Roadha Mihaaru
އައިވީ މައްސަލައިގައި ހަތަރު މުވައްޒަފަކު ސަސްޕެންޑް

މުއްދަތު ހަމަވެފައި ހުރި އައިވީގެ މައްސަލައިގައި ހަތަރު މުވައްޒަފަކު ސަސްޕެންޑްކޮށްފި

23 އޯގަސްޓް 2023

ގދ. ގައްދޫ ސިއްހީ މަރުކަޒުގައި، މުއްދަތު ހަމަވެފައިވާ އައިވީއެއް ކުޑަކުއްޖަކަށް ގުޅި މައްސަލައިގައި އެ ތަނުގެ ހަތަރު މުވައްޒަފަކު ސަސްޕެންޑްކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ގދ. ގައްދޫ ސިއްހީ މަރުކަޒުގައި، މުއްދަތު ހަމަވެފައިވާ އައިވީއެއް ކުޑަކުއްޖަކަށް ގުޅި މައްސަލައިގައި އެ ތަނުގެ ހަތަރު މުވައްޒަފަކު ސަސްޕެންޑްކޮށްފި އެވެ.

އެ ތަނުގައި އެޑްމިޓްކުރި ބައެއް ބަލި މީހުންނަށް މިދިޔަ މަހު މުއްދަތު ހަމަވެފައި ހުރި އައިވީތަކެއް ދިން މައްސަލާގައި ގައްދޫގައި ރޭ މުޒާހަރާ ވެސް ކުރި އެވެ.

އެކަމާ ގުޅިގެން ގައްދޫ ސިއްހީ މަރުކަޒުން ބުނީ އެ އައިވީ ދެވިފައި ވަނީ އުމުރުން ހަތަރު އަހަރުގެ ކުއްޖަކަށް ކަމަށެވެ. ކަން ހިނގާފައިވާ ގޮތް ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.

ހެލްތް މިނިސްޓްރީން ބުނީ، އެ މައްސަލަ އެ މިިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނީ، ގައްދޫ ސިއްހީ މަރުކަޒުގެ ހަތަރު މުވައްޒަފަކު ސަސްޕެންޑްކުރީ ތަހުގީގު ނިމެންދެން ކަމަށެވެ.

ގައްދޫ ސިއްހީ މަރުކަޒުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ މީގެ ކުރިން ވެސް މުއްދަތު ހަމަވެފައިވާ ބޭސްތަކެއް އެ މަރުކަޒުން މީކަހަށް ދީފައިވާ ކަމަށެވެ.