Roadha Mihaaru
"ކުޗު ކުޗު ހޯތާ ހޭ" ލަވައެއްގެ އާ ވާޝަންއެއް ނެރެނީ

"ކުޗު ކުޗު ހޯތާ ހޭ"ގެ ލަވައެއްގެ އާ ވާޝަންއެއް ނެރެނީ

13 އޮކްޓޯބަރ 2023

ބޮލީވުޑްގެ މަޝްހޫރު ލޯބީގެ ފިލްމު "ކުޗު ކުޗު ހޯތާ ހޭ" އަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ފިލްމުގެ ލަވައެއްގެ އާ ވާޝަންއެއް ގެނެސްދޭން ނިންމައިފި އެވެ.

ބޮލީވުޑްގެ މަޝްހޫރު ލޯބީގެ ފިލްމު "ކުޗު ކުޗު ހޯތާ ހޭ" އަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ފިލްމުގެ ލަވައެއްގެ އާ ވާޝަންއެއް ގެނެސްދޭން ނިންމައިފި އެވެ.

އާ ވާޝަންއެއްގެ ގޮތުގައި ގެނެސްދެނީ އެ ފިލްމުގެ އެންމެ މަޝްހޫރު އެއް ލަވަ ކަމަށްވާ "ތުޖެ ޔާދު ނަ މޭރީ އައީ" އެވެ.

އެ ފިލްމުގެ ޑައިރެކްޓަރު ކަރަން ޖޯހަރު އިއްޔެ ވަނީ އިންސްޓަގްރާމްގައި އެކަން އިއުލާންކޮށްފަ އެވެ.

އެ ލަވަ އަކީ ޖަތިން-ލަލިތު މިއުޒިކް ހަދައި ބޮލީވުޑްގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އަލްކާ ޔަގްނިކާއި އުދިތު ނާރަޔަން އަދި މަންޕްރީީތު އަހުތަރުގެ އަޑުން ކިޔާފައިވާ ލަވައެކެވެ. އެ ފިލްމުގައި ޖުމްލަ އަށް ލަވަ ހިމެނެ އެވެ.

"ތުޖެ ޔާދު ނަ މޭރީ އައީ 2.0" ރިލީޒްކުރަނީ އެ ފިލްމުގެ އެނިވާސަރީގެ ގޮތުގައި ފާހަގަކުރާ މި މަހު 16 ގަ އެވެ.

އޮކްޓޯބަރު 16، 1998 ގައި ގެނެސްދިން "ކުޗު ކުޗު ހޯތާ ހޭ" އަކީ ކަރަން ލިޔެ، ޑައިރެކްޓުކުރި ފުރަތަމަ ފިލްމެވެ. އެ ފިލްމުގެ ލީޑު ރޯލުތައް ކުޅުނީ ޝާހްރުކް ހާނާއި ކާޖޮލް އަދި ރާނީ މުކަރްޖީ އެވެ.