Roadha Mihaaru
ކްލަބްތަކުން ގުޅާވަރުން އިންޒާގީގެ ބޮލަށް އުނދަގޫ

ޕްރިމިއާ ލީގުގެ ކްލަބްތަކުން ގުޅާވަރުން އިންޒާގީގެ "ބޮލަށް އުނދަގޫ"

24 އެޕްރީލް 2024

މިލާން (އޭޕްރީލް 24) – އިންޓަ މިލާންގެ ކޯޗު ސިމޯނޭ އިންޒާގީ އަށް، ޕްރިމިއާ ލީގުގެ ކްލަބްތަކާއި ބައެއް އެހެން ގައުމުގެ ކްލަބްތަކުން ގުޅާވަރުން ބޮލަށް އުނދަގޫވާ ކަމަށް އޭނާގެ ބައްޕަ ބުނެފި އެވެ.

މިލާން (އޭޕްރީލް 24) – އިންޓަ މިލާންގެ ކޯޗު ސިމޯނޭ އިންޒާގީ އަށް، ޕްރިމިއާ ލީގުގެ ކްލަބްތަކާއި ބައެއް އެހެން ގައުމުގެ ކްލަބްތަކުން ގުޅާވަރުން ބޮލަށް އުނދަގޫވާ ކަމަށް އޭނާގެ ބައްޕަ ބުނެފި އެވެ.

އާދިއްތަ ދުވަހުގެ ރޭ އޭސީ މިލާން ބަލިކޮށް އިންޒާގީ ވަނީ އިޓާލިއަން ލީގުގެ ޗެމްޕިއަންކަން 20 ވަނަ ފަހަރަށް އިންޓަ އަށް ހޯދައި ދީފަ އެވެ.

އޭނާ ގެންދަން ޔޫރަޕްގެ ބައެއް ކްލަބްތަކުން ޝައުގުވެރި ވެއެވެ. ބެޔާން މިޔުނިކާއި އިނގިރޭސި ކްލަބްތަކުގެ ޝައުގުވެރިކަން އޭނާ އަށް އެބައޮތެވެ.

އިންޒާގީގެ ބައްޕަ، ޖިއާންކާލޯ އިންޒާގީ ބުނީ އޭނާގެ ދަރިފުޅުގެ ފޯނަށް އެކި ކްލަބްތަކުން ވޭތުވެދިޔަ ދުވަސްތަކުގައި ގިނަ އަދަދަކަށް ގުޅާފައިވާ ކަމަށެވެ.

"މިދިޔަ ދުވަސްތަކުގައި ބޭރުގެ ކޯލްތަކުން އޭނާގެ ބޮލަށް އުނދަގޫވާރަށް ފޯނު އައި ތަން ފެނުނު. ނަމަވެސް އޭނާގެ ވިސްނުން ހުރީ އިންޓައާ އެކު،" ޖިއާންކާލޯ ބުންޏެވެ.

"އެއީ އިތުބާރު ހުރި މީހުން ތިބި ކްލަބެއް އެ މީހުންގެ މެދުގައި ރަނގަޅު ގުޅުމެއް އޮންނަ ކްލަބެއް. ހިތްހަމަނުޖެހޭ ކަންތައްތަކެއް ބައެއްކަންކަން ހުރެދާނެ. އެކަމަކު މިއީ ރަނގަޅު ބައެއް. އެ މީހުންގެ ކިބައި އިތުރަށް ކަމެއް އެދެން ނުޖެހޭ ވަރުގެ ބައެއް."

ޖިއާންކާލޯ ބުނީ އޭނާގެ ދަރިފުޅު ގެންނދަން އެހެން ކްލަބަކުން ބޭނުންވާނަމަ މިހާރު ބޮޑު އަގެއް ދައްކަން ޖެހޭނެ ކަމަށެވެ.

އިންޓައިން ވެސް ވިސްނުން ގެންގުޅެނީ އިންޒާގީއާ އެކު ކުރިއަށް ދިއުމަށެވެ. އޭނާގެ ފެންވަރާ މެދު ސުވާލު އުފައްދާފައި ވަނިކޮށް ލީގު ހޯދައި އޭނާ އޭނާ އާ މެދު ޝައްކު އުފައްދާ މީހުންނަށް ޖަވާބު ދީފަ އެވެ.