23 އޯގަސްޓް 2023
ރިޔާސީ ކެމްޕެއިންގައި ދައުލަތުގެ މުދާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުން ނުކުރައްވާ ކަމަށް ވިދާޅުވެ، ޓްރާންސްޕޭރެންސީ މޯލްޑިވްސް އަށް އެ މަނިކުފާނުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ މިއަދު ރައްދު ދެއްވައިފި އެވެ.
ރިޔާސީ ކެމްޕެއިންގައި ދައުލަތުގެ މުދާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުން ނުކުރައްވާ ކަމަށް ވިދާޅުވެ، ޓްރާންސްޕޭރެންސީ މޯލްޑިވްސް އަށް އެ މަނިކުފާނުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ މިއަދު ރައްދު ދެއްވައިފި އެވެ.
ކޮންމެ ދުވަހަކު މާރިޔާ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވަނީ ޓްރާންސްޕޭރެންސީ އަކީ "ބާޒެއް"ގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.
"ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވި ނޫންތޯ ސިޔާސީ ބޭފުޅުން ބާޒެއްހެން އަންނާނެއޭ އިލެކްޝަނާ ދިމާކޮށް. އަޅުގަނޑަށް ސިފަކުރެވެނީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އެ ކަހަލަ ބައެއްގެ ގޮތުގައި،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ އިންތިހާބުތަކުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ ވާހަކަ ކޮންމެ އިންތިހާބަކާ ދިމާކޮށް ޓްރާންސްޕޭރެންސީން ދައްކާ ކަމަށެވެ. ނަމަވެސް، އެކަން ހައްލުކުރުމަށް ރައްޔިތުންގެ މަޖިލިސް ތެރެއިން ނުވަތަ އެ ނޫން ގޮތަކަށް ވެސް މަސައްކަތެއް ކުރާ ތަން ނުފެންނަ ކަމަށް ވިދާޅުވި އެވެ.
"އެ ދައްކާ ވާހަކައިގައި އޮއްޓަރެއް ހުރިއްޔާ ކީއްވެގެންތޯ ގާނޫނެއްގެ ތެރެއިން ވެސް ތަންފީޒުކުރަން މަސައްކަތް ނުކުރައްވަނީ؟،" މާރިޔާ ސުވާލު ކުރެއްވި އެވެ.
ކަންކަން ހައްލުކުރުމަށް މަސައްކަތެއް ނުކޮށް، "ބާޒު ޕާޓީ"ގެ ތެރެއަށް ޓްރާންސްޕޭރެންސީ ވަނުމުން ކަމުނުދާނެ ކަމަށާއި ޒިންމާދާރު އެންޖީއޯއެއްގެ ގޮތުގައި މަސައްކަތް ކުރަން ދަސްކުރުމަށް އޭނާ ގޮވައިލެއްވި އެވެ.
މާރިޔާގެ ބަހުގެ ހަމަލާތައް ޓްރާންސްޕޭރެންސީ މޯލްޑިވްސް އަށް އަމާޒު ކުރެއްވީ، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަސީލަތްތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހޯދައި ދިނުމަށް ނަހަމަ ގޮތުގައި ބޭނުންކުރާ ކަން ފާހަގަވާ ކަމަށް ބުނެ ނެރުނު ބަޔާނަކާ ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުންނެވެ.
"ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވި ނޫންތޯ ސިޔާސީ ބޭފުޅުން ބާޒެއްހެން އަންނާނެއޭ އިލެކްޝަނާ ދިމާކޮށް. އަޅުގަނޑަށް ސިފަކުރެވެނީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އެ ކަހަލަ ބައެއްގެ ގޮތުގައި،"--- މާރިޔާ
ޓްރާންސްޕޭރެންސީން ބުނެފައި ވަނީ އޭގެ ސަބަބުން، އަނެއް ހަތް ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ގެއްލިފައިވާ ކަމަށެވެ. އެކަމަކު، އެފަދަ މައްސަލައެއް އިލެކްޝަން ކޮމިޝަނަށް ލިބިފައި ނުވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މާރިޔާ މިއަދު ވެސް ވަނީ ވާދަވެރި އެހެން ކެންޑިޑޭޓުންނަށް ރައްދު ދެއްވައި ވާހަކަ ދައްކަވައިފަ އެވެ. ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް، ސިފައިންނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވި އެވެ.
