Roadha Mihaaru
އަށް މަހުން ޓެކްސްގެ ގޮތުގައި 15 ބިލިއަން ރުފިޔާ

އަށް މަހުން ޓެކްސްގެ ގޮތުގައި 15 ބިލިއަން ރުފިޔާ ލިބިއްޖެ

18 ސެޕްޓެމްބަރ 2023

ވޭތުވެދިޔަ އަށް މަސް ތެރޭ ޓެކްސް އާމްދަނީގެ ގޮތުގައި 15.2 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވޭތުވެދިޔަ އަށް މަސް ތެރޭ ޓެކްސް އާމްދަނީގެ ގޮތުގައި 15.2 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއީ މިދިޔަ އަހަރަށް ވުރެ 3.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެއީ ގާތްގަނޑަކަށް 20 ޕަސެންޓް އިތުރު އަދަދެކެވެ. ޓެކްސް އާމްދަނީ އިތުރުވި އިރު، މިދިޔަ ޖެނުއަރީން ފެށިގެން އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓޫރިޒަމް ދާއިރާ އިން ނަގާ ޓެކްސް 16 ޕަސެންޓަށް ވަނީ ބޮޑުކޮށްފަ އެވެ. އޭގެ ކުރިން ޓީޖީއެސްޓީގެ ގޮތުގައި ނެގީ 12 ޕަސެންޓް އަދި ޖީއެސްޓީ ގޮތުގައި ހަ ޕަސެންޓެވެ.

މިއަހަރުގެ މިހާތަނަށް ޓީޖީއެސްޓީގެ ގޮތުގައި ހަ ބިލިއަން ރުފިޔާ ލިބިފައިވާ އިރު ޖީއެސްޓީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 34 ޕަސެންޓް އިތުރު އަދަދެކެވެ.

މިއަހަރު ޓެކްސްގެ އާމްދަނީގެ ތެރެއިން ޑޮލަރުން 541 މިލިއަން ބަލައިގަނެފައިވެ އެވެ. މިއަހަރު އިންކަމް ޓެކްސްގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ އިރު ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 119 މިލިއަން ރުފިޔާ މީރާއަށް ލިބިފައިވެ އެވެ.

ޓެކްސް އާމްދަނީގެ އިތުރުން ރިސޯޓު ކުއްޔަށް 965 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެއާޕޯޓު ޑިވަލޮޕްމެންޓް ފީގެ ގޮތުގައި 692 މިލިއަން ރުފިޔާ ލިބުނު އިރު ލީޒް އެކުއިޒިޝަންގެ ގޮތުގައި 44 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.