04 ސެޕްޓެމްބަރ 2023
ދެކުނަށް ޓޫރިޒަމްގެ ބޮޑު އިންގިލާބެއް ގެނެސް އުތުރަށް ހަރަކާތްތެރި، މިނިވަން އިގުތިސާދެއް ގެންނާނެ ގޮތުގެ ތަސައްވުރެއް ޑިމޮކްރެޓްސް އިން ހުށަހަޅައިފި އެވެ.
ދެކުނަށް ޓޫރިޒަމްގެ ބޮޑު އިންގިލާބެއް ގެނެސް އުތުރަށް ހަރަކާތްތެރި، މިނިވަން އިގުތިސާދެއް ގެންނާނެ ގޮތުގެ ތަސައްވުރެއް ޑިމޮކްރެޓްސް އިން ހުށަހަޅައިފި އެވެ.
ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ އިލްޔާސް ލަބީބުގެ މެނިފެސްޓޯގައި ހިމެނޭ ދެކުނު އަދި އުތުރުގެ ތަސައްވުރު ރޭ ވަނީ ހާމަކުރައްވާފަ އެވެ. އެ ތަސައްވުރުގައިވާ ގޮތުން އުތުރުގެ ކުޅުދުއްފުށި، ދިއްދޫ އަދި ދެކުނުގެ އައްޑޫ، ފުވައްމުލައް އަދި ހުވަދު އަށް ބޮޑު އިންތިލާބެއް ގެންނަން ހިމަނާފައިވެ އެވެ.
ޑިމޮކްރެޓްސް އިން ތަސައްވުރުކުރާ ގޮތަކީ ތިލަދުންމަތި، ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދެއްގެ ގޮތުގައި އަލުން އަނބުރާ ގެނައުމެވެ. އެ ތަސައްވުރު ހާސިލްކުރުމަށް ދިއްދޫ-ކުޅުދުއްފުށީ ހިމެނޭ ގޮތަށް އަތޮޅުގެ ދެ ބިތަށް ބޮޑެތި ބަދަލުތެކެއް ގެނައުމަށް ހިމަނާފައިވެ އެވެ.
- ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު ތަރައްގީކުރުން
ބަނދަރު ތަރައްގީކުރުމުގެ ގޮތުން ރާއްޖެއަށް އެތެރެކުރާ މިންވަރު މަދުކުރުމަށް ބާރުއަޅާ ބާވަތްތައް ފިޔަވައި ހުރިހާ މުދަލަކުން ޑިއުޓީ އެކީ ކަނޑާލުމަށް ނިންމާފައިވެ އެވެ. އަދި ސީދާ ބޭރުން މުދާ ގެންނަ ބޯޓު ފަހަރު ގާތް ކުރެވޭނެހެން އެ ބަނދަރު ތަރައްގީ ކުރުން ވެސް ހިމަނާފައިވެ އެވެ. ގުދަން ކުރާނެ ވެއާ ހައުސްތަކާއި ފިހާރަތައް ވެސް ބަނދަރުގައި ހަދާނެ އެވެ.
- ނޮޅިވަރަމްގައި ފްރީ ޓްރޭޑް ޒޯނެއް
އިލްޔާސްގެ ތަސައްވުރުގައިވާ ގޮތުން، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށީ ސަރަހައްދީ ބަނދަރާ އެކުވެގެން މުދާ އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރުމާއި ރީއެކްސްޕޯކުރުމުގެ ހަރަކާތްތައް ހިންގަން ނޮޅިވަރަމުގައި ފްރީ ޓްރޭޑް ޒޯނެއް ގާއިމުކުރާނެ އެވެ.
- ސަރަަހައްދީ ތަރައްގީ ބޭންކެއް
ތިލަދުންމަތީ ރަށްރަށުގެ ކައުންސިލްތަކުގެ ތަރައްގީ އެކިއެކި މަޝްރޫއުތަކަށާއި ސަރަަހައްދުގެ ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސް ހަމަޖައްސާނެ ސަރަަހައްދީ ތަރައްގީގެ ބޭންކެއް ކުޅުދުއްފުށީގައި ގާއިމްކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.