ކެމްޕެއިން ޖަލްސާއެއްގައި ގާސިމް ވަނީ ރާއްޖޭގެ ބައެއް ތަންތަނަށް ދިވެހި ސިފައިންނަށް ނުވަދެވޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެކަމަށް ރައްދު ދެއްވައި މާރިޔާ ވިދާޅުވީ، ސިޔާސީ ޕޯޑިއަމްތަކުގައި ސިފައިންގެ ވާހަކަ ދައްކައި އަގު ވައްޓާލާތީ އެ މީހުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ. އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސް ކުރެއްވި އެވެ.
ސިފައިންގެ ގާބިލްކަން އިތުރު ކުރުމަށް އެންމެ ގިނަ މަސައްކަތްތަކެއް މި ފަސް އަހަރު ކަމަށާއި މިއިން ޒަމާނަކު ނުވާ ވަރަށް ސިފައިންގެ ހަރުދަނާ ވެފައިވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.
އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެންމެ ވާދަވެރި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވެސް ފާޑުވިދާޅުވެފަ އެވެ. ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށްދީ، ބަނދަރު ހަދައިދޭނެ ކަމަށް ވައުދުވީ ނަމަވެސް، އެ ބޭފުޅުންނަކީ ސަރުކާރުގައި ތިބިއިރު ވެސް ރަށްތަކަށް އެކަންކަން ކޮށްދެވުނު ބައެއް ނޫން ކަމަށް ވިދާޅުވި އެވެ. އޭގެ ބަދަލުގައި މިހާރުގެ ރައީސް ވަނީ އެންމެ ފަސް އަހަރު ތެރޭގައި ޒަމާނަކު ނުގެންނަ ވަރަށް ރަށްރަށަށް ތަރައްގީ ގެނެސްދީފައި ކަމަށް ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަށްރަށަށް އަރާވަޑައިގެންނެވުމުން އޭގެ ނަތީޖާ ފެނެ އެވެ. ވިދާޅުވީ، ބޮޑު ތާއީދެއް އެ މަނިކުފާނަށް އެބަ އޮތް ކަމަށާއި އެކަމާ އިދިކޮޅުން ކަންބޮޑުވެފައިވާ ކަަމަށެވެ.
އިދިކޮޅުން ޖަގަޑާ ހަދަން މަސައްކަތް ކުރާނެ: މާރިޔާ
މޮޅުވާ ކޮޅަކަށް މެންބަރުން އަބަދުވެސް ދާނެ: މާރިޔާ
ރައީސްގެކެމްޕޭނަށް މުއައްސާތަކުން ފާރަވެރިވާން ގޮވާލައިފި
ރައީސް ދޮރުން ދޮރަށް، "މާލޭން ބޮޑު ތާއީދެއް ލިބޭނެ"
ޕާޓީތަކުން ކެމްޕެއިން ވަރުގަދަކުރަނީ
"ޔާމީނާއެކު ނަޝީދު ކޯލިޝަން ހައްދަވާފާނެތީ ކަންބޮޑުވޭ"
އެމްޑީޕީގެ ބޮޑެތި ރަށްރަށް މުއިއްޒަށް
މާލެ، އައްޑޫގެ ނަތީޖާ: އެމްޑީޕީ އަށް އޮތީ ބުރަ އިމްތިހާނެއް
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު
ރައީސްގެ ދިގު ސިޔާސީ ހަޔާތުގައި ފުރަތަމަ ނާކާމިޔާބީ!