Roadha Mihaaru
ރަންބީރުގެ މެނޭޖަރެއް، ޕީއާރު ޓީމެއް ވެސް ނުތިބޭ

ރަންބީރުގެ މެނޭޖަރެއް ނުހުރޭ، ޕީއާރު ޓީމެއް ވެސް ނުތިބޭ

18 ސެޕްޓެމްބަރ 2023

ބޮލީވުޑްގެ ތަރި، ރަންބީރު ކަޕޫރު މެނޭޖަރެއް ނުހުންނަ ކަމަށާއި ޕީއާރު ޓީމެއް ވެސް އޭނާ ނުގެންގުޅޭ ކަމަށް އޭނާއާ އެކު ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ޑައިރެކްޓަރު ކަރަން ޖޯހަރު ބުނެފި އެވެ.

ބޮލީވުޑްގެ ތަރި، ރަންބީރު ކަޕޫރު މެނޭޖަރެއް ނުހުންނަ ކަމަށާއި ޕީއާރު ޓީމެއް ވެސް އޭނާ ނުގެންގުޅޭ ކަމަށް އޭނާއާ އެކު ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ޑައިރެކްޓަރު ކަރަން ޖޯހަރު ބުނެފި އެވެ.

މިފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ކަރަންއާ ކުރި ސުވާލަކީ ރަންބީރާއި ރަންވީރު ސިންހުއާ އެކު މަސައްކަތް ކުރުމުގެ ހުރި ތަފާތަކީ ކޮބައިހެއްޔެވެ. އެ ސުވާލުގެ ޖަވާބުގައި ކަރަން ބުނީ ރަންވީރަކީ އޭނާގެ ހުރިހާ ކަމެއް އަމިއްލައަށް މެނޭޖުކުރާ މީހެއް ކަމަށެވެ.

"އެ ދެތަރިންގެ އެންމެ ބޮޑު ތަފާތަކީ އެއީ، އަހަންނަށް ފާހަގަވާ ގޮތުގައި،" ކަރަން ބުންޏެވެ.

ކަރަން ބުނީ އެ ދެ ތަރިންގެ އެއްގޮތް ކަމަކީ އެމީހުންނަށް ލިބިފައިވާ ހުނަރެވެ. އެ ދެ މީހުންނަކީ ވެސް ވަރަށް ކުޅަދާނަ ދެ އެކްޓަރުން ކަމަށް ކަރަން ބުންޏެވެ.

"އެއް ފިލްމުގެ މަސައްކަތް ނުނިންމަ އަނެއް ފިލްމުގެ މަސައްކަތް ރަންބީރު ނުފަށާނެ. މަސައްކަތުގެ ޝެޑިއުލް ވެސް އޭނާ އަމިއްލައަށް ބަލަހައްޓާނީ. ޕީއާރު ޓީމެއް ނުތިބޭ، މެނޭޖަރެއް ވެސް ނުހުރޭ، އެހެން މީހަކު ލައްވާ އޭނާގެ އެ ކަންކަން ނުކުރުވާ،" ކަރަން ބުންޏެވެ.

ރަންބީރު ވަނީ ކަރަން ޕްރޮޑިއުސްކުރި ގިނަ ފިލްމުތަކެއްގައި މަސައްކަތް ކޮށްފަ އެވެ. އެކަމަކު، ކަރަން ޑައިރެކްޓުކުރި ފިލްމަކަށް އޭނާ މަސައްކަތް ކުރީ 2016 ގައި ނުކުތް "އޭ ދިލް ހޭ މުޝްކިލް"ގައި އެކަންޏެވެ.