- ހަނިމާދޫ އެއާޕޯޓާ ގުޅުވައި ދިއްދޫ، ކުޅުދުއްފުށީގައި ލޮޖިސްޓިކްސް ސެންޓަރުތައް ގާއިމްކުރުން
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ރާއްޖެއިން ބޭރުގެ މާކެޓްތަކަށް މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށާއި އެއާފްރައިޓްކޮށް އިމްޕޯޓް ކުރެވޭ މުދާ ޑިސްޓްރިބިއުޓްކުރުމަށް ހަނިމާދޫ އެއާޕޯޓާ ގުޅުވައި ދިއްދޫ އަދި ކުޅުދުއްފުށީގައި ލޮޖިސްޓިކްސް ސެންޓަރުތަކެއް ގާއިމް ކުރާނެ އެވެ.
މީގެއިތުރުން، ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން މުދަލާއި އެއްގަމު އުޅަނދުފަހަރާއި މީހުން އުފުލޭނެ ރޯރޯ ފެރީ ތައާރަފުކޮށް، ދިއްދޫ-ކުޅުދުއްފުއްޓާ ވަށައިގެންވާ ރަށްތައް ގުޅާލާނެ ކަމަށް މެނިފެސްޓޯގައިވެ އެވެ.
ކުޅުދުއްފުށީ ބަނދަރު ތަރައްގީ ކުރުމަށް "ދަ ޑިމޮކްރެޓްސް" އިން ތަސައްވުރު ކޮށްފައިވާ ގޮތުގެ ކުރެހުމެއް
- ދިއްދޫ އަށް ސިޓީއެއްގެ ދަރަޖަ، ބާޒާރު ބަނދަރެއް ތަރައްގީކުރުން
އުތުރުގެ ދެވަނަ ސިޓީއެއްގެ ގޮތުން ދިއްދޫ އަށް ސިޓީއެއް ދަރަޖަ، ސިޓީއަކަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާ އެކު ދޭން ވަނީ ހިމަނާފަ އެވެ. އަދި ރަށުގެ ބަނދަރު، މުދާ އަރުވާ ބޭލުމަށް ބޭނުންވާ ވަސީލަތްތަކާއި ބަލްކު މުދާ ގުދަން ކުރާނެ ވެއާ ހައުސްތަކާއި ބަނދަރުމަތީ ފިހާރަތަކާ އެކު ފުރިހަމަ ބާޒާރު ބަނދަރަތަކަށް ތަރައްގީ ކުރަން ވެސް ނިންމާފައިވެ އެވެ.
- ދިއްދޫ އަދި ކުޅުދުއްފުށީގައި 1،000 ކޮންޑޯ ޔުނިޓް
އެންމެ ފަޅުގެތައް ގިނަ ކޮށިތަކާއި މީހުން ގިނަ ތޮއްޖެހިފައިވާ ކޮށިތައް ދެނެގަނެ އެ ތަންތަނަށް އަދުލުވެރި ބަދަލުދީ، ހުސްކުރުމަށް ފަހު 15 ބުރީގެ ޒަމާނީ ކޮންޑޮމީނިއަމް އިމާރާތްތަކެއް ޑޭކެއާ ސެންޓަރުތަކާއި އެލްޑާ ކެއާ ސެންޓަރުތަކާއި ޖިމްތަކާއި ފިހާރަތަކާއި ޕާކިން ޖާގައާ އެކު ދިއްދޫ އަދި ކުޅުދުއްފުށީގައި ގާއިމްކުރަން ނިންމާފައިވެ އެވެ.
މަސްކައްކާ ހިއްކާ އަދި ވެލިއު އެޑްކޮށްގެން މަހުން އެކި ބާވަތްތައް އުފައްދާ އަމިއްލަ ފަރާތްތަކަށް މަސްވެރިކަމުގެ އުފެއްދުންތައް ޕްރޮސެސްކޮށް ޕެކްކޮށް ލޭބަލްކުރެވޭނެ ވަސީލަތްތަކާ އެކު ލައިޓް މެނުފެކްޗަރިން ޕްލާންޓެއް ދިއްދޫގައި ގާއިމް ކުރުމަށް ވެސް ނިންމާފައިވެ އެވެ.
- ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް، ޓޫރިޒަމް ފުޅާކުރުން
އިލްޔާސްގެ މެނިފެސްޓޯގައި ހިމަނާފައިވަނީ، ހަނިމާދޫ އެއާޕޯޓް ފުރިހަމަ އިންޓަނޭޝަނަލް އޮޕަރޭޝަނަކަށް ގެންދިޔުމަށެވެ. އަދި، ސަރަހައްދުން ބޭނުންވާ އެނދުގެ އަދަދު ހަމަކުރުމަށް އިތުރު ރިސޯޓްތައް ތަރައްގީކޮށް ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ހޮޓޯތައް މާކެޓްކުރުމަށް އެމްއެމްޕީއާރްސީގެ ސަރަހައްދީ ވިންގެއް ދިއްދޫގައި ގާއިމް ކުރާނެ އެވެ.
ސަރަހައްދުގައި ޓޫރިޒަމް ފައްކާކުރުމަށް އިލްޔާސްގެ ވެރިކަމުގެ ފުރަތަމަ ތިން އަހަރު ތިލަދުންމަތީގެ ޓޫރިޒަމް ރިސޯޓްތަކުގެ ޓީޖީއެސްޓީ ކަނޑާލައި ޖެހިގެން އަންނަ ހަތް އަހަރު 50 ޕަސެންޓްގެ ޓެކްސް ޑިސްކައުންޓެއް ދޭން ހިމަނާފައިވެ އެވެ.
މީގެއިތުރުން އަމިއްލަ ގޭގައި ގެސްޓްހައުސް އިމާރާތް ކުރަން ބޭނުންވާ ކޮންމެ މީހަކަށް ސީދާ ސަރުކާރުން ގެރެންޓީ ދީގެން ފައިނޭންސް ހަމަޖައްސައިދޭނެ ކަމަށް ވެސް މެނިފެސްޓޯގައިވެ އެވެ.
ބެންކްއުޓް ހޯލްތަކާއި މީޓިން ރޫމްތަކާއި ބިޒްނަސް ފެސިލިޓީތަކާއި ކުޅިވަރު މުނިފޫހިފިލުވުމުގެ ވަސީލަތްތަކާ އެކު ސިޓީގެ އެހެން ގެސްޓްހައުސް ހޮޓާތަކުގެ ވިޔަފާރިއަށް އެހީތެރިވެދޭނެ ސިޓީ ހޮޓަލެއް ދިއްދޫ އަދި ކުޅުދުއްފުށީގައި ގާއިމްކުރުމަށް ވެސް ނިންމާފައިވެ އެވެ.
- ލައިޓް މެނުފެކްޗަރިން ޕްލާންޓެއް ކެލާގައި
ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ވެލިއު އެޑްކޮށް އެއިން އެކު ބާވަތްތައް އުފައްދާ އަމިއްލަ ފަރާތްތަކަށް ދަނޑުވެރިކަމުގެ އުފެއްދުންތައް ޕްރޮސެސްކޮށް ޕެކްކޮށް ލޭބަލް ކުރެވޭނެ ވަސީލަތްތަކާ އެކު ލައިޓް މެނުފެކްޗަރިން ޕްލާންޓެއް ގާއިމްކުރާނެ ކަމަށް މެނިފެސްޓޯގައި ބުނެފައިވެ އެވެ.
ތަސައްވުރު ހާމަކުރުމަށް ބޭއްވި ޖަލްސާގައި އިލްޔާސް ވާހަކަ ދައްކަވަނީ
އައްޑޫ، ފުވައްމުލައް އަދި ހުވަދު އަތޮޅު ހިމެނޭ ގޮތަށް އިލްޔާސް ލަބީބު ދެކުނަށް ގެންގުޅުއްވާ ތަސައްވަރަކީ ޓޫރިޒަމްގެ ބޮޑު ހަބަކަށް ސަރަަހައްދު ބަދަލުކޮށްލުމެވެ.
- ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ހިންގުން ހަރުދަނާކުރުން
ޒަމާނީ ފެންވަރަށް އެއާޕޯޓް ތަރައްގީކޮށް ދުނިޔޭގެ އެކި މަންޒިލްތަކުން ޝެޑިއުލް ފްލައިޓްތައް އޮޕަރޭޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް މެނިފެސްޓޯގައިވެ އެވެ.
- ސީ ޕްލޭން ހަބެއް ގާއިމްކުރުން
ހުވަދު އަތޮޅާއި ފުވައްމުލަކުގެ ޓޫރިޒަމަށް ފަހިވާނެ ގޮތަށް ތިން އަތޮޅު ތެރޭގައި ސީ ޕްލޭން އޮޕަރޭޓް ކުރެވޭނެ ހަބެއް، ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމްކުރާނެ އެވެ.
- ކަނޑު ދަތުރުގެ ނިޒާމް ތަރައްގީކުރުން
ފެރީ ޓާމިނަލްތައް ހިމެނޭ ގޮތަށް އައްޑޫ، ފުވައްމުލައް އަދި ހުވަދޫއާ ދެމެދު ކަނޑު ދަތުރުކުރުމުގެ ނިޒާމް ތަރައްގީ ކުރަން ވަނީ ނިންމާފަ އެވެ.
- ޓްރާންސްޝިޕްމަންޓް ބަނދަރެއް
އެފްރިކާ ބައްރުގެ އިރުމަރީ އަދި ދެކުނުގެ ގައުމުތަކާއި އިރުމަތީ އޭޝިއާގެ ގައުމުތައް ގުޅުވާލަދޭ ޓްރާންސްޝިޕްމަންޓް ހަބެއް އައްޑޫ ސިޓީގައި ގާއިމްކުރުމަށް ވެސް އިލްޔާސްގެ ތަސައްވުރުގައިވެ އެވެ.
- އައްޑޫގެ ހިއްކާފައިވާ ބިން ޕްލޭންކޮށް ތަރައްގީކުރުމަށް ފައިނޭންސް ހޯދުން
ކޯޕަރޭޓް ބިޒްނަސް ސެންޓަރުތަކާއި ކަނޑުއަޑީގެ ޑާޓާ ސެންޓަރު، މަސް ޕްރެސެސިން ފެސިލިޓީ އަދި ވެއާ ހައުސިން ފަދަ ކަންކަން ގާއިމްކުރާނެ އެވެ.
- ގެދޮރު ބިނާކޮށް ހޯމް ސްޓޭ ޓޫރިޒަމް ފުޅާކުރުން
ޑިމޮކްރެޓްސްގެ ތަސައްވުރު ހާމަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން
- ފުވައްމުލައް ބަނދަރު ތަރައްގީކުރުން
ފުވައްމުލަކުގައި މިހާރު ބޭނުން ކުރަމުންދާ ބަނދަރު މަރާމާތުކޮށް، ބޮޑު ބަނދަރަކަށް ހަދައި، ޓޫރިޒަމް އަދި ޕެސެންޖާ ބޭނުންތަކަށް ހާއްސަ ސަރަަހައްދުތަކާއި ބޭނުންވާނެ ޒަމާނީ ވަސީލަތައް ގާއިމްކުރާނެ އެވެ. ކޮމާޝަލް/ކާގޯ ހަރަކާތްތަކަށް ހާއްސަ ސަރަަހައްދެއް ކަނޑައަޅައި ބޭނުންވާ ވަސީލަތްތައް ހެދުމާއި ޑިންގީ ފަދަ ކުޑަ އުޅަނދުތަކަށް ހާއްސަ ޒަމާނީ ފެންވަރުގެ ޑޮކިން އޭރިއާއެއް ވެސް ގާއިމް ކުރާނެ އެވެ. އަދި، ވިޔަފާރި ބޭނުމަށް ބަނދަރު ސަރަަހައްދުން ކޮމާޝަލް ޔުނިޓްތައް ހަމަޖައްސައި ދޫކުރަން ވެސް ނިންމާފައިވެ އެވެ.
