Roadha Mihaaru
ހުޅުމާލޭގައި ހެދި ކޮންޓެއިނާ ވޯކިން ސްޕޭސް ހުޅުވައިފި

އެސްއެމްއީތަކަށް ހުޅުމާލޭގައި ހެދި ކޮންޓެއިނާ ވޯކިން ސްޕޭސް ހުޅުވައިފި

05 ސެޕްޓެމްބަރ 2023

ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހެދި ކޮންޓެއިނާ ޕާކްގެ ވޯކިން ސްޕޭސް މިއަދު ހުޅުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހެދި ކޮންޓެއިނާ ޕާކްގެ ވޯކިން ސްޕޭސް މިއަދު ހުޅުވައިފި އެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި، ރެޑްވޭވް މެގަ މޯލް ފުރަގަހުގައި، އާބަންކޯ އަދި އިނޮމިކް މިނިސްޓްރީއާ ގުޅިގެން ގެންދާ ކޮންޓެއިނާ ޕާކް މަޝްރޫއުގެ ފުރަތަމަ ތަން ހުޅުވައިދެއްވީ ޑެފިއުޓީ މިނިސްޓަރު ރިޔާޒު މަންސޫރެވެ.

މިނިސްޓްރީން ބުނީ ކޯ ވޯކިން ސްޕޭސް ތަރައްގީކުރުމުގެ ބޭނުމަކީ އަލަށް ފަށާ ވިޔަފާރިތައް މަސައްކަތްކުރެވޭނެ ފަހި މާހައުލެއް ގާއިމްކޮށް، އެ ފަދަ ވިޔަފާރިތައް ކުރިއަރުވަން ފަންނީ އެހީއާއި ވަސީލަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

ކޮންޓެއިނާ ޕާކްގެ ކޯ-ވޯކިން ސްޕޭސް ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީ އަދި އިކޮނޮމިކް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އާބަންކޯ

ކޮންޓެއިނާ ޕާކްގެ ކޯ-ވޯކިން ސްޕޭސް ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީ އަދި އިކޮނޮމިކް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އާބަންކޯ

އެ ތަނުގައި 16 ވޯކް ސްޓޭޝަން އަދި މީޓިން ރޫމެއް ހުންނާނެ އެވެ.

އާބަންކޯއިން ބުނީ ޒަމާނީ އަދި އާޓިސްޓިކް ޕްލޭނެއްގެ ދަށުން ތައްޔާރުކުރި ކޮންޓެއިނާ ޕާކުގައި ޓޭކްއަވޭ ކެފޭއަކާއި ފާސްޓު ފުޑް އައުޓްލެޓެއް ކުރިއަށް އޮތް ތަނުގައި ގާއިމްކުރާނެ އެވެ.

ވޯކިން ސްޕޭސްގެ ފުރަތަމަ މަހު ދޫކުރަން ހަމަޖައްސާފައިވަނީ ހިލޭ އެވެ. ކޯ ވޯކިން ސްޕޭސް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން އިރުއޮއްސި 6:00 ގެ ނިޔަލަށް ހުޅުވާފައި ހުންނާނެ އެވެ.

އާބަންކޯއިން ބުނީ އެ ޕާކްގެ ސަބަބުން ހުޅުމާލޭގެ ޒުވާނުންނަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.