އުތުރުގެ ތިން އަތޮޅެއްގެ ރައްޔިތުން ސިއްޚީ ޚިދުމަތަށް ބަރޯސާވާ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭނާއި ކާޑިއެކް ޚިދުމަތް މިރޭ ރަސްމީކޮށް ފަށައިފި އެވެ. މިއީ، ވެރިރަށް މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި މި ދެ ޚިދުމަތް ތައާރަފު ކުރި ފުރަތަމަ ފަހަރެވެ.
11 އޮކްޓޯބަރ 2019
އުތުރުގެ ތިން އަތޮޅެއްގެ ރައްޔިތުން ސިއްޚީ ޚިދުމަތަށް ބަރޯސާވާ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭނާއި ކާޑިއެކް ޚިދުމަތް މިރޭ ރަސްމީކޮށް ފަށައިފި އެވެ. މިއީ، ވެރިރަށް މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި މި ދެ ޚިދުމަތް ތައާރަފު ކުރި ފުރަތަމަ ފަހަރެވެ.
ކުޅުދުއްފުށީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ކާޑިއެކް ސެންޓަރުގެ ޚިދުމަތާއި ސީޓީ ސްކޭންގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ.
ހެލްތް މިނިސްޓްރީން ބުނީ، ކުޅުދުއްފުށީ ހޮސްޕިޓަލްގެ ކާޑިއެކް ސެންޓަރުން ހުރިހާ ނޮން އިންވޭސިވް ކާޑިއެކް ޓެސްޓްތައް މިހާރު ހެދޭނެ ކަމަށެވެ. އެގޮތުން، ކާޑިއޯގްރާމާއި ތްރެޑްމިލް ޓެސްޓިން އަދި ހޯލްޑާ މޮނިޓަރިން އެ ސެންޓަރުން ހެދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ކާޑިއެކް ސެންޓަރުގެ ޚިދުމަތާއި ސީޓީ ސްކޭންގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ: މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށަކަށް މި ދެ ޚިދުމަތް ތައާރަފު ކުރި ފުރަތަމަ ފަހަރު.---ފޮޓޯ: ހެލްތު މިނިސްޓްރީ
މިއީ، ހއ. އާއި ހދ. އަދި ށ އަތޮޅުގެ ރައްޔިތުން ޚިދުމަތް ހޯދާ ކުޅުދުއްފުށީ ހޮސްޕިޓަލަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ސީޓީ އާއި ކާޑިއޯ ޓެސްޓު ހެދުމަށް އެ ހޮސްޕިޓަލުން 74 ބަލި މީހުން މާލެ ފޮނުވަން ޖެހުނެވެ. މީގެތެރެއިން ގިނަ މީހުން ފޮނުވާލަން ޖެހުނީ ޗާޓަރު ނުވަތަ ޝެޑިއުލްޑް ފްލައިޓެއްގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
Minister of health @ameenex and team visit the new facilities of the @KulhudhuffushiH- cardiac department in KRH- will have all necessary non-invasive cardiac testing such as echo cardio gram, treadmill testing and holter monitoring can be now performed pic.twitter.com/0YwUM3KtwH
— Ministry of Health (@MoHmv) October 11, 2019
ކުޅުދުއްފުށީ ހޮސްޕިޓަލް ގައި މިރޭ އަލަށް ތައާރަފު ކުރި ޚިދުމަތްތައް ހެލްތު މިނިސްޓަރު އަމީން ބައްލަވައިލައްވަނީ.
އެ މިނިސްޓްރީން ބުނީ ފަރުވާ އަށް އެހެން ހޮސްޕިޓަލަކަށް ޗާޓަރު ފްލައިޓެއްގައި މިގޮތަށް ފޮނުވާލާ ބަލި މީހަކަށް 125،600 ރުފިޔާ ޚަރަދުވާ ކަމަށެވެ. ޝެޑިއުލްޑް ފްލައިޓެއްގައި ފޮނުވާލަން 14،966 ރުފިޔާ ހޭދަވެ އެވެ.
