Roadha Mihaaru
ޓްރީޓޮޕްގެ "ނާޗާ ޕްރޮގުރާމް" އަށް ހުޅުވާލައިފި

މާބަނޑު މީހުންނަށް މައުލޫމާތު ދޭ ޕްރޮގްރާމްގައި ބައިވެރިވާން ޓްރީ ޓޮޕުން ހުޅުވާލައިފި

13 ސެޕްޓެމްބަރ 2023

ޓްރީ ޓޮޕް ހޮސްޕިޓަލުން މާބަނޑު މީހުންނަށް ހިންގާ ނާޗާ ޕްރޮގްރާމަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޓްރީ ޓޮޕް ހޮސްޕިޓަލުން މާބަނޑު މީހުންނަށް ހިންގާ ނާޗާ ޕްރޮގްރާމަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކޮންމެ މަހަކު 30 މީހަކަށް ފުރުސަތު ދީގެން ކުރިއަށް ގެންދާ ޕްރޮގްރާމް ކުރިއަށްގެންދާނީ ސެޕްޓެމްބަރު 23، ގެ ހެނދުނު 11:00 އިން ފެށިގެން އެ ދުވަހުގެ މެންދުރު 1:00 ގެ ނިޔަލަށެވެ.

ޓްރީ ޓޮޕުން ބުނި ގޮތުގައި މި ޕްރޮގުރާމްގައި، ގާތުން ދިނުމާއި ވިހެއުމާއި އަލަށް އުފަންވާ ކުދިންނާއި މައިންނަށް ހަމުގެ ފަރުވާ އާއި ވިހެއުމުގެ ކުރިން ކަސްރަތުކުރުމާއި ރިހުން މެނޭޖްކުރުމާ ބެހޭ މައުލޫމާތު ސެޝަންތަކެއް ކުރިއަށް ދާނެ އެވެ. މި ސެޝަންތަކުގައި މައުލޫމާތު ދެއްވާނީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ، ނިއޯނެޓޮލޮޖީ، ޑާމަޓޮލޮޖީ، ފިޒިއޮތެރަޕީ، އަދި ނާސިންގެ މެޑިކަލް އެކްސްޕާޓުންނެވެ.

އަލަށް މާބަނޑުވާ މީހުންނަށް ބޭނުންތެރި މުހިންމު މައުލޫމާތު މި ޕްރޮގްރާމުން ލިބޭނެ ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.

މި ޕްރޮގުރާމުގައި ބައިވެރިވާން ބޭނުންވާ މީހުންނަސް 3351610 ނަމްބަރުން ޕްރޮގުރާމާ ގުޅޭ އިތުރު މައުލޫމާތު ލިބޭނެ އެވެ.