16 ސެޕްޓެމްބަރ 2023
މާލެ-ހުޅުމާލެ ހައިވޭގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓެއްގައި އެތަނުގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތަކަށް މިއަދު ގެއްލުންވެއްޖެ އެވެ.
މާލެ-ހުޅުމާލެ ހައިވޭގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓެއްގައި އެތަނުގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތަކަށް މިއަދު ގެއްލުންވެއްޖެ އެވެ.
އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ފުލުހުން ބުނީ ހައިވޭގެ ހަތަރު ލޭނުން ހުޅުމާލެއިން މާލެއަށް ދަތުރުކުރި ޓެކްސީއެއް ކޮންޓްރޯލް ނުވެ ގޮސް ސޯލާ ޕެނަލްތަކުގައި ޖެހިފައިވާ ކަމަށް މިއަދު ހެނދުނު ހަތެއް ޖަހާކަށް ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
"މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވޭ. ނަމަވެސް ޓެކްސީ އަށާއި ސޯލާ ޕެނަލްތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވޭ" ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގީ ޓެކްސީ ދުއްވަން އިން ޑްރައިވަރަށް ނިދި ޖެހިގެންނެވެ.
ހުޅުމާލެއިން މާލެއަށް ދަތުރުކުރި ޓެކްސީއެއް ކޮންޓްރޯލް ނުވެ ގޮސް ސޯލާ ޕެނަލްތަކުގައި ޖެހިފައި.---ފޮޓޯ: އާމިނަތު ނަދާ
ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މި އެކްސިޑެންޓުގައި ސްޓްރަކްޗާގެ ބަޔަކަށާއި އޭގައި ހަރުކޮށްފައި ހުރި ހަތަރު ސޯލާ ޕެނަލަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މި އެކްސިޑެންޓް ހިނގީ، މި ކަހަލަ ކަމެއް ހިނގާފާނެ ކަމަށް ބަލައި ސޯލާ ޕެނަލްތައް ހުންނަ ސަރަހައްދުގައި ޕެންސް ޖެހުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައި ވަނިކޮށް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ހައިވޭގައި ހަރުކޮށްފައިވާ ހުރިހާ ސޯލާ ޕެނަލްތަކެއް ހުރީ އިންޝުއަރެންސް ވެސް ކޮށްފަ އެވެ.
މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ލިންކު ރޯޑު ނުވަތަ ހައިވޭގައި 5.6 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމު ގާއިމު ކުރަނީ ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑް ކުންފުންޏާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ ނޮވެމްބަރު 2020 ގަ އެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރު ޑިސެމްބަރުގަ އެވެ.
އެ މަސައްކަތް އަދި އެއްކޮށް ނުނިމެ އެވެ.
ދެ ސައިކަލު ޖެހި ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
މަރުވީ ކާރެއް ނަގަންދިޔަ ފުލުހުންގެ ޕިކަޕްގައި ޖެހިގެން
ލައިޓަށް މަޑުނުކުރި، ތިން މީހަކަށް ފަރުވާދެނީ
ސައިކަލު މަޑުނުކޮށް ދަނިކޮށް އިތުރު އެކްސިޑެންޓެއް
ބްރިޖް އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް
ބްރިޖު މަތިން ކާރެއް ފުރޮޅާލައިފި
އިއްސެގެ އެކްސިޑެންޓުގެ ވީޑިއޯ ލީކުވި މައްސަލަ ބަލަނީ
ފުލުހުންގެ ކާރެއް ފުރޮޅާލައި ތިން މީހަކަށް އަނިޔާވެއްޖެ
ހައިވޭގައި ޕިކަޕަކާއި ބަހެއް ޖެހި އިތުރު އެކްސިޑެންޓެއް
ޓްރެފިކް ލައިޓަށް މަޑުނުކޮށް ގޮސް ޖެހުނީ ސައިކަލެއްގައި