ފްލައިޓު ދަތުރުގެ އިތުރުން ބަލިމީހާ އާއި އާއިލާގެ އަތުން އެތައް ޚަރަދުތަކެއް، ހުރުމާއި ކެއުން ފަދަ ކަންކަމަށް ކުރަން ޖެހެ އެވެ. އެހެންކަމުން ކުޅުދުއްފުށީ ހޮސްޕިޓަލުން ސީޓީ ސްކޭނާއި ކާޑިއެކް ޚިދުމަތް ލިބުމަކީ ރެފަރަލް ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމެއް ކަން ހެލްތު މިނިސްޓްރީން ފާހަގަކުރެ އެވެ.
އެ މިނިސްޓްރީން ބުނީ ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކާޑިއެކް ސެންޓަރާއި ސީޓީ ސްކޭންގެ ޚިދުމަތް 64،000 މީހުންނަށް ލިބޭނެ ކަމަށެވެ.
ހެލްތުން އާއްމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ދުވާލަކު އެވްރެޖްކޮށް 305 ބަލި މީހުން ކުޅުދުއްފުށީ ހޮސްޕިޓަލުން ފަރުވާ ހޯދަ އެވެ. އަދި ހޮނިހިރު ދުވަހު އެ އަދަދު 650 އަށް އަރާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކާޑިއެކް ސެންޓަރާއި ސީޓީ ސްކޭންގެ ޚިދުމަތް ރަސްމީކޮށް މިރޭ ފައްޓަވައި ދެއްވުމަށް ފަހު، ހެލްތު މިނިސްޓަރު އަމީން، އެ ޚިދުމަތްތައް ގާއިމް ކޮށްފައިވާ ފެންވަރު އޮޅުން ފިލުއްވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ
އެ ހޮސްޕިޓަލްގައި މިވަގުތު 28 ޑޮކްޓަރުންނާއި 78 ނަރުހުންގެ އިތުރުން 16 މެޑިކަލް ޕްރެކްޓިޝަނުން ފަރުވާދެ އެވެ.
ރާއްޖޭގެ ފަސް ސަރަހައްދެއްގައި މަތީ ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލެއް ގާއިމް ކުރުމަށް ސަރުކާރުގެ ފަސް އަހަރުގެ އެކްޝަން ޕްލޭންގައި ހިމަނާފައިވެ އެވެ. އުތުރުގައި ގާއިމްކުރާ އެފަދަ އެއް ހޮސްޕިޓަލަކީ ކުޅުދުއްފުށީ ހޮސްޕިޓަލެވެ.
ކުޅުދުއްފުށީގައި ހިތުގެ ޓެސްޓުތައް ހެދުން ހުއްޓިފައި!
މިއީ އިންގިލާބީ ބަދަލުތަކުގެ ފަސް އަހަރު: އަމީން
ކޭއާރުއެޗްގެ މައްސަލަ ހައްލުކުރަން 10 ދުވަސް ދީފި
ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސްއާ ހަވާލު ކުރަނީ
10 އަހަރު ނާންނަވަރުގެ ކުރިއެރުން ހޯދޭނެ: އަމީން
މިހާރަށް ބޭނުންވާ ވަރަށް ވަސީލަތް އެބަހުރި: އަމީން
6ރަށެއްގައި ކޮވިޑަށް ޓެސްޓުކުރާނެ ކާޓްރިޖް ހަދިޔާކޮށްފި
ބޭނުންވާ ތަކެތި އެބަހުރި، ދަތިކަމެއް ނެތް: ނަރުދޫ
ހެލްތުގެ 20 މަޝްރޫއެއް ހިންގަން ކައުންސިލްތަކަށް
ކޮވިޑް19އަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓެސްޓްކޮށްފި