެެއް ފެނިފަ އެވެ.
އެންމެ ފަހުން ފެނުނު ބައިތަކާ ބެހޭ ގޮތުން، އެމްއެޗް370 އަށް ވީގޮތް ބަލަމުންދާ ބައިނަލްއަގުވާމީ ޓީމުގައި ހިމެނޭ އިނގިރޭސި ވިލާތުގެ އިންޖިނޭރެއް ކަމަށްވާ ޑޮން ތޮމްސަން ބުނީ އެކައްޗަކީ ގޮނޑިއެއްގެ ފަހަތު ބައި ކަމަށް ބެލެވޭ އެއްޗެއް ކަމަށާއި އަނެއް ބަޔަކީ ފިޔަގަނޑުގެ ކަވަ ޕެނަލުގެ ބައެއް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ބޯޓު ހޯދުމުގައި އެންމެ އިސް ދައުރެއް އަދާކުރަމުން ދަނީ އޮސްޓްރޭލިއާ އިންނެވެ. ބޯޓު ހޯދުމުގެ މަސައްކަތުގައި މެލޭޝިއާ އާއި ޗައިނާ އިން ވެސް ދަނީ ބައިވެރިވަމުންނެވެ. ބޯޓު ހޯދަން ކަނޑު އަޑި ބަލަން ކަނޑައަޅާފައިވާ 120،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދުގެ ތެރޭން މިހާތަނަށް ވަނީ 105،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ބަލައިފަ އެވެ.
މިހާރު ބަލާ ސަރަހައްދުން އެމްޗް370 ފެނުން ދުރު
ބޯޓުގެ ބައިތައް ހޯދަން އެމްއެޗް370 ގެ އާއިލާތައް މަޑަކަސްކާ އަށް
އެމްއެޗް370 ވެއްޓިފައިވާނީ މިހާރު ބަލާ ސަރަހައްދުގެ އުތުރަށް
އެމްއެޗް370 ހޯދުން ވަގުތީ ގޮތުން ހުއްޓާލަނީ
އެފްރިކާ އަށް ލެއްގި ބައިތަކަކީ އެމްއެޗް370 ގެ ބައެއްކަން ގާތްގަނޑަކަށް ޔަގީން
އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށައިފި
އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށަނީ
ހުށަހެޅުމެއް ލިބިއްޖެ ނަމަ އެމްއެޗް370 ހޯދަން ފަށާނެ
އެމްއެޗް370 ގެއްލުނުތާ 5 އަހަރު: ބޯޓާ ބެހޭ 5 ތިއަރީ
އެމްއެޗް370 ޕައިލެޓް ވައްޓާލީ ކަމަށް ނުބެލެވޭ