މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ލާން ދެ ދުވަސް ތެރޭގައި 25،000 މީހުން ރީރަޖިސްޓަރީ ކުރުމުން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ސުވާލު އުފައްދަވައިފި އެވެ.
17 ސެޕްޓެމްބަރ 2023
މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ލާން ދެ ދުވަސް ތެރޭގައި 25،000 މީހުން ރީރަޖިސްޓަރީ ކުރުމުން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ސުވާލު އުފައްދަވައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓު ލާން ރީ-ރަޖިސްޓްރީ ކުރަން ދެ ދުވަސް ތެރޭގައި މިހާތަނަށް 25،000 އަށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށެވެ.
އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ދެ ވަނަ ބުރުގެ ރީ-ރަޖިސްޓްރޭޝަނަށް މިދިޔަ ހުކުރު ދުވަހު ހުޅުވައިލުމުން އެ ދުވަހު އެކަނިވެސް 9،206 ފޯމު ލިބުނު ކަމަށެވެ. އިއްޔެ، 18،349 މީހުން ރީ-ރަޖިސްޓްރީ ވާން ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަށް އިޝާރާތް ކުރައްވައި މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދެ ދުވަސް ތެރޭގައި އެހާ ގިނަ އަދަދެއްގެ މީހުން ރީރެޖިސްޓަރީ ވާން އެދުމުން ސުވާލު އުފެދޭ ކަމަށެވެ. އެހެންވެ، ސިޔާސީ ޕާޓީތަކުންނާއި ބައިނަލްއަގްވާމީ އޮބްޒާވަރުންނާއި މޮނިޓަރުން އެކަން ރަނގަޅަށް ބަލަން މުއިއްޒު ގޮވާލެއްވި އެވެ.
It is highly questionable that 25000 people would have re-registered in just 2 days for the upcoming second round of the Presidential Election. This must be seriously looked into by all political parties, international monitors, observers and other concerned bodies.
— Dr Mohamed Muizzu (@MMuizzu) September 17, 2023
މުއިއްޒުގެ ޓުވީޓް
މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި 50،000 އަށް ވުރެ ގިނަ މީހުން ވޯޓު ލާން ނުނިކުންނަ އިރު، ދެވަނަ ބުރުގައި އެހާ ގިނަ އަދަދެއްގެ މީހުން ރީ-ރަޖިސްޓްރީ ކުރަމުން އަންނަނީ، ހުށަހަޅާ މީހާ އަށް ނޭނގި، ވޯޓުތަކެއް ގެއްލުވައިލަން ކަމަށް ތުހުމަތުތައް ދަނީ ކުރަމުންނެވެ.
މިފަދަ ތުހުމަތުތަކެއް ކުރަމުން ދާތީ ޕީޕީއެމް/ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބައެއް މީހުންނަށް އެންގުމެއް ނެތި އެ މީހުންގެ ނަމުގައި އީސީ އަށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި ވޯޓުލާތަން ބަދަލު ކުރުމަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ ކޯލިޝަނުން ބުންޏެވެ..
"އެބޭފުޅަކު ރަޖިސްޓްރީވެފައިވާ ފޮށިތައް އިއުލާނުކޮށް ޝަކުވާ އަށް ހުޅުވާލެވޭ މުއްދަތުގައި، ކޮންމެ ބޭފުޅަކު ވެސް، އެ ބޭފުޅަކު ރަޖިސްޓްރީވެފައި ވަނީ ރަނގަޅު ފޮށީގައިކަން ޔަގީން ކުރުމުގެ ގޮތުން އެކަން ބަލާ ޗެކް ކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ނަސޭހަތްތެރިވަން،" ބަޔާނުގައި ވެ އެވެ.
"ހުށަހެޅީ ފޭކް ފޯމްތަކެއް، ހައްލުނުކޮށް ވޯޓުލައިގެން ނުވާނެ"
މިހާރު މިނިވަންކަމާ އެކު ވޯޓު ލެވޭނެ: ޕީޕީއެމް
ޕްލޭން ބީ އަކީ ޕީޕީއެމް ކެންޑިޑޭޓެއް، މުއިއްޒެއް ނޫން
ކަންކަން ރީތިކޮށް ކުރުމުގެ ފުރުސަތަށް އެދެން: މުއިއްޒު
އެގްރީމަންޓެއް ނުފޮރުވާނެ ކަމަށް ޔަގީން ކުރަން:މުއިއްޒު
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"
ޒިންމާދާރުއިދިކޮޅުޕާޓީއަކަށް ވާން މުއިއްޒު ގޮވާލައްވައިފި
އަޅުގަނޑަށް ހިނގާނީ ރައްޔިތުންގެ ބާރު އެކަނި:މުއިއްޒު
މުއިއްޒު ދެއްވީ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