- ފުވައްމުލައް އެއާޕޯޓް ތަރައްގީކުރުން
ފުވައްމުލައް ބަނދަރު އެކްސްޓެންޝަންގެ ތެރެއިން ހިއްކާ ބިމުން އެއާޕޯޓްގެ ރަންވޭ އިތުރަށް އެކްސްޓެންޑް ކުރެވޭނެ ކަމަށާއި އޭރަށް 1600 މީޓަރަށް އެއާޕޯޓްގެ ރަންވޭ ބޮޑުކުރެވޭނެ ކަމަށް މެނިފެސްޓޯގައިވެ އެވެ. ޕްރައިވެޓް ޖެޓްތަކަށް ޖާގަ ދިނުމަށް އެއާޕޯޓްގެ އޭޕްރަން ބޮޑުކޮށް، ފެސިލިޓީސް ގާއިމް ކުރާނެ އެވެ.
އަދި، ކަޅު އަކިރިގަނޑު ސަރަަހައްދު ތަރައްގީ ކުރަން ވެސް ހިމަނާފައިވެ އެވެ. ޓޫރިސްޓުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށް ޓޫރިސްޓް ބީޗް ހެދުމާއި ފަތުރުވެރިންނަށް ހާއްސަކޮށްގެން ހިންގާ އެކިއެކި ހިދުމަތްދޭ ތަންތަނާއި ސޯލްޓީ ތެރަފިއުޓިކް އިންފިނިޓީ ޕޫލެއް ގާއިމް ކުރުމަށް ވެސް ތަސައްވުރު ކޮށްފައިވެ އެވެ.
- ހުވަދުއަށް ގެންނަ ތަރައްގީ
ހުވަދު އަތޮޅަށް ތަރައްގީ ގެނައުމަށް އިލްޔާސް ހުށަހެޅުއްވި ތަސައްވުރުގައިވާ ގޮތުން ކާޑެއްދޫގައި ހުވަދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރާނެ އެވެ. އަދި އެ ރަށުގައި ސިޓީ ހޮޓާއެއް ގާއިމް ކުރާނެ އެވެ. ދެން އިސްކަމެއް ދީފައިވަނީ ހުވަދޫގެ އާބާދީ ބޮޑު ތިނަދޫ، ގައްދޫ އަދި ވިލިނގިލި ތަރައްގީ ކުރާށެވެ.
މި ތިން ރަށުގައި ވެސް ބޯހިޔާވަހިކަމަށް ހާއްސަކޮށް ކޮންޑޮމީނިއަމް އިމާރާތްތަކެއް ގާއިމްކުރަން ނިންމާފައިވެ އެވެ. އަދި ގޭދޮށު މަސް ޕްލާންޓްތައް އެޅުމަށް ރާވާފައިވެ އެވެ.
ޑިމޮކްރެޓްސް އެދެނީ 25 ގައި ނިޒާމީ ވޯޓު ނަގަން
ތިން މަހުގެ ކެމްޕެއިނުން ދައުލަތް ބަލިކޮށްފިން: އަމްރު
ޑިމޮކްރެޓްސް އޮތީ ޕާޓީތަކާ އެކު މަޝްވަރާއަށް ތައްޔާރަށް
މުއިއްޒާ ގުޅޭނެ ކަމުގެ އިޝާރާތެއް ނަޝީދު ދެއްވައިފި
ޑިމޮކްރެޓްސްއިން ފަރުދުން ފުދުންތެރިކުރުވާނެ: އީވާ
ބޮޑުހިލައަށްވުރެ މުހިންމު ވާނީ ސިއްހަތާއި ތައުލީމް
އިލްޔާސް: ފަރުދުންގެ އާމްދަނީ އިތުރުކުރަން ޕްލޭނަކާއެކު
އިލްޔާސަށް ޔަގީން، ކޯލިޝަނާ މެދު ގޮތެއް ނުނިންމާ
ބޯހިޔާވަހިކަމަށް ޝަރުތަކީ 18 އަހަރުވުން: އިލްޔާސް
ފަރުދުންގެ އާމްދަނީ 5 ގުނަ އިތުރުކޮށްދޭނަން: އިލްޔާސް