ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަނިޔާ ވެގެން، ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅޭ ދެކުނު ކޮރެއާގެ މިޑްފީލްޑަރު ސޮން ހެއުން މިން އާއި ޗެލްސީ އަށް ކުޅޭ އިންގްލެންޑުގެ ވާތުބެކް ބެން ޗިލްވެލް އަށް މި މަހު ފަށާ ވޯލްޑް ކަޕުގައި ނުކުޅެވިދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.
03 ނޮވެމްބަރ 2022
ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަނިޔާ ވެގެން، ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅޭ ދެކުނު ކޮރެއާގެ މިޑްފީލްޑަރު ސޮން ހެއުން މިން އާއި ޗެލްސީ އަށް ކުޅޭ އިންގްލެންޑުގެ ވާތުބެކް ބެން ޗިލްވެލް އަށް މި މަހު ފަށާ ވޯލްޑް ކަޕުގައި ނުކުޅެވިދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.
ޓޮޓެންހަމުން އަންގާރަ ދުވަހުގެ ރޭ ފްރާންސްގެ މާސޭ ބަލިކުރި މެޗުގައި ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން އުމުރުން 30 އަހަރުގެ ސޮން ބަދަލު ކުރަން ޖެހުނީ ފުރަތަމަ ހާފުގަ އެވެ.
ޓޮޓެންހަމުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އޭނާގެ ވާތު ލޮލުގެ ކަށިގަނޑަކަށް އަނިޔާ ވެފައި ވާތީ، ސާޖަރީ އެއް ކުރަން ޖެހޭނެ ކަމަށާއި، ސާޖަރީ އަށް ފަހު ރިހެބިލިޓޭޝަނަށް ދުވަސް ބޭނުންވާނެ ކަމަށެވެ. ނަމަވެސް އަނިޔާއިން މުޅިން ރަނގަޅު ވާނެ ސީދާ ދުވަހެއް ޓޮޓެންހަމުން ހާމަ ކޮށްފައެއް ނުވެ އެވެ.
"ސާޖަރީ އަށް ފަހު މެޑިކަލް ސްޓާފުންނާ އެކު ސޮން އޭނާގެ ރިހެބިލިޓޭޝަން ފަށާނެ، އަދި ކުރިއަށް އޮތްތާނގައި ސަޕޯޓަރުންނަށް އިތުރު ތަފްސީލު ފޯރު ކޮށްދެވޭނެ،" ޓޮޓެންހަމްގެ ބަޔާނުގައި ވެއެވެ.
ޓޮޓެންހަމްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ސޮން އަށް އަނިޔާ ވެފައި ވާއިރު، އެ ޓީމުގެ އެޓޭކުގައި ހިމެނޭ ބްރެޒިލްގެ ރިޗާލިސަން އާއި ސްވިޑެންގެ ދިޔާން ކުލުސެވްސްކީ ވެސް ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ.
ޗެލްސީ އަށް ކުޅޭ ޗިލްވެލް އަށް އަނިޔާ ވީ ޗެމްޕިއަންސް ލީގުގައި ރޭ ކްރޮއޭޝިއާގެ ޑިނަމޯ ޒެގެރެބް އާ ވާދަކުރި މެޗުގަ އެވެ. މެޗުގެ އިތުރު ވަގުތުގައި ޗިލްވެލްގެ ހެމްސްޓްރިންގަށް އަނިޔާ ވެގެން، އިތުރަށް ކުރިއަށް ނުގެންދެވިގެން އޭނާ ވަނީ ދަނޑުން ބާލައިފަ އެވެ.
"ޕޮޒިޓިވްކޮށް ނުފެނޭ، ޗިލްވެލް އަށް އަނިޔާ ވުމަކީ ވަރަށް ބޮޑު ގެއްލުމެއް، މެޗުގެ އެހެން ކަންކަން ދިޔައީ ރަނގަޅަށް،" ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ ބުންޏެވެ.
ޗިލްވެލް އަށް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު ގައި ވެސް އަނިޔާވެގެން ގިނަ ދުވަސްތަކަކަަށް ކުޅުމާ ދުރުގައި ހުރެފަ އެވެ. ލިގަމެންޓަށް ލިބުނު އަނިޔާއަކުން ސަލާމަތް ވެގެން އޭނާ އެނބުރި ކުޅުމަށް އައީ މި އަހަރުގެ މެއި މަހު އެވެ.
ދެކުނު ކޮރެއާ އިން ވޯލްޑް ކަޕް ގައި ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 24 ވަނަ ދުވަހު ބައްދަލުކުރާނީ އުރުގުއޭއާ ދެކޮޅަށެވެ. ކޮރެއާއާ އެކު މި ގުރޫޕުގައު ޕޯޗުގަލް އާއި ގާނާ ވެސް ހިމެނެ އެވެ.
އެމެރިކާ އާއި ވޭލްސް ހިމެނޭ ގުރޫޕު ބީ ގެ ފުރަތަމަ މެޗުގައި، މި މަހުގެ 21 ވަނަ ދުވަހު އިންގްލެންޑު ނުކުންނާނީ އިރާނާ ދެކޮޅަށެވެ.
ޔުނައިޓެޑާއި ޗެލްސީއަށް ޕޮއިންޓެއް، ޓޮޓެންހަމް ބަލި
ޔުނައިޓެޑް އަނެއް ބުރަށް؛ ސިޓީ ޖެހެނީ ޓޮޓެންހަމާ
ވިލާ، 8 އަހަރުތެރޭ އެފްއޭ ކަޕްގައި ފުރަތަމަ މޮޅު
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ޗެލްސީއާ އެކު ޕޮޗެޓީނޯ ޓޮޓެންހަމްގެ ރެކޯޑް ހުއްޓުވައިފި
އެންމެން ހައިރާން ކޮށްލައި ޔުނައިޓެޑް މޮޅު ވެއްޖެ
ޗެލްސީ ގޯހުން ގޯހަށް، އާސެނަލް ހުއްޓުވީ ސޮން
ސެމްސަންގް ފޯނަކުން ނޫނީ ސޮން އަށް ސެލްފީއެއް ނުނެގޭ
ޔުނައިޓެޑް ޗެމްޕިއަންސް ލީގުން ޖާގަ ޔަގީންކުރުމާ ގާތަށް
ނިއުކާސަލް އާއި ޗެލްސީ އަދި ޓޮޓެންހަމް ބަލިވެއްޖެ