Roadha Mihaaru
އިދިކޮޅުން އަދާލަތުގެ ކުލަ ބޭނުންކުރުން ކުށްވެރިކޮށްފި

މުއިއްޒަށް މަރުހަބާ ކިޔަން ފެހި ކުލަ ބޭނުންކުރުން އަދާލަތުން ކުށްވެރިކޮށްފި

26 އޯގަސްޓް 2023

އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުވައްމުލަކަށް ވަޑައިގެންނެވި ވަގުތު މަރުހަބާ ދެންނެވުމަށް ބަޔަކު އަދާލަތު ޕާޓީ ރަމްޒުވާ ކުލަ ހިމެނޭ ޓީޝާޓު ލައިގެން ނުކުތުމުން އެކަން އެ ޕާޓީން ކުށްވެރިކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުވައްމުލަކަށް ވަޑައިގެންނެވި ވަގުތު މަރުހަބާ ދެންނެވުމަށް ބަޔަކު އަދާލަތު ޕާޓީ ރަމްޒުވާ ކުލަ ހިމެނޭ ޓީޝާޓު ލައިގެން ނުކުތުމުން އެކަން އެ ޕާޓީން ކުށްވެރިކޮށްފި އެވެ.

އެކަން ކުށްވެރިކޮށް އަދާލަތު ޕާޓީގެ ތަރުޖަމާނު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުއިއްޒުގެ ކެމްޕޭނުގައި އަދާލަތު ޕާޓީގެ ކުލަ ބޭނުން ކުރުމަކީ އިންތިހާބާ ބެހޭ އާންމު ގަވައިދުގެ ދަށުން މަނާ ކަމެއް ކަމަށެވެ.

އޭނާ ވަނީ އެކަން ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވައިފަ އެވެ.

މުއިއްޒަށް މަރުހަބާ ކިޔުމަށް ފެހި ޓީޝާޓުގައި ފުވައްމުލަކުން ނުކުމެފައިވަނީ އަދާލަތު ޕާޓީ ވުޖޫދުވިއިރު އެ ޕާޓީއާ ގުޅުނު ފުވައްމުލަކު އިސް، ފައުންޑިން މެންބަރުންތަކެވެ. އެމީހުން މުއިއްޒަށް މަރުހަބާ ދަންނަވަން ނުކުތީ މިހާރު އޮތް އާދަލަތު ޕާޓީއަށް ތާއިދު ނުކުރާކަން ހާމަކުރާށެވެ.

މުއިއްޒުގެ ސިޔާސީ ހަޔާތް ފެއްޓެވި އަދާލަތު ޕާޓީ މިވަގުތު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކޯލިޝަނުގަ އެވެ. ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ ރައީސްއާ އެކު ކެމްޕޭނު ކުރައްވަމުންނެވެ.