Roadha Mihaaru
ރަންބީރާއި އާލިއާގެ "ބުރައްމަސްތުރާ" އަންނަ އަހަރު

ރަންބީރާއި އާލިއާގެ "ބުރައްމަސްތުރާ" އަންނަ އަހަރުގެ

17 ޑިސެމްބަރ 2021

ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓް އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމު "ބުރައްމަސްތުރާ ޕާޓް ވަން: ޝިވާ" ގެ ފުރަތަމަ ސްޓިލް/މޯޝަން ޕޯސްޓަރު ދައްކާލައި، އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ރިލީޒްކުރަން ހަމަޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓް އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމު "ބުރައްމަސްތުރާ ޕާޓް ވަން: ޝިވާ" ގެ ފުރަތަމަ ސްޓިލް/މޯޝަން ޕޯސްޓަރު ދައްކާލައި، އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ރިލީޒްކުރަން ހަމަޖައްސައިފި އެވެ.

މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދަން ފެށުމަށްފަހު ނުނިމި މިހާތަނަށް އެންމެ ބޮޑަށް ދިގުލައިގެން ދިޔަ ފިލްމެވެ. ފެންޓަސީ/ސުޕަހީރޯ ފިލްމު "ބުރައްމަސްތުރާ" އަށް އާ ތާރީހެއް ހަމަޖެއްސި އިރު، މި ފިލްމު މިދިޔަ އަހަރުގެ ޑިސެމްބަރު 4 އަށް ވެސް ތާވަލުކުރި އެވެ.

ޖުމްލަ 300 ކްރޯޑް ރުޕީސް (39.44 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ މި ފިލްމަކީ ޑައިރެކްޓަރު އަޔާން މުކަރްޖީ ގެނެސްދޭން ހަމަޖެހިފައިވާ ޓްރިލޮޖީއެއްގެ ފުރަތަމަ ބައެވެ.

"ބުރައްމަސްތުރާ" ގެ ކާސްޓްގައި އަމީތާބް ބައްޗަން، ޑިމްޕަލް ކަޕާޑިއާ، ނާގުރްޖުނާ އަކިނޭނީ އަދި މޯނީ ރޯއި ހިމެނެ އެވެ. އަދި މީގެ ހާއްސަ ފެނިލުމެއްގައި ޝާހްރުކް ޚާން ވެސް ހިމެނެ އެވެ.

އަޔާން އަކީ ރަންބީރާ އެކު 2013 ގެ "ޔަ ޖަވާނީ ހޭ ދީވާނީ" އާއި 2011 ގެ "ވޭކަޕް ސިދު" ގެނެސްދިން ޑައިރެކްޓަރެވެ.

"ބުރައްމަސްތުރާ" ގެ ކުރިން ރަންބީރްގެ "ޝަމްޝޭރާ" ސިނަމާތަކަށް އަންނާނެ އެވެ. އަންނަ އަހަރު ރިލީޒް ކުރާނެ އާލިއާގެ ފިލްމުތަކުގެ ތެރޭގައި އަންނަ މަހުގެ 7 ގައި ގެނެސްދޭ "އާރްއާރްއާރް" އާއި ފެބްރުއަރީ 18 ގައި ގެނެސްދޭ "ގަންގޫބާއީ ކަތިއަވާޅީ" ގެ އިތުރުން އަދި ތާރީހު އިއުލާން ނުކުރާ "ޑާލިންސް" ހިމެނެ އެވެ.