ދެ ވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގަންނަވާފައިވާ ވައުދުތަކަށް ބެލިނަމަވެސް، އެމަނިކުފާނާ ވާދަކުރެއްވޭނެ ވަރުގެ އިތުރު ކެންޑިޑޭޓެއް ނެތް ކަމަށް މި ސަރުކާރުގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
22 އޯގަސްޓް 2023
ދެ ވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގަންނަވާފައިވާ ވައުދުތަކަށް ބެލިނަމަވެސް، އެމަނިކުފާނާ ވާދަކުރެއްވޭނެ ވަރުގެ އިތުރު ކެންޑިޑޭޓެއް ނެތް ކަމަށް މި ސަރުކާރުގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
ބ. ތުޅާދޫގައި މިރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ރައީސް ހުންނެވީ އެހެން ކެންޑިޑޭޓުންނަށް ވުރެ މާ ބޮޑަށް ކުރީގައި ކަމަށާއި އެމަނިކުފާނާ ކައިރިއަށް ވެސް ނާދެވޭނެ ކަމަށެވެ.
"ރައީސް ވެވަޑައިގަންނަވާ ވައުދަށް ބެލިޔަސް، އެ ވައުދުތަކާ ވެސް ކައިރިއަށް ނާދެވޭނެ. [ވައުދު ވާން އެހެން ކެންޑިޑޭޓުން] އެ ތަނުން ބަޑިއެއް ޖަހާފައި މި ތަނުން ބަޑިއެއް ޖަހާފައި ދަނީ [އެކަމަކު] ރައީސްގެ ވައުދުތަކާ ކައިރިއަށް ވެސް ނާދެވޭނެ،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ރައީސަކީ ވެވަޑައިގެންނެވި ވައުދަށް ވުރެ އިތުރަށް ކަންކަން ކޮށްދެއްވާނެ ވެރިއެއް ކަމަށާއި އެކަންކަން ރަށްރަށަށް ދިއުމުން ހާމަވާ ކަމަށެވެ. އެ ހުރިހާ ކަމެއް ވެސް ކުރެއްވީ ކޮވިޑާއެކު ދުނިޔޭގެ އިގްތިސޯދީ ކަންކަން އިންތިހާއަށް ދަށަށް ގޮސްފައިވަނިކޮށް ކަމަށް އިމްރާން ވިދާޅުވި އެވެ.
މަޝްރޫއުތައް ފެށުމާއި ނިންމުމުގެ އިތުރުން ސިޔާސީ ތަޖުރިބާއަށް ބެލިނަމަވެސް ރައީސް އާ އަރާ ހަމަކުރެވޭނެ ކެންޑިޑޭޓެއް ނެތް ކަމަށް އިމްރާން ވިދާޅުވި އެވެ.
"މި މުއްދަތުގައި މިހާ ތަޖުރިބާ ހުރި ދެ ބޭފުޅަކު އަދި ވެރިކަން ކުރާކަށް ނާދޭ، މަޖިލީހުގައި ހުންނަވައިގެން 20 އަހަރު އަސްލަމަށް ފުރިވަޑައިގެންފައި އެ ހުރީ، ސިޔާސީ ތަޖުރިބާއާ ހުނަރުން ފުރިފައި. އެހެން ރަނިންމޭޓަކަށް ކައިރި ވެސް ނުކޮށްލެވޭނެ،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ކުރިއަށް އޮތް "10 ފަސް އަހަރަށް" ވާނެ ގޮތް ސެޕްޓެމްބަރު 9 ގައި ޖަހާ ފާހަގައަށް ބަރޯސާ ވާނެ ކަމަށެވެ. އެ ދުވަހު ނިންމާ ނިންމުމަކީ އުފާވެރި އަމާން ރާއްޖެއަކަށް ދާނެ ނިންމުމަކަށް ހެދުމަށް ކޮންމެ ރައްޔިތެއްގެ ކިބައިން އިމްރާން ވަނީ އެދިވަޑައިގެންފަ އެވެ.
އިމްރާން ވިދާޅުވީ އަދާލަތުން ތިބީ ރައީސާ އެކު ކަމަށް
"ޖަލަށްލާނެ މީހުންގެ ލިސްޓެއް އިދިކޮޅުން ހަދައިފި"
ފައްޔާޒު މިހާރު ބޭނުންވަނީ އިތުރަށް ތިން ޕަސެންޓް
ރައީސަށް ފަސޭހަފޯމިއުލާއަކީ ޖަމީލް ކެންޑިޑޭޓަކަށް ހެދުން
ރައީސްގެ ޓީމު އިދިކޮޅަށް ހިފަހައްޓާ ނުލެވޭނެ: އިމްރާން
ވަރަށް ހިސާބު ޖަހައިފިން، ކޯލިޝަނުން ރައީސް މޮޅުވާނެ
ނާކާމިޔާބުވުމަކީ ގޮތް ބަދަލުކުރަންޖެހޭ ކަމެއް ނޫން
އަދާލަތުން ކަމަކަށް އެއްބަސްވަނީ ވަރަށް ވިސްނުމަށްފަހު: އިމްރާން
ރިޔާސީ އިންތިހާބު: އަދާލަތު ޕާޓީގެ ތާއީދު ރައީސަށް
އަދާލަތު ޕާޓީން ނިންމީ އެމްޑީޕީއާއެކު މަޝްވަރާ ކުރަން!