Roadha Mihaaru
ރަނާއި ރިހިން ޖަރީވެ އަންހެން ޓީޓީ ތާރީހުގެ ތެރެއަށް

އައިއޯއައިޖީ: ރަނާއި ރިހިން ޖަރީވެ އަންހެން ޓީޓީ ތާރީހުގެ ތެރެއަށް

24 ޖުލައި 2019

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިހުގެ އަންހެން ޑަބަލްސް ކެޓަގަރީގެ ފައިނަލުގައި ރާއްޖޭގެ މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލްގެ ޕެއާ ސީދާ ހަތަރު ސެޓުން ބަލިކޮށް ރާއްޖޭގެ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމް ރަން މެޑަލް މިރޭ ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މޮރިޝަސް އިން މުހައްމަދު ހަމްދޫން

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިހުގެ އަންހެން ޑަބަލްސް ކެޓަގަރީގެ ފައިނަލުގައި ރާއްޖޭގެ މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލްގެ ޕެއާ ސީދާ ހަތަރު ސެޓުން ބަލިކޮށް ރާއްޖޭގެ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމް ރަން މެޑަލް މިރޭ ހޯދައިފި އެވެ.

އެއާ އެކު މިރޭ ވެގެން ދިޔައީ ހުރިހާ ގޮތަކުން ވެސް ދިވެހި ކުޅިވަރުގެ ތާރީހީ ރެއަކަށެވެ. ފުރަތަމަ ކަމަކަށް ރާއްޖޭގެ ދެ ޕެއާ ފައިނަލުގައި ކުޅެ ރަން މެޑެއްޔާއި ރިހި މެޑަލް ހޯދުމާ އެކު ޓީޓީ ވެފައިވަނީ ބައިނަލްއަގްވާމީ ގޭމްސްއެއްގައި އެއް އިވެންޓަކުން ރަން އަދި ރިހި ހޯދި ފުރަތަމަ ދިވެހި ކުޅިވަރަށެވެ.

އަދި ދީމާ އާއި ރަފާ ރަން މެޑަލް ހޯދުމާ އެކު އެ ދެ ކުޅުންތެރިން ވެފައިވަނީ ބައިނަލްއަގްވާމީ ކުޅިވަރު ގޭމްސްއެއްގައި ދެން ރަން މެޑަލް ހޯދި ރާއްޖޭގެ ފުރަތަމަ ދެ ކުޅުންތެރިންނަށެވެ. މި ދެ ކުޅުންތެރިން ހިމެނިގެން މި ގޭމްސްގައި އަންހެން ޓީޓީ ޓީމު ވަނީ ޓީމު އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. އެފަދަ ގޭމްސްއަކުން ރާއްޖޭން ދެން ރަން މެޑަލް ހޯދައިދިން ހަމައެކަނި އެތުލީޓަކީ 2015 ވަނަ އަހަރު 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ހަސަން ސާއިދެވެ.

ރަފާ (ކ) އާއި ދީމާ ސެމީ ފައިނަލް މެޗު ކާމިޔާބުކުރުމަށް ފަހު އުފާފާޅުކުރަނީ. --އެމްއޯސީ ފޮޓޯ: އިސްމާއިލް ތޯރިގް

ރަފާ (ކ) އާއި ދީމާ ސެމީ ފައިނަލް މެޗު ކާމިޔާބުކުރުމަށް ފަހު އުފާފާޅުކުރަނީ. --އެމްއޯސީ ފޮޓޯ: އިސްމާއިލް ތޯރިގް

ދީމާ އާއި ރަފާގެ ޕެއާ ފައިނަލުގައި މުއީނާ އާއި ޖުމާނާގެ ޕެއާ އަތުން މޮޅުވީ 11-5، 11-8، 11-8 އަދި 11-9 އިންނެވެ. އުމުރުން 11 އަހަރުގެ ދީމާ އާއި 16 އަހަރުގެ ރަފާގެ ޕެއާ އިން ތަޖުރިބާކާރު ދެ ކުޅުންތެރިންގެ މައްޗަށް ކުރި ހޯދުމުން ހައިރާންވާކަށް ނުޖެހެ އެވެ. މީގެ ތެރެއިން ރަފާ އަކީ ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ މުއީނާ 13 އަހަރު ގައުމީ ޗެމްޕިއަންކަން ހޯދި ސިލްސިލާ މީގެ ދެ އަހަރު ކުރިން ނިންމާލި ކުޅުންތެރިޔާ އެވެ. އަދި ދީމާ ވަނީ މި އަހަރުގެ ގައުމީ ފައިނަލުގައި ރަފާ ބަލިކޮށްފަ އެވެ.

ހަގީގަތަކީ ފައިނަލުގެ ނަތީޖާއާ މެދު ގިނަ ބަޔަކު ނުވިސްނާ ކަމެވެ. ރާއްޖޭގެ ދެ ޕެއާ ސެމީން މޮޅުވެ ރަން މެޑެއްޔާއި ރިހި މެޑަލް ކަށަވަރުކުރި ހިސާބުން، ތާރީހީ ބޮޑު ކާމިޔާބެއް ލިބި އެންމެންގެ ހިތް ފުރުނެވެ. ތައުރީފް އޮއްސަން ޖެހެނީ ރާއްޖޭގެ ދެ ޕެއާ ވެސް ފައިނަލަށް ދަތުރުކުރި ގޮތަށެވެ. ދެއްކި މޮޅު ކުޅުމަށެވެ.

ރިހި މެޑަލް ހޯދި މުއީނާ (ކ) އާއި ޖުމާނާއާ ސްޕޯޓްސް މިނިސްޓަރު މަހުލޫފު ސަލާމްކުރައްވަނީ. --އެމްއޯސީ ފޮޓޯ: އިސްމާއިލް ތޯރިގް

ރިހި މެޑަލް ހޯދި މުއީނާ (ކ) އާއި ޖުމާނާއާ ސްޕޯޓްސް މިނިސްޓަރު މަހުލޫފު ސަލާމްކުރައްވަނީ. --އެމްއޯސީ ފޮޓޯ: އިސްމާއިލް ތޯރިގް

މުއީނާ އާއި ޖުމާނާ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްގެންނެވެ. ގްރޫޕުގެ ފުރަތަމަ މެޗުން މޮރިޝަސް އަތުން މޮޅުވީ 11-9، 11-8، 13-11 ގެ ސްކޯއަކުން ސީދާ ތިން ސެޓުންނެވެ. ދެ ވަނަ މެޗުން ރިޔޫނިއަން މޮޅުވީ 3-1 ސެޓުންނެވެ. ސްކޯއަކީ 11-5، 11-3، 12-14 އަދި 11-7 އެވެ. ފަހުން މެޗުން މޮޅުވީ މަޑަގަސްކަރައާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސްކޯއަކީ 11-3، 11-7 އަދި 11-7 އެވެ.

އެ ޕެއާ ކުއާޓާ ފައިނަލުން މޮޅުވީ މޮރިޝަސްގެ ހޮސެނަލީ އޫމެހާނީ އާއި ޖަލިމް ނަންޑެޝްވާރީ އަތުން ސީދާ ހަތަރު ސެޓުން މޮޅުވެގެންނެވެ. ސްކޯއަކީ 14-12، 11-9، 11-8 އަދި 11-6 އެވެ. ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި މަޑަގަސްކަރައިގެ ނިއަންޓްސާ ރަންޑްރިއަންއަރިސޯ އާއި ސަރޮބިޑް ރަހަރިނަރިވޯ އަތުން ސީދާ ހަތަރު ސެޓުން (11-5، 11-8، 11-7، 12-10) އިން މޮޅުވެގެންނެވެ.

ރަފާ އާއި ދީމާގެ ޕެއާ ކުއާޓާ ފައިނަލަށް ދަތުރުކުރީ ވެސް ގްރޫޕުގެ އެއް ވަނަ ހޯދައިގެންނެވެ. ފުރަތަމަ މެޗުން މޮރިޝަސް އަތުން މޮޅުވީ ފަހަތުން އަރައި 3-2 ސެޓުންނެވެ. ސްކޯއަކީ 8-11، 3-11، 11-8، 11-5 އަދި 14-12 އެވެ. އެ ޕެއާ ދެ ވަނަ މެޗުން މޮޅުވީ ސީޝެލްސްއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސްކޯއަކީ 11-6، 11-5 އަދި 11-4 އެވެ.

ރާއްޖޭގެ ދެ ޕެއާ ވެސް ފައިނަލަށް ދިއުމާ އެކު ޓީޓީ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ. --އެމްއޯސީ ފޮޓޯ: އިސްމާއިލް ތޯރިގް

ރާއްޖޭގެ ދެ ޕެއާ ވެސް ފައިނަލަށް ދިއުމާ އެކު ޓީޓީ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ. --އެމްއޯސީ ފޮޓޯ: އިސްމާއިލް ތޯރިގް

ދީމާ އާއި ރަފާ ސެމީން ޖާގަ ހޯދީ ކުއާޓާގައި މޮރިޝަސްގެ އިވާނާ ޑެސްކޭން އާއި ކެރޮލީން ރަމަސޯމީ 4-1 އިން ބަލިކޮށްގެންނެވެ. އެ މެޗުގެ ސްކޯއަކީ 11-6، 11-9، 10-12، 11-9 އެވެ. މި ޕެއާ ސެމީ ފައިނަލުގައި ނުކުތީ ޓީމު އިވެންޓުގައި ފައިނަލުން ވެސް ބަލިކުރި މޮރިޝަސް ޓީމުގެ އެންމެ ވަރުގަދަ ދެ ކުޅުންތެރިން ކަމަށްވާ ގުކޫލް ވިދާދާއި ކިނޫ ރުގިއްޔާއާ ދެކޮޅަށެވެ. ޑަބަލްސް އިވެންޓުގައި ފެނުނު އެންމެ ވަރުފަދަ އެއް މެޗަކީ އެއީ އެވެ. އެ މެޗުގެ ފުރަތަމަ ސެޓު ގެއްލިފައިވަނިކޮށް ދީމާ އާއި ރަފާ ފަހަތުން އަރައި މޮޅުވި މޮޅުވުމަށް ތައުރީފް ހައްގެވެ.

މެޗުގެ ފުރަތަމަ ސެޓުގައި މޮރިޝަސްގެ ޕެއާ ދީމާ އާއި ރަފާ އަށް ޕޮއިންޓެއް ވެސް ނުދީ ހަތް ޕޮއިންޓް ހަމަކޮށް، ސެޓު ނިންމާލީ ފަސޭހަކަމާ އެކު 2-11 އިންނެވެ. އަދި ވާދަވެރިކޮށް ގޮސް ވެސް ދެ ވަނަ ސެޓު 9-11 އިން ކާމިޔާބުކުރި އެވެ. އެހިސާބުން އެ ޕެއާ އަށް ވަރަށް ބޮޑު އިތުބާރެއް ލިބުނެވެ. އެކަމަކު ރަފާ އާއި ދީމާ ތިން ވަނަ ސެޓު 11-7 އިން ކާމިޔާބުކޮށް ރާއްޖެ އަށް އުއްމީދެއް ގެނެސްދިނެވެ. އަދި ޓީމަށް ސަޕޯޓްކޮށްދޭން އައި ގައުމީ ފިރިހެން ވޮލީބޯޅަ ޓީމާއި އަންހެން ވޮލީބޯޅަ ޓީމުން ދިން ފޯރިއާ އެކު އާ ހިތްވަރެއް ލިބުނެވެ.

ރަން މެޑަލް ހޯދި ޕެއާގައި ހިމެނޭ ރަފާގެ ކަރުގައި ސްޕޯޓްސް މިނިސްޓަރު މަހުލޫފު ރަން މެޑަލް އަޅުވަނީ. --އެމްއޯސީ ފޮޓޯ: އިސްމާއިލް ތޯރިގް

ރަން މެޑަލް ހޯދި ޕެއާގައި ހިމެނޭ ރަފާގެ ކަރުގައި ސްޕޯޓްސް މިނިސްޓަރު މަހުލޫފު ރަން މެޑަލް އަޅުވަނީ. --އެމްއޯސީ ފޮޓޯ: އިސްމާއިލް ތޯރިގް

ވަރަށް، ވަރަށް ވާދަވެރިކޮށް ގޮސް ހަތަރު ވަނަ ސެޓު 16-14 އިން ރަފާ އާއި ދީމާ ކާމިޔާބުކުރި އެވެ. އެއަށް ފަހު ފަސް ވަނަ ސެޓު 12-10 އިން ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް ލީޑު ނެގި އެވެ. މޮޅުވާން ފުރުސަތު ލިބުނު ނަމަވެސް މޮރިޝަސް އިން ހަ ވަނަ ސެޓު 7-11 އިން ކާމިޔާބުކުރުމާ އެކު ދެ ޕެއާ ހަމަހަމަވި އެވެ. އެއާ އެކު ގަދަ ހިފުމަކަށް ދާން ޖެހުނެވެ. މި ސެޓުގައި ރަފާ އާއި ދީމާ ވަރަށް އިތުބާރާ އެކު ކުޅެ 11-6 އިން ކާމިޔާބުކޮށް ފައިނަލަށް ދިޔައީ އެވެ. އެ ހިސާބުން ރާއްޖެ އަށް ރަން މެޑެއްޔާއި ރިހި މެޑަލް ކަށަވަރުވި އެވެ.

ރަން މެޑަލް ހޯދި ރަފާ އާއި ދީމާ އަށް އަދި ރިހި މެޑަލް ހޯދި މުއީނާ އާއި ޖުމާނާ އަށް އަދި ލޯ މެޑަލް ހޯދި މަޑަގަސްކަރައިގެ ޕެއާ އަށް މެޑަލް ދެއްވީ ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފެވެ.

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މަރުޒޫގު (ވ) އާއި ސެކްރެޓްރިއޭޓް މެމްބަރު ޝިފާޒް މެޗުގައި ސަޕޯޓްކުރަނީ. --އެމްއޯސީ ފޮޓޯ: އިސްމާއިލް ތޯރިގް

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މަރުޒޫގު (ވ) އާއި ސެކްރެޓްރިއޭޓް މެމްބަރު ޝިފާޒް މެޗުގައި ސަޕޯޓްކުރަނީ. --އެމްއޯސީ ފޮޓޯ: އިސްމާއިލް ތޯރިގް

މި ދެ މެޑެއްޔާ އެކު ރާއްޖޭން މިހާރު ވަނީ މި ގޭމްސްގައި ނުވަ މެޑަލް ހޯދައިފަ އެވެ. އެއީ 2015 ވަނަ އަހަރުގެ ގޭމްސްގައި ރާއްޖެ އަށް ޖުމްލަ ހޯދުނު އަދަދެވެ. ރާއްޖޭން ހޯދާފައިވާ މެޑަލް ތަކަކީ ޓީޓީން ހޯދި ދެ ރަން މެޑެއްޔާއި ރިހި މެޑެއްޔަކާއި ބީޗް ވޮލީބޯޅައިން ހޯދި ރިހި މެޑެއްޔަކާއި ލޯ މެޑެއްޔަކާއި އެތުލެޓިކްސް އިން ހޯދި ދެ ލޯ މެޑެއްޔާއި ބެޑްމިންޓަނުން ހޯދި ދެ ލޯ މެޑެއްޔެވެ.

ޓީޓީގެ ޑަބަލްސްގައި ވާދަކުރި ރާއްޖޭގެ ފިރިހެން ދެ ޕެއާ އަށް ކުއާޓާ ފައިނަލުން ޖާގަ ނުލިބެ އެވެ. މުހައްމަދު ޒީސްތު ނަސީމާއި މުންތިފް އަހުމަދުގެ ޕެއާ އަދި މޫސާ މުންސިފާއި ޝައްފާން އިސްމާއިލްގެ ޕެއާ ވެސް ދިޔައީ ގްރޫޕުގެ ތިން ވަނަ އަށެވެ. ޒީސްތު އާއި މުންތިފްގެ ޕެއާ އިން މޮރިޝަސް އަތުން 3-1 އިން އަދި ރިޔޫނިއަން އަތުން ހަމަ އެ ނަތީޖާ އިން ބަލިވި ނަމަވެސް ފަހު މެޗުން މަޑަގަސްކަރަ އަތުން 3-1 އިން މޮޅުވި އެވެ. މުންސިފާއި ޝައްފާންގެ ޕެއާ ދެ މެޗުން ވެސް ބަލިވީ އެވެ. އެއީ މޮރިޝަސް އަދި ރިޔޫނިއަން އަތުން ވެސް ސީދާ ތިން ސެޓުންނެވެ.