Roadha Mihaaru
އަދުރޭ ރައީސަށް: ވަޑައިގަންނަވާ، ހިޔާނާތްތައް ކިޔާނަން

އަދުރޭ ރައީސަށް: އެއްކޮށް ޕޯޑިއަމަކަށް ވަޑައިގަންނަވާ، ހިޔާނާތްތައް ކިޔައިދޭނަން!

29 އޯގަސްޓް 2023

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ އަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ އަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ފާޑުވިދާޅުވެއްޖެ އެވެ.

ގއ. ވިލިނގިލީގައި ބޭއްވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި އަބްދުއްރަހީމް، ރައީސަށާއި މާރިޔާ އަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވީ ކޮންމެ ދުވަހަކު ގޮތަކަށް މާރިޔާ ބާއްވާ ނިއުސް ކޮންފަރެންސްގައި ދައްކަވާ ވާހަކަތަކާ ގުޅިގެންނެވެ.

ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާ މާރިޔާގެ ނިއުސް ކޮންފަރެންސްތަކުގައި މައިގަނޑު ގޮތެއްގައި ކޮންމެ ދުވަހަކު ވެސް ސީދާ މުއިއްޒަށް އަމާޒު ކުރައްވައި ވާހަކަތައް ދައްކަވަ އެވެ. އޭގެ ތެރޭގައި ބޮޑެތި ތުހުމަތުތައް ވެސް ހިމެނެ އެވެ.

އެހެންވެ، ރޭގެ ޖަލްސާގައި އަބްދުއްރަހީމް ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މާރިޔާ ވެސް މިހާރު ކުރައްވާ ކަމަކީ މުއިއްޒުގެ އަބުރަށް އަރައިގަތުން ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ، އެ ދެ ބޭފުޅުން މުއިއްޒުގެ އަބުރަށް އަރައިގަންނަ ނަމަ ޕީޕީއެމް/ޕީއެންސީން "މާ ރަނގަޅަށް" އެ ކަން ކުރާނެ" ކަމަށެވެ. އެކަމަކު، އެއީ އެ ކޯލިޝަނުން ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެ ވަރު ކޮށްލާނަން. ވަޑައިގަންނަވާ މި ތަނުގައި ޕޯޑިއަމެއް ބަހައްޓައިގެން އަޅުގަނޑުމެންނާ އެކީގައި ވާހަކަ ދައްކާލަން. ކުދިކޮށް ކޮށާލާނަން ވާހަކައިން. ވައްކަން ކޮށްފައި ހުރި ވަރު ކިޔައިދޭނަން. ގައުމަށް ހިޔާނާތްތެރިވެފައިވާ ވަރު ކިޔައިދޭނަން. ދައުލަތުގެ ހަޒާނާ ދޮވެލިވަރު ކިޔައިދޭނަން،"--- އަބްދުއްރަހީމް

"އިބްރާހިމް މުހައްމަދު ސޯލިހު މި ވިދާޅުވަނީ ޕީޕީއެމުން މިހާރު ވެސް މި ނުކުމެވަޑައިގަތީ ރައީސް ޔާމީނޭ. ސިފައެއް ތަފާތު ވަނީ. އަމިއްލަ އެކައުންޓަށޭ ފައިސާ ޖަމާކުރީ. ތަރައްގީގެ މަޝްރޫ ހިންގާކަށް ނޭނގެއޭ. އަޅުގަނޑު އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާނީ ރައްޔިތުން އެބަ ބުނެއޭ އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ކުރާކަށް ނޭނގެއޭ. ރައްޔިތުން އެބަ ބުނެއޭ އިބްރާހިމް މުހައްމަދު ސޯލިހަށް ތަރައްގީ ކުރާކަށް ނޭނގެއޭ. ރައްޔިތުން އެބަ ބުނެއޭ އިބްރާހިމް މުހައްމަދު ސޯލިހުގެ ގާބިލްކަމެއް ނެތޭ. ރައްޔިތުން އެބަ ބުނެއޭ އިބްރާހިމް މުހައްމަދު ސޯލިހަކީ ހިޔާނާތްތެރިއެކޭ. ރައްޔިތުން އެބަ ބުނެއޭ އިބްރާހިމް މުހައްމަދު ސޯލިހަކީ ޣައްދާރެކޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ސަބަބުތައް އެހެން ހުރުމުން އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުހޮވާނެ ކަމަށް "ރައްޔިތުން އެބަ ބުނެ" އެވެ.

ވިލިނގިލީގައި ރޭ ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވި ބައެއް މީހުން.--- ފޮޓޯ: ނިޝާން އަލީ / މިހާރު

ވިލިނގިލީގައި ރޭ ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވި ބައެއް މީހުން.--- ފޮޓޯ: ނިޝާން އަލީ / މިހާރު

އަބްދުއްރަހީމް ވިދާޅުވީ، 21 ވަނަ ގަރުނުގައި ރާއްޖޭގެ ވެރިކަން ކުރަން ދިވެހިން ބޭނުންވަނީ އިލްމީ، ގާބިލް، އަހުލާގު ރަނގަޅު އަދި އިސްލާމީ އަދަބުތަކަށް ލޯބިކުރާ ބޭފުޅެއް ކަމަށެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކިބައިގައި އެ އިން އެއްވެސް ސިފައެއް ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ހިޔާނާތުގެ ވާހަކަ ދަކާއިރު ދިވެހިރާއްޖޭގައި އަދި ނުއުފެދޭ މި އަށް ވުރެ ހިޔާނާތްތެރި ސަރުކާރެއް. އަޅުގަނޑު ހަމަ ހައިރާންވޭ މި ބޭފުޅުން ލަދުފުޅު ނުގަންނަވާތީ،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ، އެ ބޭފުޅުން ކެމްޕެއިނަށް އެކި ރަށްރަށަށް ވަޑައިގަތުމުން އިވެނީ ހުސް ޝަކުވާ ކަމަށެވެ. މަޝްރޫއުތައް ނުފެށުމާއި ނުނިންމުމުގެ ޝަކުވާތަކެވެ. ހާއްސަކޮށް ރަށްރަށުގައި މި ސަރުކާރުން ނިންމާފައިވާ ކަމެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ތުހުމަތު ކުރެއްވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ފަސް އަހަރު ރާއްޖެ އަށް ގެނައީ "ވައްކަން ކުރުމުގެ ތަރައްގީ" އެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ މީހުން ޕޯޑިއަމަށް އަރައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބަހުގެ ހަމަލަ ދޭން ފަށައިފި ނަމަ ދެން ޕޯޑިއަމަށް އަރުއްވަން ރައީސަށް ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.

ޑރ. މުއިއްޒަށް އެނގިވަޑައިގަންނަވާ ރައީސް ޔާމީނަކީ ކޮން ބޭފުޅެއްކަން. ރައީސް ޔާމީނަށް މި ގައުމުގައި އޮތީ ކިހާވަރެއްގެ ތާއީދެއްކަން. ރައީސް ޔާމީނަކީ ކިހާވަރަކަށް ހިދުމަތް ކޮށްދެއްވި ބޭފުޅެއްކަން. ދިވެހި ރައްޔިތުން ރައީސް ޔާމީނަށް ބޭނުންވަނީ ކިހާ ވަރަކަށް ކަން ޑރ. މުއިއްޒަށް އެނގިވަޑައިގަންނަވާ،" ---އަބްދުއްރަހީމް

"އެ ވަރު ކޮށްލާނަން. ވަޑައިގަންނަވާ މި ތަނުގައި ޕޯޑިއަމެއް ބަހައްޓައިގެން އަޅުގަނޑުމެންނާ އެކީގައި ވާހަކަ ދައްކާލަން. ކުދިކޮށް ކޮށާލާނަން ވާހަކައިން. ވައްކަން ކޮށްފައި ހުރި ވަރު ކިޔައިދޭނަން. ގައުމަށް ހިޔާނާތްތެރިވެފައިވާ ވަރު ކިޔައިދޭނަން. ދައުލަތުގެ ހަޒާނާ ދޮވެލިވަރު ކިޔައިދޭނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެހެން ވެގެން އަޅުގަނޑު މި ދަންނަވަނީ މައިތިރިވެގެން ހުންނާށޭ. ސައިޒުގައި ހުންނާށޭ."

މުއިއްޒުގެ ވެރިކަމެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ނުކުރާނެ ކަމަށް ވިދާޅުވެ، މާރިޔާ ދައްކަވާ ވާހަކަތަކަށް ވެސް އަބްދުއްރަހީމް ރޭ ރައްދު ދެއްވި އެވެ. އެދިވަޑައިގަތީ ޔާމީނާއި މުއިއްޒު ޖައްސަން އެއްވެސް ގޮތަކަށް މަސައްކަތް ނުކުރެއްވުމަށެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއް ހިންގާނީ ޔާމީންގެ ލަފަ އާއި މަޝްވަރާގެ މަތިންނެވެ. މުއިއްޒާ ހަވާލާ ދެއްވައި އަބްދުއްރަހީމް ވިދާޅުވީ، މުއިއްޒުގެ ވެރިކަމުގައި އެންމެ އުފަލުން އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ ޔާމީން މިނިވަންކުރުން ކަމަށެވެ.

"ޑރ. މުއިއްޒަށް އެނގިވަޑައިގަންނަވާ ރައީސް ޔާމީނަކީ ކޮން ބޭފުޅެއްކަން. ރައީސް ޔާމީނަށް މި ގައުމުގައި އޮތީ ކިހާވަރެއްގެ ތާއީދެއްކަން. ރައީސް ޔާމީނަކީ ކިހާވަރަކަށް ހިދުމަތް ކޮށްދެއްވި ބޭފުޅެއްކަން. ދިވެހި ރައްޔިތުން ރައީސް ޔާމީނަށް ބޭނުންވަނީ ކިހާ ވަރަކަށް ކަން ޑރ. މުއިއްޒަށް އެނގިވަޑައިގަންނަވާ،" އަބްދުއްރަހީމް ވިދާޅުވި އެވެ.