Roadha Mihaaru
"ޔާމީނާއެކު ނަޝީދު ކޯލިޝަން ހައްދަވާފާނެތީ ކަންބޮޑުވޭ"

ޔާމީނާ އެކު ނަޝީދު ކޯލިޝަން ހައްދަވާފާނެތީ ކަންބޮޑުވޭ: މާރިޔާ

20 ޖެނުއަރީ 2023

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ކޯލިޝަން ހައްދަވާފާނެތީ ކަންބޮޑުވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ކޯލިޝަން ހައްދަވާފާނެތީ ކަންބޮޑުވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ނިންމާލަން މިރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ޔާމީނަށް ތާއީދުކޮށް ނަޝީދު ވާހަކަފުޅު ދައްކަވާއިރު ނަޝީދު ކެމްޕެއިންގައި ޕީޕީއެމްގެ މީހުން މަސައްކަތް ކުރާތަން ކަމަށެވެ. އެހެންވެ، ވެރިކަން ހޯއްދެވުމަށްޓަކައި ޔާމީނާ އެކު ނަޝީދު ކޯލިޝަން ހައްދަވާފާނެތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

"އެމަނިކުފާނު އެބަ ދައްކަވާ ކޯލިޝަނެއްގެ ވާހަކަ ވެސް. އެހެންކަމަށް ވުމާއެކު މިއަދު އަޅުގަނޑަށް ހަމަގައިމު ވެސް އެންމެ ބިރު ހީވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައީސް ޔާމީނާ އެކީގައި ކޯލިޝަނެއް ހައްދަވާފާނެތީ،" މާރިޔާ ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

މިރޭގެ ޖަލްސާގައި ރައީސް ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

މާރިޔާ ވިދާޅުވީ އެމްޑީޕީގެ ވެރިކަން ވެއްޓުނު ފަހުން މި ސަރުކާރު ވެރިކަމާ ހަމައަށް އެމްޑީޕީން ކުރަން ޖެހުނު ކަމަކީ ނަޝީދު މިނިވަންކުރަން ގޮވުން ކަމަށެވެ. އަދި ޔާމީންގެ ވެރިކަމުގައި އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށްލައި އަދި މަޖިލީހުގެ އެތައް މެމްބަރުންގެ ގޮނޑި ގެއްލުވާލުމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކުރުން ފަދަ ކަންކަން ކުރިކަން ފާހަގަ ކުރައްވައި، ޔާމީނަށް ތާއީދުކޮށް ނަޝީދު ވާހަކަ ދެއްކުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނުހަނު ލޯބިވާ ރައީސް ނަޝީދު ނިކުމެވަޑައިގެން، ރައީސް ޔާމީނަކީ ވިޝަނަރީ ލީޑަރެކޭ ވިދާޅުވީމަ އަޅުގަނޑުމެންގެ ހިތަށް އުނދަގޫވޭ. އަޅުގަނޑުމެން ޖަޒްބާތުގައި ޖެހިގެން ވެސް އެމަނިކުފާނު އެފަދަ ކަމެއް ކުރިޔަދީގެން ނުވާނެ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ އެމްޑީޕީ އުފެދިގެން އައީ ޑިމޮކްރަޓިކް އުސޫލުން ހައްގުތަކާއި އަދުލު އިންސާފު ކަށަވަރު ކުރުމާ އެކު ރަައްޔިތުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދޭން ކަމަށެވެ. އަދި އެ ފިކުރާއި މެނިފެސްޓޯ ތަންފީޒު ކުރަމުން އަންނަނީ މި ސަރުކާރުން ކަމަށާއި އަދި ޔާމީންގެ ވެރިކަމުގައި ތަރައްގީ ގެނައި ގޮތަށް ގެނެސްފިނަމަ ރައްޔިތުންނަށް އެތައް ތަކުލީފެއް އުފުލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ރައީސަށް ދެ ވަނަ ދައުރެއް ދޭން ޖެހޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"މިއަދު ހަތަރު އަހަރު ފަހުން މި ހުރިހާ ކަމެއް އަޅުގަނޑުމެން ހަނދާން ނެތި، ޖަޒްބާތުގައި ޖެހިގެން ރައީސް އިބޫއަށް ދެ ވަނަ ދައުރެއް ނުދެވިއްޖެ ކަމަށް ވަންޏާ މީގެ ހިތި އަޅުގަނޑުމެންނަށް ފެންނާނެ،" މާރިޔާ ވިދާޅުވި އެވެ،

މާރިޔާ ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ތާއީދު އޮތީ ރައީސަށް ކަމަށާއި އެމަނިފާނު ބޮޑު ތަނުން ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށެވެ.