Roadha Mihaaru
ދެ ރަށެއްގެ ޓާޝަރީ ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި

ކުޅުދުއްފުއްޓާއި ތިނަދޫގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އަޅަން ޗައިނާ ކުންފުންޏަކަށް

30 އޯގަސްޓް 2023

ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި އިމާރަތްކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އަޅަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި އިމާރަތްކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އަޅަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ތިރީސް އަށް މިލިއަން ޑޮލަރަށް، އެ މަސައްކަތް ހަވާލުކުރީ ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެވެ.

ހެލްތު މިނިސްޓްރީން ބުނީ އިއްޔެ އެ ކުންފުންޏާ ހަވާލުކުރީ މަސައްކަތް ފަށާތާ ދެ އަހަރާއި ހަ މަހުން ނިންމަން ޖެހޭ ގޮތަށް ކަމަށެވެ.

އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ އެކްޒެކެޓިވް އަބްދުލްހައްނާން ހުސެއިނެވެ. ޗައިނާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވައިސް ޕްރެސިޑެންޑް ޖިންހުއި އެވެ.

އެ ދެ ރަށުގައި މިހާރު ވެސް ހޮސްޕިޓަލް ހުންނައިރު އެ ތަންތަނުގެ ހިދުމަތް ރަނގަޅު ކުރުމަށް މި ސަރުކާރުން ވަނީ އިތުރު ހިދުމަތްތައް ވެސް ތަރައްގީކޮށްފަ އެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް އެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ހޮސްޕިޓަލްތައް އަޅަން ނިންމާފައި ވަނީ ކުޅުދުއްފުއްޓާއި ތިނަދޫގެ އިތުރުން، ރ. އުނގޫފާރާއި އަދި ލ. ގަމުގަ އެވެ. އައްޑޫގެ ޓާޝިއަރީ ހޮސްޕިޓަލް ވަނީ 2020 ގައި ހުޅުވައިފަ އެވެ.