Roadha Mihaaru
އިބްރާހިމް ބޮލީވުޑަށް ނުކުންނަ ފިލްމުގައި ކާޖޮލް

އިބްރާހިމް ބޮލީވުޑަށް ނުކުންނަ ފިލްމުގެ ރޯލެއް ކާޖޮލް އަށް

26 އޯގަސްޓް 2023

ބޮލީވުޑްގެ ތަރި ސައިފް އަލީ ހާންގެ ދަރިފުޅު އިބްރާހިމް އަލީ ހާން ބޮލީވުޑަށް ތައާރަފުވާ ފިލްމު "ސާރުޒަމީން" އިން ކާޖޮލް އަށް ވެސް ރޯލެއް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ތަރި ސައިފް އަލީ ހާންގެ ދަރިފުޅު އިބްރާހިމް އަލީ ހާން ބޮލީވުޑަށް ތައާރަފުވާ ފިލްމު "ސާރުޒަމީން" އިން ކާޖޮލް އަށް ވެސް ރޯލެއް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިބްރާހިމް ބޮލީވުޑަށް ތައާރަފު ވަނީ، ބޮލީވުޑްގެ ތަރިންގެ ދަރިން ފިލްމީ ދާއިރާ އަށް ނެރުމުގައި މަޝްހޫރު ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ފިލްމަކުންނެވެ.

"ސާރުޒަމީން" ޑައިރެކްޓު ކުރަނީ އެކްޓަރު، ބޮމަން އިރާނީގެ ދަރިފުޅު ކަޔޯޒް އިރާނީ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ކާޖޮލްގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލަކުން ދެކުނު އިންޑިއާ ސިނަމާގައި މަޝްހޫރު އެކްޓަރު ޕުރިތުވިރާޖު ސުކުމަރަން ވެސް ފެންނާނެ އެވެ. ނަމަވެސް، އެ ރޯލުތަކާ ގުޅޭ މާ ބޮޑު ތަފުސީލެއް އަދި ނުލިބެ އެވެ.

އިބްރާހިމްގެ ދައްތަ އަދި ބޮލީވުޑްގައި މިހާރު މަޝްހޫރު ވަމުން އަންނަ އެކްޓްރެސް ސާރާ އަލީ ހާން ކުރިން ބުނި ގޮތުގައި، އިބްރާހިމް ވަނީ މި ފިލްމުގައި އޭނާ ފެންނާނެ މަންޒަރުތައް ނަގައި ނިންމައިފަ އެވެ. ނަމަވެސް، އަދިވެސް އެހެން ބައެއް މަސައްކަތްތައް ހުރި ކަމަށް ބުނެފައިވެ އެވެ.

އެ ފިލްމުގެ މަސައްކަތް މި އަހަރު ފަހުކޮޅު ނިންމައި، އަންނަ އަހަރު ސިނަމާއަށް ގެންނާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.