22 އޯގަސްޓް 2023
ބޮލޯނިއޯ (އޯގަސްޓް 22) - ޗެލްސީގައި ފެއިލްވި ކްރިސްޓިއަން ޕުލިސިޗް އޭސީ މިލާންގައި ލީގުގެ ފުރަތަމަ މެޗުގައި ވެސް ލަނޑު ޖަހައިފި އެވެ.
ބޮލޯނިއޯ (އޯގަސްޓް 22) - ޗެލްސީގައި ފެއިލްވި ކްރިސްޓިއަން ޕުލިސިޗް އޭސީ މިލާންގައި ލީގުގެ ފުރަތަމަ މެޗުގައި ވެސް ލަނޑު ޖަހައިފި އެވެ.
އެމެރިކާގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި 2020 ގައި ޗެލްސީ އަށް ބަދަލުވި ޕްލިސިޗް އަށް އެ ކްލަބްގައި އެދެވޭ ކުޅުމެއް ނުދެއްކުމުން އެ ޓީމުން މި ޓްރާންސްފާ ޕީރިއަޑްގައި އޭނާ މިލާނަށް ވިއްކާލި އެވެ.
އިޓާލިއަން ލީގުގައި އޭނާގެ ފުރަތަމަ މެޗުގައި ބޮލޯނިއާ އާ ދެކޮޅަށް މިލާން 2-0 ން މޮޅުކޮށް ދިނުމުގައި އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ޕުލިސިޗެވެ.
އެ ޓީމުގެ ފުރަތަމަ ލަނޑު އޮލިވާ ޖިރޫ ޖެހުމުގައި ވެސް ޕުލިސިޗްގެ ހިއްސާވި އެވެ. މެޗުގެ 11 ވަނަ މިނެޓްގައި އެ ލަނޑު ޖަހަން ޖިރޫ އަށް ބޯޅަ ތަނަވަސްކޮށް ދިން ޓިއާނީ ރެއިންޑާސް އަށް ބޯޅަ ލިބުނީ ޕުލުސިޗް ހުރަސްކޮށް ދިން ބޯޅައިންނެވެ.
މެޗުގެ 21 ވަނަ މިނެޓްގައި އޭނާ އަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށް ދިނީ ޖިރޫ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޕުލިސިޗް ބުނީ މިލާނަށް ބަދަލުވުމަކީ އޭނާގެ ކެރިއާގައި ނެގި އެންމެ ރަނގަޅު ފިޔަވަޅު ކަމަށެވެ.
"މިއީ ވަރަށް ރަނގަޅު ފެށުމެއްކަން ޔަގީން. ހަގީގަތުގައި މި ޓީމުގައި ހިމެނުމުން ވަރަށް އުފާވޭ،" މެޗަށް ފަހު ޕުލިސިޗް ބުންޏެވެ.
"މެޗުގެ ކުރީކޮޅު ދެ ގޯލް ޖެހުމުން ހަގީގަތުގައި ވެސް އަހަރެމެންނަށް ވަރަށް ބޮޑު އެހީއަކަށްވި. ސަބަބަކީ އުނދަގޫ މެޗަކަށް ވާތީ. މިއީ އަހަންނަށް ވަރަށް ރަނގަޅު ފެށުމެއް، ގޯލެއް ޖެހުމަކީ ވަރަށް ރަނގަޅު ކަމެއް. ބައިކޮޅަށް ލަނޑެއް ނުވަދެ މޮޅުވުމަކީ އަބަދުވެސް ރީތި ކަމެއް."
ޖިރޫގެ އިތުރުން ކުރިން އޭނާ އާއެކު ޗެލްސީ އަށް ކުޅުނު ފިކާޔޯ ޓޮމާރީ، ރުބެން ލޮފްޓަސް ޗީކް ވެސް ޕުލިސިޗްއާ އެކު މިލާނުގައި ހިމެނެ އެވެ.
އޭނާ ބުނީ ޖިރޫ އާއި އެހެން ކުޅުންތެރިންނާ ވެސް މިލާން އަށް ބަދަލުވުމުގެ ކުރިން ވާހަކަ ދެއްކި ކަމަށެވެ.
"އަހަރެމެން އެކުގައި ވަރަށް ރަނގަޅު ތަޖުރިބާތަކެއް ކުރިން. އަހަރެން ކުޅުނިން ފިކާޔޯ އަދި ރުބެން އާ އެކު. އަހަރެމެން ގުޅުން އޮތް. އެކަން ވެސް މިރޭ [ރޭ] ދަނޑުމަތިން ފެނިގެން ދިޔަ. އޮލީ [ޖިރޫ] ގެ ޕާހަކުން ލަނޑު ޖެހުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ޕުލިސިޗް ބުންޏެވެ.
މިލާންގެ ޖޯޒީގައި ކުޅުންތެރިންގެ މަންމަގެ ނަން
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
ފުޓްބޯޅަ ހަލާކު ކުރަނީ ރެފްރީން: ނެސްޓާ
ޔުވެންޓަސްއިން ކީޕަރު ޝެޒްނީގެ ކޮންޓްރެކްޓް އުވާލައިފި
އިޓަލީ އަށް ބަދަލުވާނަމަ ކުޅޭނީ މިލާނަށް: އެމްބާޕޭ
ކްލަބްތަކުން ގުޅާވަރުން އިންޒާގީގެ ބޮލަށް އުނދަގޫ
އިންޒާގީ އިންޓައަށް ލީގު ޗެމްޕުއަންކަން ހޯދައި ދީފި
ސަމްޑޯރިއާގެ ކުޅުންތެރިންނާއި ކޯޗު ކާނާ ވިހަވެއްޖެ
ޔޫރޫ 2032 ގެ މެޗުތައް ސެން ސީރޯ ނުކުޅެވޭނެ