ލަންޑަން (ސެޕްޓެމްބަރު 11) - ޓޮޓެންހަމް ހޮޓްސްޕާގެ ފޯވާޑް ސޮން ހެއުން މިން އަށް އޭނާގެ އަމިއްލަ ގައުމުގެ ދެކުނު ކޮރެއާގެ ކުންފުނި ސެމްސަންގް ބްރޭންޑުގެ ފޯނު ފިޔަވައި އެހެން ފޯނެއް ގެންގުޅުން މަނާ ކޮށްފައިވާކަން ހާމަކޮށްފި އެވެ.
ލަންޑަން (ސެޕްޓެމްބަރު 11) - ޓޮޓެންހަމް ހޮޓްސްޕާގެ ފޯވާޑް ސޮން ހެއުން މިން އަށް އޭނާގެ އަމިއްލަ ގައުމުގެ ދެކުނު ކޮރެއާގެ ކުންފުނި ސެމްސަންގް ބްރޭންޑުގެ ފޯނު ފިޔަވައި އެހެން ފޯނެއް ގެންގުޅުން މަނާ ކޮށްފައިވާކަން ހާމަކޮށްފި އެވެ.
ޓިކްޓޮކްގައި އާއްމު ވެފައިވާ ވީޑިއޯއެއްގައި، ސަޕޯޓަރަކު ސޮން އާއެކު ސެލްފީއެއް އޭނާގެ ފޯނު ދިއްކޮށްލުމުން، އައިފޯނަކަށް ވާތީ އަތްލެވެން ނެތް ކަމަށް ބުންޏެވެ. އަދި އިހުތިރާލާ އެކު އޭނާ އެދުނީ ސަޕޯޓަރު އަމިއްލަ އަތުން ފޯނު ހިފަހައްޓައިގެން އިނދެ ސެލްފީ ނަގުމަށެވެ. ނަމަވެސް އޭނާގެ ޓޮޓެންހަމް ޖޯޒީއެއް ހިފައިގެން ހުރި ސަޕޯޓަރެއްގެ ސެމްސަންގް ފޯނަކުން ސޮން ވަނީ ސެލްފީ ނަގައި ދީފަ އެވެ.
ސޮން އަކީ ސެމްސަންގްގެ ބްރޭންޑް އެމްބެސެޑަރެއް ގޮތުގައި ޖުލައި މަހު އެ ކުންފުނިން ހާމަކުރި އެވެ. ކޮންޓްރެކްޓުގައި ވާ ގޮތުން އޭނާއަށް ވާދަވެރި ބްރޭންޑްތަކުގެ ފޯނުގައި އަތެއް ނުލެވޭނެ އެވެ.
މީގެ ކުރިން 2012 ވަނަ އަހަރު ސްޕޮންސާޝިޕް އުސޫލަކާ ހިލާފް ވެގެން ބްރެޒިލްގެ ލެޖެންޑަރީ ކުޅުންތެރިޔާ ރޮނާލްޑީނިއޯ އަށް ވަނީ އަހަރަކު 500،000 ޕައުންޑް ލިބޭ ކޮންޓްރެކްޓެއް ގެއްލިފަ އެވެ. އޭނާގެ ކުށަކަށް ވީ ކޮކާކޯލާގެ އެމްބެސެޑަރަކަށްވެ ހުރެ ޕްރެސް ކޮންފަރެންސެއްގައި އޮޅުމަކުން ޕެޕްސީ ދަޅެއް ބުއިމެވެ.
ސޮން އަކީ ދެކުނު ކޮރެއާގެ އެންމެ މަޝްހޫރު ކުޅިވަރު ޝަހުސިއްޔަތެވެ. އޭނާއަކީ ސެމްސަންގްގެ އިތުރުން ކެލްވިން ކްލެއިން އާއި ބާބެރީ ފަދަ ފެޝަން ބްރޭންޑްތަކާއި، ކުޅިވަރު އެތުލީޓުންނަށް ހާއްސަ ގެޓޯރޭޑް ކުންފުންޏާއި ސިންގަޕޫރުގެ އޭއައިއޭ އިންޝުއަރެންސް ކުންފުނީގެ ވެސް އެމްބެސެޑަރެވެ.
ފާއިތުވި ސީޒަންގައި ޓޮޓެންހަމާ އެކު އުނދަގޫ ދުވަސްތަކެއް ހޭދަކުރުމަށް ފަހު އޭނާ އަންނަނީ މި ސީޒަންގައި ކުރީގެ މޮޅު ކުޅުން ތަކުރާރު ކުރަން މަސައްކަތް ކުރަމުންނެވެ. މިދިޔަ ސީޒަންގައި ސޮން އަށް ލީގުގައި ޖެހުނީ 10 ގޯލެވެ. އޭގެ ކުރީ ސީޒަންގައި އޭނާ ވަނީ ލީގުގެ ރަން ބޫޓު ހޯދައިފަ އެވެ.
މި ސީޒަންގައި މިހާތަނަށް އޭނާ ވަނީ ހަތަރު މެޗުން ތިން ގޯލު ޖަހައިފަ އެވެ. ތިން ގޯލަކީ ބާންލީ ކޮޅަށް ހެދި ހެޓްރިކެކެވެ. ދެން ކުޅުނު މެޗުތަކުގައި ގޯލެއް ނުޖެހުނަސް، ޓީމުގެ ފޯވާޑް ހެރީ ކޭން ޖަރުމަން ލީގަށް ބަދަލުވުމާ ގުޅިގެން އެ ޓީމުގެ އެޓޭކް ލީޑުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ސޮން އެވެ.
ދެކުނު ކޮރެއާ ގައުމީ ޓީމުން މި ހިނގާ އިންޓަނޭޝަނަލް ބްރޭކުގައި އަންނަނީ އިނގިރޭސިވިލާތުގައި ކޭމްޕު ކޮށްގެން ނޮވެމްބަރު މަހު އޮންނަ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ތައްޔާރު ވަމުންނެވެ.
ޓްރޭނިން ތެރޭން ކުޅުނު ރަހުމަތްތެރިކަމުގެ ފުރަތަމަ މެޗުގައި ވޭލްސްއާ ދެކޮޅަށް ލަނޑެއް ނުޖެހި އެއްވަރު ވެފައި ވާއިރު، ފަހު މެޗުގައި މިރޭ އިންގްލެންޑުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅޭނެ އެވެ.
ސޮން އާއި ޗިލްވެލް އަށް ވެސް ވޯލްޑް ކަޕް ގެއްލިދާނެ
އެންމެ މަގުބޫލު 5ޖީ ފޯނަކީ އައިފޯން 12
އާ އައިފޯނަށް ސެމްސަންގުން "މޮޅު" މަލާމާތެއް
ގެލަކްސީ ނޯޓް 20 އަލްޓްރާ: އަޅާކިޔާނީ ކޮން ފޯނަކާ؟
ގޮރިއްލާ ގްލާސްއަށް ނަންބަރުގެ ބަދަލުގައި ނަމެއް
އައިފޯން އޯލެޑް އޯޑަރުތަކުގެ 80 ޕަސެންޓް ސެމްސަންގަށް
އައިފޯން 11: އެންމެ ގިނައިން ވިކުނު ސްމާޓްފޯން
އަސްކަރީ ތަމްރީން ބަލަން އެއްނުވާން ސޮން އެދިއްޖެ
އެޕަލް އިން ސިރީ އަށް އުނގަންނައިދެނީ
ފުޓްބޯޅަ ހުއްޓިފައި އޮތުމުން ސޮން އަސްކަރީ ހިދުމަތަށް