އދ. މަހިބަދޫ ކައިރީގައި އޮތް މާފަރުފަޅު، މަހިބަދޫގެ އިހުތިސާސްގެ ތެރޭގައި ހިމަނައި، އެ ތަން ހިއްކައިގެން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގައި ދިނުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވައުދުވެވަޑައިގެންފި އެވެ.
04 ސެޕްޓެމްބަރ 2023
އދ. މަހިބަދޫ ކައިރީގައި އޮތް މާފަރުފަޅު، މަހިބަދޫގެ އިހުތިސާސްގެ ތެރޭގައި ހިމަނައި، އެ ތަން ހިއްކައިގެން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގައި ދިނުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވައުދުވެވަޑައިގެންފި އެވެ.
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މަހިބަދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، ބިން ނެތިގެން ހައްލު ނުވެ އޮތް މި ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ ހައްލު ކުރުމަށް އޮތީ ދެ ގޮތެއް ކަމަށެވެ.
ފުރަތަމަ ގޮތަކީ އޭނާ ވިދާޅުވި ގޮތުގައި، ރަށުގައި މި ވަގުތު ބާވެ، ވީރާނާ ވެފައިވާ އިމާރާތްތައް ތަޅާލައި، އެ ތަނުގައި ހައުސިން ޕްރޮޖެކްޓެއް ހިންގުމެވެ. އެފަދަ ބައެއް ތަންތަން ހުރި ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ މަހިބަދޫގެ މީހުން އެދޭ ނަމަ އެކަން ކުރެވެން އޮތް އެންމެ ފުޅާ މިނެއްގައި އޭނާގެ ސަރުކާރެއްގައި ކޮށް، 100 ހައުސިން ޔުނިޓުގެ މަޝްރޫއެއް ހިންގަވާނެ ކަމަށެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މުއިއްޒު ދެއްވި ދެ ވަނަ ހައްލަކީ މާފަރުފަޅު ހިއްކައިގެން އެ ތަނުގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމެވެ. އެކަމަށް ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އެ ފަޅު، މަހިބަދޫގެ އިހްތިސާސްގެ ތެރެއަށް ގެނައުން ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ދުރުރާސްތާ ޕްލޭނެއްގެ ގޮތުގައި އެ ތަން ތަރައްގީ ކުރެވޭނެ ކަމަށެވެ.
"މުޅި އަތޮޅަށް ބޭސްކޮށް، އެ ތަނުގައި ގެދޮރު ބިނާކުރުމާއި އުމްރާނީ ތަރައްގީ، އިގްތިސޯދީ ތަރައްގީގެ މަޝްރޫތަކާއި އިޖުތިމާއީ ބޭނުންތަކަށް ބޭނުންވާ ޖާގައާއި ސިނާއީ ބޭނުންތަކަށް މި ގޮތަށް ރަނގަޅަށް ޕްލޭންކޮށް ޖާގަ ލިބޭ ގޮތަށް އެ ތަން ތަރައްގީ ކުރެވޭނެ،" ހަތް އަހަރު ދުވަހު ހައުސިން މިނިސްޓަރު ކަން ކުރައްވާފައިވާ މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި މި ރަށުގެ މަގު ހެދުމުގެ މަޝްރޫއުގައި ނުހިމެނޭ މަގުތައް ތަރައްގީ ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
- ކައުންސިލް މެދުވެރިކޮށް ކުނި މެނޭޖު ކުރުން.
- ހޮސްޕިޓަލް އިތުރަށް ތަރައްގީކޮށް، ފުރިހަމަ ކުރުން.
- ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުން
މިނިވަންކަން އެއީ ނަންބަރު ވަން: މުއިއްޒު
ކަންކަން ރީތިކޮށް ކުރުމުގެ ފުރުސަތަށް އެދެން: މުއިއްޒު
އެގްރީމަންޓެއް ނުފޮރުވާނެ ކަމަށް ޔަގީން ކުރަން:މުއިއްޒު
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"
ޒިންމާދާރުއިދިކޮޅުޕާޓީއަކަށް ވާން މުއިއްޒު ގޮވާލައްވައިފި
އަޅުގަނޑަށް ހިނގާނީ ރައްޔިތުންގެ ބާރު އެކަނި:މުއިއްޒު
މުއިއްޒު ދެއްވީ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ
މުއިއްޒުގެ ކާމިޔާބީ ފާހަގަކުރާ ޖަލްސާ މިރޭ ބާއްވަނީ
ފަހަރަކު ކަމެއް ނިންމަމުން ގޮސް ރާއްޖޭގެ ވެރިކަމަށް!